ކ. މާލެ
|
10 އޯގަސްޓް 2019 | ހޮނިހިރު 12:25
މަސް މާރުކޭޓް
މަސް މާރުކޭޓް
ޝުއައިބް މުހައްމަދު އިގްބާލް
މަސް އެކްސްޕޯޓް ކުރި މިންވަރު
މަސް އެކްސްޕޯޓް ކުރި މިންވަރު އިތުރުވެއްޖެ
 
މަސް އެކްސްޕޯޓް ކޮށްގެން ލިބުނު އާމްދަނީ އަކީ 88.8 މިލިއަން ޑޮލަރު

މި އަހަރުގެ ފުރަތަމަ ހަ މަހު މަސް އެކްސްޕޯޓް ކުރި މިންވަރު އިތުރުވެއްޖެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ހަ މަހު ގަތް މަހުގެ އަދަދު ސާޅީސް ފަސް ހާސް މެޓްރިކް ޓަނު އެކްސްޕޯޓްކޮށްފައިވެއެވެ.

މި އަހަރުގެ ފުރަތަމަ ހަ މަހު ގަނެފައިވާ ކަޅުބިލަ މަހުގެ އަދަދު ނަވާވީސް ހާސް މެޓްރިކް ޓަނަށް އަރާ އިރު މިއީ މިދިޔަ އަހަރަށް ވުރެ ތިން ހާސް މެޓްރިކް ޓަނު އިތުރު އަދަދެކެވެ. މީގެ އިތުރުން މިއަހަރުގެ ފުރަތަމަ ހަ މަހު ފަނަރަ ހާސް މެޓްރިކް ޓަނުގެ ކަންނެލި ގަނެފައިވެއެވެ.

މިދިޔަ ހަ މަހު، މަސް އެކްސްޕޯޓުކޮށްގެން ލިބުނު އާމްދަނީ އިތުރުވި އިރު ބައިނަލްއަގްވާމީ ބާޒާރުގައި މަހުގެ އަގު ވަނީ ވަރަށް ބޮޑަށް ވެއްޓިފައެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހު ކަންނެލި ކިލޯއެއް 150 ރުފިޔާ އަށް ހުރި އިރު މި އަހަރުގެ މި މުއްދަތުގައި ކަންނެލީގެ އަގު އުޅެނީ 140 ރުފިޔާއަށް ކިލޯއެކެވެ. މީގެ އިތުރުން ކަޅުބިލަ މަހުގެ އަގު އުޅެނީ، ކިލޯއެއް 15 ރުފިޔާ އަށެވެ. މިއީ މިދިޔަ އަހަރަށް ވުރެ ފަސް ރުފިޔާގެ ދަށްވުމެކެވެ.

ބައިނަލްއަގުވާމީ މާކެޓްގައި އެންމެ ބޮޑަށް އަގު އުފުލިފައިވަނީ ލޯބޮޑު ކަންނެއްޔެވެ. އެގޮތުން ކިލޯއެއް ވަނީ 299 ރުފިޔާ އިން 470 ރުފިޔާއަށް ބޮޑުވެފައެވެ. ރާއްޖޭއިން އެންމެ ގިނައިން އެކްސްޕޯޓް ކުރަނީ ކަޅުބިލަ މަހާއި ކަންނެއްޔެވެ.

މި އަހަރުގެ ފުރަތަމަ ހަ މަހު، މަސް އެކްސްޕޯޓް ކޮށްގެން ލިބުނު އާމްދަނީ އަކީ 88.8 މިލިއަން ޑޮލަރެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މަސް އެކްސްޕޯޓްކޮށްގެން ލިބުނު އާމްދަނީ އަކީ 88.5 މިލިއަން ޑޮލަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް