ހޮނިހިރު 21 ސެޕްޓެންބަރ 2019
01 އަތަ
1441 މަހައްރަމް 22
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:06
މަޣްރިބް 18:05
އިޝާ 19:16
ދުނިޔެ - ސޯމާލިއާ

ސޯމާލިއާގެ 2 މިލިއަނަށްވުރެ ގިނަ މީހުން ތިބީ ބަނޑުހައިހޫނުކަމުގައި: އދ

  • މިލިއަނަކަށްވުރެ ގިނަ ކުޑަކުދިންނަށް އެ މައްސަލަ ދިމާވާނެ
  • 2.1 މިލިއަން މީހުން ބަނޑުހައި ހޫނުކަމުގައި
  • އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަންޖެހޭ

ލައިޝާ އަހްމަދު
LailaAhmeds

ކ. މާލެ 6 ސެޕްޓެންބަރ 2019 | ހުކުރު 10:10 2,270

ސޯމާލިއާ - އޭއެފްޕީ

އެފްރިކާގެ ޤައުމެއް ކަމަށްވާ ސޯމާލިއާގައި ވާރޭނުވެހި ހަނަފަސްކަމުގައި ގިނަ ދުވަސްތަކެއްވުމުގެ ސަބަބުން 2 މިލިއަނަށްވުރެ ގިނަ މީހުން ބަނޑުހައިހޫނުކަން ތަހައްމަލު ކުރަމުންގެންދާ ކަމަށް އދ. އިން ބުނެފިއެވެ.

އދ.ގެ ކާބޯތަކެއްޗާބެހޭ ޖަމާއަތެއް ކަމަށްވާ ފުޑް ސެކިއުރިޓީ އެންޑް ނިއުޓްރިޝަން އެނެލެސިސް ޔުނިޓް (އެފް.އެސް.އެން.އޭ.ޔޫ) އިން ހެދި ދިރާސާއެއްގެ ނަތީޖާއިން ދައްކާގޮތުން ސޯމާލިއާގެ 2.1 މިލިއަން މީހުން ބަނޑުހައި ހޫނުކަމުގައި ހާލުގައި ޖެހިފައިވެއެވެ. އަދި 2020 ވަނަ އަހަރުގެ މެދާހަމައަށްދާއިރު މިލިއަނަކަށްވުރެ ގިނަ ކުޑަކުދިން ރަނގަޅު ކާނާ ނުލިބުމުގެ ސަބަބުން ކުރިމަތިވާ މައްސަލަތައް ތަހައްމަލު ކުރާނެކަމަށް ބުނެފައިވެއެވެ.

ސޯމާލިއާގައި ފެން ހޯދުމަށް ބަޔަކު ހަނަފަސް ސަހަރައެއްގައި ދަތުރުކުރަނީ

ސޯމާލިއާއަށް ވާރޭ ނުވެހި ގިނަ ދުވަސްވެފައިވާއިރު، ސާފު ފެނާއި ރައްކާތެރި ކާބޯތަކެތި ނެތުމުގެ ސަބަބުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވާނެ ކަމަށާއި، ހައްލު ކުރުމަށް ބައިނަލްއަޤުވާމީ ފެންވަރުގެ މަސައްކަތްތަކެއް ކުރަންޖެހޭނެ ކަމަށްވެސް އދ އިން ބުނެފައިވެއެވެ. އެގޮތުން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅައިފިނަމަ އެކަމުގެ ސަބަބުން ކުރިމަތިވާ ގެއްލުންތައް ކޮންމެސް ވަރަކަށް ކުޑަ ކުރެވިދާނެ ކަަމަށާއި، މިއަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޑިސެމްބަރު މަހާއި ދެމެދުގައި އެ ޤައުމަށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވިފައިވާ ކަމަށްވެސް އދ އިން ވަނީ ބުނެފައެވެ.

އާބާދީގައި 14 މިލިއަނަށްވުރެ ގިނަ މީހުން އުޅޭ ސޯމާލިއާއަކީ ދުނިޔޭގެ އެންމެ ފަޤީރު ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް