އައްޑޫ ސިޓީ
|
23 އޯގަސްޓް 2019 | ހުކުރު 03:06
އައްޑޫ ސިޓީގައި ހަދަމުންދާ \"ސީޓީ ސްކްއެއަރ\"
އައްޑޫ ސިޓީގައި ހަދަމުންދާ "ސީޓީ ސްކްއެއަރ"
ރާއްޖެއެމްވީ
އައްޑޫ ސިޓީ
އައްޑޫގައި ގިނަ މަޝްރޫޢުތަކެއްގެ އަމަލީ މަސައްކަތް ދަނީ ކުރެވެމުން: ކައުންސިލް
 
އައްޑޫ ސިޓީގައި ހިންގާ މި މަޝްރޫޢު ހިންގަމުންދަނީ ސަރުކާރުން

އައްޑޫ ސިޓީގައި ސަރުކާރުން ހިންގުމަށް ނިންމާފައިވާ ތަރައްޤީގެ ގިނަ މަޝްރޫއުތަކެއްގެ އަމަލީ މަސައްކަތް ކުރެވެމުންދާ ކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.

އައްޑޫގައި މިހާރު ކުރިއަށްގެންދާ ބައެއް މަޝްރޫޢުތަކުގެ ތެރޭގައި ސ. މަރަދޫ އަދި މަރަދޫ ފޭދޫގެ ބަނދަރު ހެދުމުގެ މަޝްރޫއު އާއި، ސ. މީދޫ ބަނދަރު ހެދުމުގެ މަޝްރޫއު ހިމެނެއެވެ. މި މަޝްރޫއުތަކުގެ ތެރެއިން މަރަދޫ ބޭރު ތޮށި ހެދުމުގެ މަޝްރޫއާއި މީދޫ ބަނދަރު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެމްޓީސީސީ އާއި ހަވާލުކޮށްގެންނެވެ.

މަރަދޫ ފޭދޫ ބަނދަރުގެ ބޭރުތޮށި ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ.

އޭގެއިތުރުން އައްޑޫގައި ހަދަމުންދާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލްގެ މަސައްކަތް ހިންގަނީ މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިންނެވެ. އެ މަސަކަތުގެ ބޮޑު ބައެއް ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ އެންމެފަހުގެ މަސައްކަތްތަކެވެ.

މީގެއިތުރުން ސ. ހިތަދޫ ނަރުދަމާ ނިޒާމްގެ މަސައްކަތް ކުރިއަށް ގެންދަނީ އެންވަޔަރަންމަންޓް މިނިސްޓްރީން ފެނަކަ ކޯޕަރޭޝަނާއި ހަވާޅުކޮށްގެންނެވެ.

ސްޓޯމް ވޯޓަރ ނެޓްވޯކް ގާއިމް ކުރުމުގެ މަޝްރޫއެއް ފެދޫގައި އެންވަޔަރަންމަންޓް މިނިސްޓރީން ހިނަގަމުންދާއިރު، އައްޑޫ ސިޓީގައި އިމާރާތް ކޮށްފައިވާ ހައުސިން ޔުނިޓްގެ ސަރަހައްދު ލޭންޑް ސްކޭޕް ކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ދަނީ ކުރަމުންނެވެ.

އޭގެއިތުރުން އައްޑޫ ސިޓީ ހިތަދޫ ޔޫތް ސެންޓަރގައި ބެޑްމިންޓަން ހޯލް އެޅުމުގެ މަސައްކަތް ޔޫތް މިނިސްޓްރީގެ ފަރާތުންދަނީ ފެނަކަ ކޯޕަރޭޝަނާއި ހަވާޅުކޮށްގެން ކުރިއަށްގެންދަމުންނެވެ. އަދި އެރަށު ކައުންސިލުން ދަނީ އައްޑޫ ސިޓީ ސްކްއެއަރގެ މަސައްކަތް ކުރިއަށް ގެންދަމުންނެވެ.

މީގެ އިތުރުންވެސް ޔޫތް މިނިސްޓްރީގެ ފަރާތުން އައްޑޫ ސިޓީގެ ކުޅިވަރު ދަނޑުތައް މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު އެރަށުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އޮފީސް އިމާރާތް މަރާމާތު ކުރުމުގެ މަސައްކަތްތައްވެސް ދަނީ ކުރެވެމުންކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
50%
0%
0%
50%
0%
ކޮމެންޓް