ހޮނިހިރު 21 ސެޕްޓެންބަރ 2019
01 އަތަ
1441 މަހައްރަމް 22
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:06
މަޣްރިބް 18:05
އިޝާ 19:16
ރިޕޯޓު - އީދު ކުޅިވަރު

ވެލިދޫއަކީ އަބަދުވެސް ތަފާތު ރަށެއް، އީދު ކުޅިވަރުތައްވެސް ތަފާތު!

  • އީދާ ދިމާކޮށް ވެލިދު އަށް މި ފަހަރު 1500 އެއްހާ މީހުން ވަނީ ޒިޔާރަތް ކޮށްފައި
  • ސާޤާފީ ތަފާތު ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައި
  • ރާއްޖޭގައި ތައްޔަރު ކުރި އެންމެ ބޮޑު އުޅާލި ތައްޔާރުކޮށްފައިވަނީ ވެލިދޫގައި

އަޒްލިފާ އަބްދުﷲ
AzuAzlifa

ކ. މާލެ 13 އޯގަސްޓު 2019 | އަންގާރަ 19:11 16,845

ނ. ވެލިދޫގައި އީދު ފާހަގަ ކުރަނީ - ފޭސްބުކް

ނ. އަތޮޅު ވެލިދޫ އަކީ ކޮންމެ މުނާސަބަތެއްވެސް ވަރަށް ކުލަގަދަކޮށް ފާހަގަ ކުރަމުންދާ ހީވާގި ރައްޔިތުންތަކެއް ދިރިއުޅޭ ރަށެކެވެ. އެކިއެކު މުނާސަބަތުތަކާއި ގުޅިގެން އެކަން ވަރަށްވެސް ރަނގަޅަށް ފެނިގެންދެ އެވެ. ވެލިދޫ ރައްޔިތުން ކުރާ ކޮންމެކަމަކުންވެސް އެ ރަށުގެ ރައްޔިތުންގެ ތަފާތުކަން ފެނިގެންދެ އެވެ.

1440 ވަނަ އަހަރުގެ އަޟްހާ އީދު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ފާހަގަކުރަމުންދާއިރު ވެލިދޫގައިވެސް އީދު ފާހަގަ ކުރުމަށްޓަކައި އެކިއެކި ހަރާކަތްތައްދަނީ ހިންގަމުންނެވެ. އީދުގެ ކުޅިވަރުތަކާއި އެކު ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަސްވެސް ވެލިދޫގައި ދަނީ ފާހަގަ ކުރަމުންނެވެ. އަދި މިއީ އަތޮޅުތެރޭގައި ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަސް ފާހަގަކުރާ ފުރަތަމަ ފަހަރެވެ.

ޒުވާނުންގެ ދުވަސް ފާހަގަކުރުމަށްޓަކައި މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހުމަދު މަހުލޫފް ވެސް ވަނީ ވެލިދޫއަށް ޒިޔާރަތް ކުރައްވާފައެވެ. މި ދަތުރުފުޅުގައި މަހުލޫފާއި އެކު އެކުވެރި ދައުލަތްތައް (އދ.) ގެ ޔޫތު އެންވޯއީ ޖަޔާތުމާ ވިކްރަމަނަޔަކެ ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވެލިދޫގައި

މިހުރިހާ ކަމަކާއެކު މި އަހަރު ވެލިދޫގައި އީދު ކުޅިވަރުތައް ވަރަށްވެސް ތަފާތު އެވެ.

އެހެން އަހަރުތަކާޢި ޚިލާފަށް މި އަހަރު އިތުރު ގިނަ ކުޅިވަރުތަކެއް ވެލިދޫގައި ކުރިއަށްގެންގޮސްފައިވެއެވެ. އެގޮތުން ފުޅަނދުބުރާއި، ޒުވާނުންނަށް ޚައްސަކޮށް ހޮޅުއަށި ޕްރޮގްރާމެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ޔުނައިޓެޑް ނޭޝަންސް (ޔޫއެން) ގެ ޔޫތު އެންވޯއީ ޖަޔާތުމާ ވިކްރަމަނަޔަކެ ވެލިދޫގައި

އޭގެއިތުރުން ނ. އަތޮޅު ތައުލީމީ މަރުކަޒްގެ ބެލެނިވެރިން ވެސް ވަނީ ދިވެހިންގެ ސަޤާފަތް ދައްކުވައިދޭ ސްޓޯލްތަކެއް ވެލިދޫގެ އަތިރިމަތީގައި ތައްޔާރުކޮށްފައެވެ. މި ސްޓޯލްގައި އިހުޒަމާނުގައި ދިވެހިން އާމްދަނީ ހޯދުމަށް ކޮށްއުޅުނު މަސައްކަތްތަކާއި، ގޭތެރޭގައި ބޭނުން ކޮށްއުޅުނު ތަކެއްޗާއި ދިވެހިންގެ ދިރިއުޅުން ދައްކުވައިދެއެވެ.

މި ހުރިހާ ހަރަކާތެއްވެސް ރަށުގައި ކުރިއަށްގެންގޮސްފައިވަނީ ވަރަށްވެސް ފުރިހަމައަށެވެ. ރަށުގެ ކުދި ބޮޑު އެންމެވެސް ޝާމިލްވާގޮތަށެވެ.

