ކ. މާލެ
|
17 ޖުލައި 2019 | ބުދަ 23:38
އެ ކާރުހާނާތެރެއިން އަތުލައިގަތް ފޭކް ލަމްބޯގިނީއެއް
އެ ކާރުހާނާތެރެއިން އަތުލައިގަތް ފޭކް ލަމްބޯގިނީއެއް
ސީ.އެން.އެން
ފޭކް ކާރު އުފައްދާ ކާރުހާނާތައް
ފޭކް ލަމްބޯގިނީ އާއި ފެރާރީ އުފައްދާ ކާރުހާނާއަކުން ދެބަފައިން ހައްޔަރުކޮށްފި
 
މި މަރުކާތަކުގެ އަސްލު ކާރެއްގެ އަގު އުޅެނީ 215،000 ޑޮލަރަަށް ވުރެ މަތީގައި
 
މި ކާރުތައް ވިއްކާފައިވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް 48000 ޑޮލަރާއި 66000 ޑޮލަރާއި ދެމެދުގެ އަދަދަކަށް
 
އެކާރުހާނާ ތެރެއިން އަށް ކާރު އަތުލައިގަނެފައިވޭ

ބްރެޒިލްގެ ސްޓޭޓެއް ކަމުގައިވާ ސަންޓާ ކެންޓަރީނާގައި ހިންގަމުން އައި ފޭކް ލަގްޒަރީ ކާރު އުފައްދާ ކާރުހާނާއަކުން ދެބަފައިން ހައްޔަރުކޮށްފިއެވެ.

އެ ސްޓޭޓްގެ ފުލުހުންގެ އޮފިޝަލް މިމައްސަލައާއި ގުޅޭގޮތުން މައުލޫމާތު ދެމުން ބުނީ، އެކާރުހާނާ ތެރެއިން އަށް ކާރު އަތުލައިގަނެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ފެރާރީ އާއި ލަމްބޯގިނީގެ ލޯގޯ ޖަހާފައި ހުރި، އެއްކޮށް ނުނިމި ހުރި ކާރުތަކެއް ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

މި ކާރުތައް އެމީހުން ވިއްކާފައިވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް 48000 ޑޮލަރާއި 66000 ޑޮލަރާއި ދެމެދުގެ އަދަދަކަށް ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. މި މަރުކާތަކުގެ އަސްލު ކާރެއްގެ އަގު އުޅެނީ 215،000 ޑޮލަރަަށް ވުރެ މަތީގައެވެ.

އެ ކާރުހާނާ ތެރެއިން މި ކާރުތައް ހަދަން ބޭނުންކޮށްފައިވާ ޓޫލްތަކާއި، މޯލްޑާއި، ފައިބަރު އަދި ފްރޭމްތަކެއް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. މިތަނުން ހައްޔަރުކުރި ދެބަފައިންނަކީ މި ކާރުހާނާ ހުރި އިމާރާތުގެ ވެރިންނެވެ. އެމީހުންގެ މައްޗަށް އުފުލަނީ އޮޅުވާލައިގެން ކޮމާޝަލް މުދަލެއް އުފެއްދުމުގެ ދައުވާއެވެ. މި ދެބަފައިންނަކީ މިކަން ފުޅާ ދާއިރާއެއްގައި ކުރާ ބަޔަކު ކަމަށް ވެސް ފުލުހުން ތުހުމަތުކޮށްފައި ވެއެވެ.

ފުލުހުން މި މައްސަލަ ތަހުގީގުކުރަން ފަށާފައި ވަނީ ފެރާރީ އާއި ލަމްބޯގިނީގެ ފޭކް ކާރުތަކެއް ވިއްކާކަމަށް އެ ކުންފުނިތަކުން ހުށައެޅި ޝަކުވާތަކާއި ގުޅިގެންނެވެ. މިއީ ބްރެޒިލްގައި އާންމުކޮށް ކުރާ ވިޔަފާރިއެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
29%
29%
10%
19%
5%
10%
ކޮމެންޓް