ކ. މާލެ
|
15 އޯގަސްޓް 2019 | ބުރާސްފަތި 23:41
މަގު ހެދުމަށް މުއައްޒަފުންތަކެއް ހަރަކާތްތެރިވަނީ
މަގު ހެދުމަށް މުއައްޒަފުންތަކެއް ހަރަކާތްތެރިވަނީ
މުހައްމަދު ޝަރުހާން
ކޮންޓްރެކްޓް މުއައްޒަފުން
އެމްއާރްޑީސީން ބަދަލުވި ކޮންޓްރެކްޓް މުއައްޒަފުން ވަތްކެއް ނުކުރަން: ޕްލޭނިންގ މިނިސްޓްރީ
 
ޔާމީންގެ ވެރިކަމުގައި އުސޫލާ ހިލާފަށް މުއައްޒަފުންގެ އެއްބަސްވުމުގެ މުއްދަތު އޮތީ އިތުރުކޮށްފައި
 
މަސައްކަތަށް ރަނގަޅު ނޫން މުއައްޒަފުންގެ ކޮންޓްރެކްޓް އައު ނުކުރަން ނިންމި

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރެޝަން (އެމްއާރްޑީސީ) އުވާލުމުން، ޕްލޭނިން މިނިސްޓްރީއަށް ބަދަލުވެފައިވާ ކޮންޓްރެކްޓް މުއައްޒަފުން ވަކިނުކުރާ ކަމަށާއި، ކޮންޓްރެކްޓް އައު ނުކުރަނީ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެ.އެމްވީ މައުލޫމާތުދެއްވަމުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ކުރީ ސަރުކާރުން އެމްއާރްޑީސީ އުވާލުމުން، މިނިސްޓްރީއަށް ބަދަލުވެފައިވާ ކޮންޓްރެކްޓް މުއައްޒަފުންގެ މުއްދަތު ހަމަވުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމީހުން ކަނޑާލުމަށް 6 މަސް ދުވަހުގެ ނޯޓިސް ދިން ކަމަށެވެ. ނަމަވެސް ވެރިކަން ބަދަލުވި ދުވަސްވަރާ ދިމާކޮށް ގަވާއިދާ ހިލާފަށް އެ މުއައްޒަފުންނަށް އިތުރު ތިން މަސް އިތުރުކޮށްދީފައިވާ ކަމަށް އަކްރަމް ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވީ މުއައްޒަފުން ނިކަމެތިވެގެންދާނެތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެމުއައްޒަފުންނަށް އިތުރު 6 މަސް ދުވަހުގެ މުއްދަތެއްދިން ކަމަށެވެ. އަދި މި މުއްދަތުގައި މަސައްކަތަށް ރަނގަޅު މުއައްޒަފުންގެ ކޮންޓްރެކްޓް އައުކޮށްދީ، އަދި އެހެން އިދާރާތަކުން ވަޒީފާ ހަމަޖައްސައިދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އަކްރަމް ވިދާޅުވި އެވެ.

ނިމުނު ސަރުކާރުން ގަވާއިދާތަކާއި، އުސޫލުތަކުގެ ބޭރުން އެތައްކަމެއް ކޮށްފައިވާކަން ފާހަގަކުރައްވައި އަކްރަމް ވިދާޅުވީ އެއްވެސް މުއައްޒަފަކު ވަޒީފާއިން ވަކިނުކުރާ ކަމަށާއި، ވަޒީފާއަށް އިހުމާލުވާ މުއައްޒަފުންގެ ކޮންޓްރެކްޓް ހަމަވުމުން އެކޮންޓްރެކްޓް އައު ނުކުރަން ނިންމީ ކަމަށެވެ.

އެމްއާރްޑީސީއިން ކޮންޓްރެކްޓް މުއައްޒަފުންގެ ގޮތުގައި މިނިސްޓްރީގެ ދަށަށް 300 ދިވެހި މުއައްޒަފުން ބަދަލުކޮށްފައިވާއިރު، 400 އެއްހާ ބިދޭސީ މުއައްޒަފުން މަސައްކަތް ކުރެއެވެ. އަދި މިހާރު ބައެއް ބިދޭސީން ފޮނުވާލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ނިމުނު ސަރުކާރުން އެމްއާރުޑީސީ އުވާލާފައިވަނީ ކޮރަޕްޝަންގެ މައްސަލަތައް ބޮޑުވެ، ކުންފުނި ނުހިނގޭ ހާލަތަށް ދިޔުމުންނެވެ. އޭރުގެ ސަރުކާރުގެ ތެރެއިން އެމްއާރުޑީސީ މެދުވެރިކޮށް ސަރުކާރުގެ ގިނަ މަސައްކަތްތަކެއް ކުރިއިރު، އެކަމުގައި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ހުރިކަން ފެންމަތިވެފައިވެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް
16 އޯގަސްޓް 2019 | ހުކުރު 09:22
އަޒީ
ކުރީ ސަރުކާރުގެ ވާހަކަ ދައްކަ ދައްކާތިއްބާ ފުރަތަމަ އަހަރު ނިމެނީ ތިއީކީހުއްޖަތެއްނޫން މިސަރުކާރަކީ އެސަރުކާރު ކަމުނުދާތީ ގެނައި ސަރުކަރެއް އެއްވެސް ކަމެއް ނުކުރެވުނީމާ ކުރީސަރުކާރުގެ ވާހަކަ ދަރުމަނތަ ރަސގެފާނު ހުރިހާކަމެއް ކުރެއްވިނަމަ އެއިގެފަހުން އައި އެއްވެސް ސަރުރަކުން ކަމެއް ކުރާކަށް ނުޖެހުނީސް މިއީ ވާހަކައެއނޫން