ކ. މާލެ
|
22 އޯގަސްޓް 2019 | ބުރާސްފަތި 10:14
މިނިސްޓްރީ އޮފް ފިނޭންސް
މިނިސްޓްރީ އޮފް ފިނޭންސް
ރާއްޖެއެމްވީ
މިނިސްޓްރީ އޮފް ފިނޭންސް
ދައުލަތުގެ އާމްދަނީއަށް އަސަރުކޮށްފާނެފަދަ ފިޔަވަޅުތައް އެޅުމުގެ އުސޫލުތައް މުރާޖައާކޮށްފި
 
ވިޔަފާރީގެ ހުއްދައެއް ދީ ނުވަތު ބަދަލެއް ގެންނަން ވެސް ޖެހެނީ ފައިސާ ދައްކާނެ ގޮތްތަކެއް ހަމަޖެއްސުމަށް ފަހު
 
ދައުލަތަށް އާމްދަނީ ލިބޭ ގަވައިދަކަށް ބަދަލު ގެންނަން ޖެހެނީ ފިނޭންސްގެ ލަފާ ލިޔުމުން ހޯދައިގެން
 
އާމްދަނީ ނުދައްކާ ފަރާތްތަކާ އެކު ދައުލަތަށް ދައްކަން ޖެހޭ ފައިސާއާ މެދު އެއްބަސްވުމަކަށް އަންނަން ޖެހޭ

ދައުލަތަށް ލިބޭ އާމްދަނީއަށް އަސަރުކޮށްފާނެފަދަ ފިޔަވަޅެއް އެޅުމުގެ ކުރިން ދައުލަތުގެ އޮފީސްތަކުން އަމަލުކުރަން ޖެހެ ގޮތްތައް ފިނޭންސް މިނިސްޓްރީން މުރާޖައާކޮށްފިއެވެ.

ބުދަ ދުވަހު ފިނޭންސް މިނިސްޓްރީއިން ކުރި އިއުލާނެއްގައި ބަޔާންކޮށްފައިވަނީ، ދައުލަތަށް އާމްދަނީ ލިބޭ ގޮތަށް ހަދާފައިވާ އެއްވެސް އެއްބަސްވުމަކަށް ބަދަލެއް ގެންނަނަމަ، އެއްބަސްވުމުގެ ދަށުން ދައުލަތަށް ދައްކަން ޖެހޭ އެއްވެސް ފައިސާއެއް އޮތްނަމަ، އެ ފައިސާ ދައުލަތަށް ދައްކާނެ ގޮތްތަކެއް ހަމަޖައްސަން ޖެހޭނެ ކަމަށެވެ. އަދި މިހެން ގެންނަ ކޮންމެ ބަދަލެއް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އަންގަންޖެހެއެވެ.

އޭގެ އިތުރުން ވިޔަފާރީގެ ހުއްދައަށް ނުވަތަ ލައިސަންސެއް ދިނުމުގެ ކުރިން އަދި އެއިން އެއްވެސް ހުއްދައަކަށް ނުވަތަ ލައިސަންސްއަކަށް ބަދަލެއް ގެނައުމުގެ ކުރިން އެއިން ވިޔަފާރިއަކުން ދައުލަތަށް ދައްކަން ޖެހޭ އެއްވެސް ފައިސާއެއް އޮތްތޯ މީރާއިން ކަށަވަރުކުރަން ޖެހެއެވެ. އަދި އެއްވެސް ފައިސާއެއް ދައްކަން ޖެހޭ ނަމަ، އެ ފައިސާއާ ގުޅޭ މުއާމަލާތުގައި ހިމެނޭ ދައުލަތުގެ އޮފީހާ، ދައުލަތަށް ފައިސާ ދައްކަން ޖެހޭ ފަރާތާ ދެމެދު ފައިސާ ދައްކާނެ ގޮތްތަކެއް ހަމަޖައްސަން ޖެހެއެވެ. މިއިން އެއްވެސް ބަދަލެއް ގެންނަ ނަމަ އެކަން ވެސް މީރާއަށް އަންގަން ވެސް ދައުލަތުގެ އޮފީސްތަކަށް ވަނީ ފިނޭންސްގެ ސަރކިއުލަރގައި އަންގާފައެވެ.

ފިނޭންސް މިނިސްޓްރީގެ ސަރކިއުލަރގައި އިތުރަށް ބުނެފައިވަނީ، ދައުލަތަށް އާމްދަނީއެއް ލިބޭގޮތަށް ހަދާފައިވާ އެއްވެސް ގަވައިދަކަށް ބަދަލު ގެނައުމުގެ ކުރިން، ފިނޭންސް މިނިސްޓްރީގެ ލަފައެއް ހޯދަން ޖެހެއެވެ. އަދި ފިނޭންސް މިނިސްޓްރީގެ ލަފާ ލިޔުމުން ހޯދުމަށް ފަހުގައި މެނުވީ، އެފަދަ އެއްވެސް ބަދަލެއް ނުގެނައުމަށް ދައުލަތުގެ ހުރިހާ އިދާރާއަކަށް ވަނީ އިލްތިމާސްކޮށްފައެވެ.

މި ސަރކިއުލަރ ނެރުމާއި އެކު ކުރިން އަމަލުކުރަމުން އައި އެ މިިނިސްޓްރީގެ ސަރކިއުލަރ ނަމްބަރު 2011/07 ބާތިލުކުރެވިފައިވާ ވާކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންގާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
100%
ކޮމެންޓް