ވެލިދޫ ސްކޫލްގެ ބެލެނިވެރިން ތައްޔަރުކޮށްފައިވާ ސަޤާފީ ސްޓޯލެއް

ބޮޑު އީދުގެ އުފާފާޅުކުރުމުގެ ގޮތުންނާއި ޒުވާނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ހަރަކާތްތަކުގެ ތެރެއިން މިހާތަނަށް ރާއްޖޭގައި ހެދި އެންމެ ބޮޑު އުޅާލިވެސް ހަދާފައިވަނީ ވެލިދޫގައެވެ.

ވެލިދޫގެ އާއިލާއެއް ކަމަށްވާ ޤާސިމް އާއިލާއިން ތައްޔާރު ކޮށްފައިވާ "ބޮޑު އީދު ބޮޑު އުޅާލި" ގެ ބަރުދަނުގައި 110 ޕައުންޑް ހުރި އިރު މި އުޅާލި އޮޅާފައިވަނީ 28 ފަށުންނެވެ. ވަށަމިނުގައި ފުޅާކޮށް 6 ފޫޓް 7 އިންޗި ހުރި މި އުޅާލި ފިހުމަށް ވަނީ ދޮޅު ގަޑިއިރު ހޭދަވެފައެވެ.

ސަޤާފީ ރެސިޕީ ހިމެނޭ ގޮތަށް ހަދާފައިވާ މި އުޅާލި ފިހެފައިވަނީ ހޯމަ ދުވަހު ހަވީރު އެވޭލާ ޒަމާނުގައި އެންމެ ފުރަތަމަ އުޅާލި ފިހަންފެށި ގޮތަށް ނާށި އަނގުރުންނެވެ. މި ހަރަކާތަށް ވަނީ ޔޫތް މިނިސްޓަރ މަހުލޫފާއި ވެލިދުއަށް ޒިޔާރަތް ކުރެއްވި އދ.ގެ ވަފްދަށް ދައުވަތު އަރުވާފައެވެ.

ވެލިދޫގައި ތައްޔާރުކުރި ބޮޑު އުޅާލި

މިފަހަރުގެ އީދުގައި ސްޓޭޖް ޕަފޯމް ކުރާ ބޭންޑްތަކުގެ ތެރޭގައި ހަބޭސް ބޮޑުބެރު ބޭންޑާއި ގްރެވިޓީ އާއި ޓްރެފިކް ޖޭމް ހިމެނެ އެވެ. މީގެ އިތުރުން ރާއްޖޭގެ މަޝްހޫރު ޑާންސް ގްރޫޕެއްގެ ހުށަހެޅުންތަކެއް ވެސް ހިމެނެ އެވެ.

ކޮންމެ އަހަރަކުވެސް ސްޖޭޖް ކުރޅިވަރުތައް ކުރިއަށްދާ ވަގުތު އެސަރަހައްދުގައި ވެލިދޫ ޒުވާނުންގެ ބައިބަލާވެސް ކުރިއަށް ދެއެވެ.

ވެލިދޫގައި ސްޓޭޖް ހަރަކާތްތައް ކުރިއަށްދަނީ

އަންގާރަ ދުވަހުގެރޭ ބޮޑު ބެރާއި އެކު ވެލިދޫގައި ބޮޑުމަސް ކުޅުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ވެލިދޫގައި ކުރިއަށްދާ އީދު ކުޅިވަރުތަކުގެ ތެރޭގައި ކުޑަކުދިންގެ ހަވީރާއި، މަގުތަކުގައި ސަޤާފީ ނެށުމުގެ ހަރަކާތްތަކާއި، ދަފި ނެގުމާއި، މާލި ނެރުމާއި ،ކޯޑި ކުޅުމާއި، ފެންކުޅި ހިމެނެއެވެ. މިހެންގޮސް ނަން ފައްޗަށް ހުރިހާ ކުޅިވަރެއްވެސް ކުރިއަށްގެންދާ ރަށަކީ މިފަހަރުވެސް ވެލިދޫ އެވެ.

ވެލިދޫގައި ކުރިއަށްދިޔަ ކުޑަކުދިންގެ ހަވީރު

ކައުންސިލުން ބުނިގޮތުގައި ބޮޑު އީދާ ދިމާކޮށް ވެލިދުއަށް މި ފަހަރު 1500 އެއްހާ މީހުން ވަނީ ޒިޔާރަތް ކޮށްފައެވެ. ވެލިދުއަށް ޒިޔާރަތްކުރި މެހެމާނުންނަށް ވެލިދޫގެ ރައްޔިތުންވަނީ ވަރަށް ފުރިހަމައަށް މެހެމާންދާރީއެއްވެސް އަދާކޮށްފައެވެ.

ކޮންމެ އަހަރެކޭ އެއްގޮތަށް މިފަހަރުވެސް ވެލިދޫ މި އީދުގައި ތަފާތު ދައްކާލާ، ދައުވަތު އެދެނީ ދެން އަންނަ އަހަރެއްގެ އީދަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް