ކ. މާލެ
|
22 ޖޫން 2019 | ހޮނިހިރު 10:27
ޕީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް ކީލިއަން އެމްބަޕޭ
ޕީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް ކީލިއަން އެމްބަޕޭ
ގޫގުލް
ކީލިއަން އެމްބާޕޭ
އެމްބާޕޭ ހުރީ ޕީއެސްޖީއާއެކު ޗެމްޕިއަންސް ލީގު ނެގުމުގެ އުންމީދުގައި
 
ބެލެންޑިއޯ ހޯދުމަކީ ހުވަފެނެއް

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ފޯވާޑް ކީލިއަން އެމްބާޕޭ ހުރީ އެ ކްލަބާއެކު ޔުއެފާ ޗެމްޕިއަންސް ލީގު ނެގުމުގެ އުންމީދުގައި ކަމަށް އޭނާ ބުނެފިއެވެ.

އީއެސްޕީއެންއަށް ދިން އިންޓަވިއުއެއްގައި އެމްބާޕޭ ބުނީ، ބެލެންޑިއޯ އެވޯޑު ހޯދުމަށްވުރެ، ޗެމްޕިއަންސް ލީގު ހޯދަން ބޭނުންވާ ކަމަށާއި، ފުޓުބޯޅައަކީ އިންޑިވިޖުއަލް ކުޅިވަރެއް ނޫން ކަމަށެވެ.

އެގޮތުން އެމްބާޕޭ ބުނީ، ޓެނިސްފަދަ ކުޅިވަރެއް ކުޅޭނަމަ، އެވޯޑަކަށް ވިސްނިދާނެ ކަމަށާއި، ނަމަވެސް ޓީމެއް ގޮތަށް ކުޅޭއިރު މުހިންމީ އިންޑިވިޖުއަލް އެވޯޑަށްވުރެ ކްލަބަށް ކާމިޔާބީ ހޯދުން ކަމަށެވެ.

ބެލެންޑިއޯ ހޯދުމަކީ ހުވަފެނެއްކަން ފާހަނގަކުރަމުން އެމްބާޕޭ ބުނީ، ބެލެންޑިއޯއާ މެދު ވިސްނޭނީވެސް ޗެމްