ކ. މާލެ
|
16 އޯގަސްޓް 2019 | ހުކުރު 18:53
އެހެން ދޯންޏެއްގެ އެހީގައި ލޯންޗް ކަފުޖަހައިގެން ގާފަރާ ހަމައަށް ގެންދިއުމުގެ މަސައްކަތް ކުރަނީ
އެހެން ދޯންޏެއްގެ އެހީގައި ލޯންޗް ކަފުޖަހައިގެން ގާފަރާ ހަމައަށް ގެންދިއުމުގެ މަސައްކަތް ކުރަނީ
އެމްއެންޑީއެފް
ލޯންޗެއް ދިޔަވުން
ލޯންޗެއް ދިޔަވެ ފެންހިއްކުމުގެ މަސައްކަތް އެމްއެންޑީއެފް އިން ކުރަނީ
 
ލޯންޗް ދަތުރުކުރަމުން ދިޔައީ 20 މީހުން އާއެކު
 
ލޯންޗް ދަތުރު ކުރީ ޅ. ނައިފަރުން ފުރާގެން މާލެ އަށް
 
ލޯންޗަށް ދިޔަވާން ފެށީ ލޯންޗްގެ ފެން ހިއްކާ ޕަމްޕް މައްސަލަ ޖެހިގެން

ޅ. ނައިފަރުން ފުރާގެން މާލެ ދަތުރުކުރަމުން އައި ލޯންޗެއް ދިޔަވެ ފެން ހިއްކުމުގެ މަސައްކަތް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް އިން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ 20 މީހުންނާ އެކު ދަތުރު ކުރަމުން ދިޔަ ލޯންޗް ދިޔަވިކަމުގެ މައުލޫމާތު އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓް ގާރޑަށް ލިބިފައިވަނީ ހުކުރު ދުވަހު ހަވީރު 16:50 ހާއިރު ކަމުގައެވެ. އަދި މި ހާދިސާގެ މައުލޫމާތު ލިބުމާއެކު މިހާރު ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދެމުން ދާކަމަށް އެމްއެންޑީއެފް އިން ބުނިއެވެ.

ލޯންޗު ދިޔަވާން ފެށީ ލޯންޗުގް ފެން ހިއްކާ ޕަމްޕު ކުއްލިއަކަށް ހާލާކުވެގެން ކަމަށް އެމްއެންޑިއެފް އިން މައުލޫމާތުދެއެވެ. ލޯންޗު ދިޔަވާން ފެށީ ކ. ގާފަރުގެ އިރު އުތުރުން ހަތަރު ނޮޓިކަލް މޭލު ބޭރުންނެވެ.

އެމްއެންޑީއެފް އިން މިހާރު ދަނީ އެހެން ދޯންޏެއްގެ އެހީގައި ލޯންޗު ކަފު ޖަހައިގެން ކ. ގާފަރަށް ގެންދިއުމުގެ މަސައްކަތް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
100%
0%
0%
0%
0%
0%
ކޮމެންޓް