ކ. މާލެ
|
19 އޯގަސްޓް 2019 | ހޯމަ 11:19
ރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައިވާ ސަފީރުގެ ފަތްކޮޅު އެރުވުން
ރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައިވާ ސަފީރުގެ ފަތްކޮޅު އެރުވުން
ފޮރިން މިނިސްޓްރީ
ސަފީރުން-ޗައިނާ
ރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައިވާ ސަފީރުގެ ފަތްކޮޅު ރަސްމީކޮށް އަރުވައިފި
 
ސަފީރަކަށް އައިޝަތު އަޒީމާ އައްޔަންކުރުމަށް ފޮނުވީ މިދިޔަ އަހަރު
 
ފަތްކޮޅު ވަނީ މިސްޓަރ ވާންގް ލޫތޮންގ އަށް އަރުވާފަ
 
ރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައިވާ ސަފީރަކީ އައިޝަތު އަޒީމާ

ރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައިވާ ސަފީރުގެ ސަފީރުކަމުގެ ފަތްކޮޅު ރަސްމީކޮށް އަރުވައިފިއެވެ.

ހޯމަ ދުވަހު މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ކުރި ޓްވީޓެއްގައި ބުނީ، ރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައިވާ ސަފީރު އައިޝަތު އަޒީމާގެ ސަފީރުކަމުގެ ފަތްކޮޅު ޗައިނާގެ ފޮރިން މިނިސްޓްރީގެ ފޮރިން މިޝަންގެ ޑައިރެކްޓަރ އަދި ޕްރޮޓޮކޯލް ޑިޕާރޓްމަންޓުގެ ޑިރެކްޓަރ މިސްޓަރ ވާންގް ލޫތޮންގ އަށް އަރުވާފައިވާ ކަމަށެވެ.

ޗައިނާގެ ސަފީރަކަށް އައިޝަތު އަޒީމާ އައްޔަން ކުރެއްވުމާ މެދު ގޮތެއް ނިންމުމަށް މަޖިލީހުގެ ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

ގިނަ ޤައުމުތަކާއެކު ޚާރިޖީ ގުޅުން ވަރުގަދަ ކުރުމުގެ މަސައްކަތް މި ސަރުކާރުން ކުރަމުންދާއިރު، އެކި ޤައުމުތަކުގައި ހުރި ދިވެހިރާއްޖޭގެ އެމްބަސީތަކަށް ދިމާވާ އެކި ގޮންޖެހުންތަކާއި، އެގޮންޖެހުންތަކުން އަރައިގަތުމުގެ ޙައްލުތަކާއި ބެހޭ ގޮތުން ފޮރިން މިނިސްޓްރީން ދަނީ މަޝްވަރާތައް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
100%
0%
0%
0%
0%
0%
ކޮމެންޓް