ކ. މާލެ
|
19 އޯގަސްޓް 2019 | ހޯމަ 15:36
ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ފަރިއްކުުޅުއްވި ތަށިކޮޅު
ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ފަރިއްކުުޅުއްވި ތަށިކޮޅު
ފޭސްބުކް
މަޖިލިސް އިދާރާ
މެންބަރު ޝިޔާމްގެ ފަރިއްކޮޅުން ރަބަރުގަނޑެއް ފެނިއްޖެ
 
މަޖިލިސް އިދާރާއިން އެމައްސަލަ ދަނީ ބަލަުން
 
ރަބަރުގަނޑެއް ފެނިފައިވަނީ ހޯމަ ދުވަހުގެ މެންދުރު ފަރިއްކޮޅުން

ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ފަރިއްކުޅުއްވި ތަށިކޮޅުން ރަބަރުގަނޑެއް ފެނިއްޖެ އެވެ.

ރާއްޖެ.އެމްވީއަށް މައުލޫމާތުދެއްވަމުން ޝިޔާމް ވިދާޅުވީ މަޖިލިސް އިދާރާގައި އެބޭފުޅާ އަންގާރަ ދުވަހު މެންދުރު ފަރިއްކުޅުއްވި ތަށިކޮޅުން "ކޮންޑަމެއް" ކަހަލަ ބޮޑު ރަބަރުގަނޑެއް ފެނިފައިވާ ކަމަށެވެ.

"އަނގައަށް ލެވުނު ފަހުން އެނގުނީ އެއީ ރަބަރު ގަނޑެއްކަން. ކޮންޑޮމެކޭ ދަންނަވާކަށް ނޭންގޭ. އެއީވެސް ރަބަރުގަނޑެއް" ޝިޔާމް ވިދާޅުވިއެވެ.

އެމައްސަލަ މިހާރު ވަނީ މަޖިލީހުގެ އާންމު ކޮމިޓީގެ މުޤައްރިރަށް ހުށަހަޅާފައި ކަމަށް ޝިޔާމް ވިދާޅުވިއެވެ. ޝިޔާމް ފަރިއްކުޅުވި ވަގުތު މަޖިލިސްގެ ރައީސްވެސް އެކޮޓަރީގައި ހުންނެވި ކަމަށާއި ރައީސް ވެސް އޭތި ބެއްލެވިކަމަށް ޝިޔާމް ވިދާޅުވިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން މަޖިލީހުގެ ޑިރެކްޓަރ އޮފް މީޑިއާ އެންޑް ކޮމިއުނިކޭޝަން ހަސަން ޒިޔާއު ވިދާޅުވީ ޝިޔާމްގެ ފަރިއްކޮޅުން ފެނިފައިވަނީ ރެޕިން ޕޭޕަރ ކަމަށާއި އެމައްސަލަ މީހާރު ބަލަމުންދާ ކަމަށެވެ. މަޖިލީހަށް ކޭޓަރ ކޮށްމުން ދަނީ ބްރަދާސް ކޭޓަރިން އިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
10%
15%
7%
5%
57%
5%
ކޮމެންޓް
19 އޯގަސްޓް 2019 | ހޯމަ 16:00
ބާބޫ
ބެންކޮކޮ ކުދިންނަށް ތިހެން ދިމާވެދާނެ.