ކ. މާލެ
|
20 އޯގަސްޓް 2019 | އަންގާރަ 08:37
މަޝްވަރާ ބައްދަލުވުމުގެ ތެރެއިން
މަޝްވަރާ ބައްދަލުވުމުގެ ތެރެއިން
ރައީސް އޮފީސް
ތެރަޕީގެ ޚިދުމަތް
ތެރަޕީގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކޮށްފި
 
ތަޢުލީމީ ދާއިރާގައިވެސް ތެރެޕީގެ ޚިދުމަތް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމާ ބެހޭގޮތުން މަޝްވަރާކޮށްފައިވޭ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރުން ފަށާފައިވާ ތެރަޕީގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ސަރުކާރުގެ ކަމާބެހޭ ދާއިރާތަކުގެ އިސް ފަރާތްތަކާއެކު މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާ ބައްދަލުވުން ބާއްވާފައި ވަނީ ހޯމަ ދުވަހުގެ މެންދުރު ފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޓާޝަރީ ފެންވަރުގެ ޞިއްޙީ ޚިދުމަތްތައް ފެށިގެންދާއިރު އެ ސަރަހައްދުތަކުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރެޕީގެ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެހިފައި އޮތުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

ތަޢުލީމީ ދާއިރާގައިވެސް ތެރެޕީގެ ޚިދުމަތް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމާ ބެހޭގޮތުންނާއި، މާބަނޑު ދުވަސްވަރުން ފެށިގެން ކުއްޖާގެ އުމުރުން 5 އަހަރު ވަންދެން ކުދިންގެ ހެދިބޮޑުވުމުގެ ކަންކަން ހަރުދަނާ ގޮތެއްގައި މޮނިޓަރ ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާ ކޮށްފައިވެއެވެ.

މި ބައްދަލުވުމުގައި ހެލްތު މިނިސްޓަރާއި ޖެންޑަރ އެންޑް ސޯޝަލް ސަރވިސަސް މިނިސްޓަރާއި އެޑިއުކޭޝަން މިނިސްޓަރާއި އިންކްލޫސިވް އެޑިއުކޭޝަން ޑިޕާރޓްމަންޓްގެ އިތުރުން އެންސްޕާ އާއި އާސަންދައިގެފަރާތުން އޮފިޝަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް