ކ. މާލެ
|
29 ޖުލައި 2019 | ހޯމަ 01:19
އިންޑިއާގެ ބޮޑު ވަޒީރު މޯދީ ސްރިލާންކާ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ސިރިސޭނާއާ އެކު
އިންޑިއާގެ ބޮޑު ވަޒީރު މޯދީ ސްރިލާންކާ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ސިރިސޭނާއާ އެކު
ޑެއިލީ މިރޯ
އިންޑިއާ - ސްރީލަންކާ
އިންޑިއާ އިން ހިލޭ އެހީގެ ގޮތުގައި ދިން އަދަދު ކުޑަވުމުން ލަންކާއިން ބޮޑާހާކައިފި
 
މޮރިޝަސް އަށް ބޮޑު އަދަދެއް ވަނީ ދީފައި
 
މިއަހަރު ދީފައިވަނީ 250 ކްރޯޑު

އަވަށްޓެރި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުން އެންމެ ފަހުން ފާސްކުރި ބަޖެޓުގައި ލަންކާ އަށް ހިލޭ އެހީގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދު އަވަށްޓެރި އެހެން ގައުމުތަކަށް ދޭން ނިންމި އަދަދަށްވުރެ ކުޑަވުމުން ލަންކާ ސަރުކާރުން ހިތްހަމަނުޖެހުން ފާޅުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ލަންކާއަކީ ޒަމާނުއްސުރެ އިންޑިއާ ގާތް ގުޅުމެއް އޮންނަ ގައުމަކަށް ވިޔަސް، މި ފަހަރު ފާސްކުރި ބަޖެޓުން އެންމެ ބޮޑު ފާއިދަ އެއް ލިބިފައިވަނީ ދިވެހިރާއްޖޭގެ އިތުރުން މޮރިޝަސްއަށެވެ.

މިދިޔަ އަހަރު ލަންކާ އަށް ހިލޭ އެހީގެ ގޮތުގައި ދީފައިވަނީ 150 ކްރޯޑް ރުޕީސްއެވެ. މިއަހަރު ދީފައިވަނީ 250 ކްރޯޑެވެ. އިންޑިއާ އިން މޮރިޝަސް އަށް ދޭ ހިލޭ އެހީވަނީ މި އަހަރު ބޮޑު ތަނުން އިތުރުކޮށްފައެވެ. އެގޮތުން ނިމިގެން ދިޔަ އަހަރު 350 ކްރޯޑް ލިބުނު މޮރިޝަސް އަށް މި އަހަރު 1،1000 ކްރޯޑް ހަމަޖައްސާފައިވެއެވެ. ރާއްޖެއަށް 125 ކްރޯޑް ކުރިން ދިންއިރު، އިންޑިއާ އޮންނަ ގުޅުން ރަނގަޅު ވެފައިވާތީ މި އަހަރު 576 ކްރޯޑް ވަނީ ދީފައެވެ.

މޮރިޝަސް ހިމެނެނީ ބޫޓާން އަށް ފަހު އިންޑިއާ އިން މި އަހަރު އެންމެ ބޮޑު އެއްޗެއް ހިލޭ އެހީގެ ގޮތުގައި ދިން ދެވަނަ ގައުމަށެވެ. ރާއްޖެ ހިމެނެނީ ނޭޕާލަށް ފަހު އެންމެ ބޮޑު އެހީއެއް ދިން ހަތަރުވަނަ ގައުމަށެވެ.

ލަންކާ އަކީ އިންޑިއާ އެކު ބަދަހި ގުޅުމެއް އޮންނަ ގައުމަކަށްވާ ހިނދު އެހެން ގައުމުތަކަށް ހިލޭ އެހީގެ ގޮތުގައި ދިން އަދަދާއި ލަންކާ އަށް ދިން އަދަދު ފަރަގު ބޮޑުވުމުން ލަންކާ ސަރުކާރުން ހިތްހަމަނު ޖެހި ތިބިކަމަށް އިންޑިއާ ނޫހަކުން ރިޕޯޓް ކޮށްފައިއެވެ.

އެ އަދަދު އަލުން މުތާލިއާ ކުރުމަށް އިންޑިއާގައި އެދިފައިވާ ކަމަށްވެސް އެ ނޫހުގައި ބުނެފައިވެއެވެ. އެހެން ނަމަވެސް ރަސްމީ އެއްވެސް ސިފައެއްގައި އިންޑިއާ އިން ވެސް އަދި ސްރިލަންކާ އިން ވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
29%
14%
57%
ކޮމެންޓް