ކ. މާލެ
|
10 ޖުލައި 2019 | ބުދަ 03:27
ރެއާލްއަށް ކުޅެމުން އަންނަ ގެރެތު ބޭލް
ރެއާލްއަށް ކުޅެމުން އަންނަ ގެރެތު ބޭލް
ގެޓީ އިމޭޖަސް
ގެރެތު ބޭލް
ބޭލް ހޯދުމަށް ޗައިނާގެ ކްލަބަކުން ބޮޑު ހުށަހެޅުމެއް
 
ރެއާލްއާއެކު ބޭލް ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރު

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ގެރެތު ބޭލް ހޯދުމަށް ޗައިނާގެ ކްލަބަކުން ބޮޑު ހުށަހެޅުމެއް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ސްޕެއިންގެ ނޫހަކުން ބުނީ، ބޭލް ހޯދުމަށް ޗައިނާގެ ކްލަބަކުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެ ކްލަބުން އޭނާއަށް ހުށަހަޅާފައިވަނީ ރެއާލްގައި ލިބޭ މުސާރައަށްވުރެ ދެގުނަ އިތުރު މުސާރައެއް ކަމަށެވެ.

އެ ނޫހުން ބުނީ ބޭލްއަށް ހަފްތާއަކު ޗައިނާގެ ކްލަބުން ހުށަހަޅާފައިވަނީ 1.2 މިލިއަން ޕައުންޑުގެ މުސާރާއެއް ކަމަށެވެ. ނަމަވެސް އެއީ ކޮން ކްލަބެއްކަން ނޫހުގައި ބުނެފައެއް ނުވެއެވެ.

ރެއާލްއަށް 2013 ވަނަ އަހަރުގެ ސީޒަނުގައި ބަދަލުވި ބޭލް ވަނީ އެ ކްލަބާ އެކު ހަދާފައިވާ އެއްބަސްވުން 2016 ވަނަ އަހަރު 2022 ގެ ނިޔަލަށް އާކޮށްފައެވެ.

ސައުތުހެމްޕްޓަން އިން 2005 ވަނަ އަހަރުގެ ސީޒަނުގައި ކެރިޔަރު ފެށި ބޭލް ވަނީ ޓޮޓެންހަމް ހޮޓްސްޕާއަށް 2007 ވަނަ އަހަރުގެ ސީޒަނުގައި ބަދަލުވެ، އެ ކްލަބުގައި ހަ ސީޒަން ހޭދަކޮށްފައެވެ.

ޓޮޓެންހަމްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ދެ ފަހަރު އަދި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އެއް ފަހަރު ހޯދާފައިވާ ބޭލް ވަނީ އެ ކްލަބަށް ކުޅުނު 203 މެޗުގައި 55 ލަނޑު ކާމިޔާބުކޮށްފައެވެ.

ބޭލް ވަނީ ރެއާލްއަށް މިހާތަނަށް ކުޅުނު 231 މެޗުގައި 102 ލަނޑު ކާމިޔާބުކޮށް، އެ ކްލަބާ އެކު ހަތަރު ޗެމްޕިއަންސް ލީގު، ތިން ޔުއެފާ ސުޕަ ކަޕް، ތިން ކްލަބް ވޯލްޑް ކަޕް، އެއް ސްޕެނިޝް ލީގު، އެއް ކޮޕަ ޑެލްރޭ އަދި އެއް ސްޕެނިށް ސުޕަ ކަޕް ކާމިޔާބުކޮށްފައެވެ.

ވޭލްސްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަ ފަހަރު ހޯދާފައިވާ ބޭލް ވަނީ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 77 މެޗުގައި 31 ލަނޑު ކާމިޔާބުކޮށްދީފައެވެ. އޭނާއަކީ ވޭލްސްގެ ގައުމީ ކެޕްޓަންއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް