ކ. މާލެ
|
28 ޖޫން 2019 | ހުކުރު 12:18
އަލްޖީރިއާ އަދި ސެނެގާލް ބައްދަލުކުރި މެޗުގެ ތެރެއިން
އަލްޖީރިއާ އަދި ސެނެގާލް ބައްދަލުކުރި މެޗުގެ ތެރެއިން
ބީބީސީ
ކަޕް އޮފް ނޭޝަންސް
ކަޕް އޮފް ނޭޝަންސް: ސެނެގާލް ބަލިކޮށް އަލްޖީރިޔާ ގަދަ 16 އަށް
 
އަލްޖީރިޔާއިން މި މެޗް ކާމިޔާބު ކުރީ 1-0 ގެ ނަތީޖާއަކުން

އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ސެނެގާލް އަދި އަލްޖީރިޔާ ބައްދަލު ކުރި މެޗުން އަލްޖީރިޔާ މޮޅުވެ، ގަދަ 16 އަށް ދަތުރު ކޮށްފިއެވެ.

ސެނެގާލް އަދި އަލްޖީރިޔާ ބައްދަލު ކުރި މެޗް އަލްޖީރިޔާއިން ކާމިޔާބު ކުރީ 1-0 ގެ ނަތީޖާ އަކުންނެވެ.

ގިނަ ބަޔަކު މި މެޗު ސިފަ ކުރީ މެންޗިސްޓާރ ސިޓީގެ ރިޔާޒް މަހްރޭޒް އާއި ލިވަރޕޫލްގެ ފޯވާޑް މާނޭގެ ކުރިމަތި ލުމެއްގެ ގޮތުގައެވެ.

މިސްރުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފް ފަށައިގެން ދެޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނު ނަމަވެސް ސެނެގާލުން އައީ އަލްޖީރިޔާގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ނަމަވެސް އަލްޖީރިޔާގެ ވަރުގަދަ ޑިފެންސް ފޫއަޅުވާ ނުރައްކާތެރި ހަމަލާއެއް ސެނެގާލް ކުޅުންތރިންއައް އުފެއްދިފައެއް ނުވެއެވެ.

މެޗުގެ ދެވަނަ ހާފް ކުރީ ކޮޅުގައި އަލްޖީރިޔާއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޔޫސުފް ބެލައިލީއެވެ. މި ލަނޑާއެކު އަލްޖީރިޔާއިން ވަނީ އެޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށް ސެނެގާލް ގެ ގޯލަށް ނުރައްކާ ކޮށްފައެވެ. ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ފެނިގެން ދިޔައީ ލަސް އަދި ހަމަހަމަ ކުޅުމެކެވެ.

މި ނަތީޖާއާއި އެކު އަލްޖީރިޔާއިން ވަނީ ހަ ޕޮއިންޓާއެކު މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށްފައެވެ. ގުރޫޕުގެ ދެވަނައިގައި ސެނެގާލް ތިން ޕޮއިންޓާއެކު އޮތް އިރު، ތިން ޕޮއިންޓާއެކު ކެންޔާ އޮތީ ތިންވަނައިގައެވެ. އަދި ގުރޫޕުގެ އެންމެ ފުލުގައި ޓަންޒާނިޔާ ވަނީ ކުޅުނު ދެ މެޗުން ބަލިވެ، މުބާރާތުން ކަޓައިފައެވެ.

މުބާރާތުގައި 24 ޓީމެއް ހަ ގްރޫޕަކަށް ބަހާލާފައިވާއިރު، އޭގެ ތެރެއިން ގަދަ 16 އަށް ދަތުރުކުރާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. އަދި ހަ ގްރޫޕްގެ ތެރެއިން އެންމެ ރަނގަޅު ހަތަރު ޓީމަށް ވެސް ގަދަ 16 އިން ޖާގަ ލިބޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ލީވާން އަލީ
0%
0%
0%
0%
0%
0%
ކޮމެންޓް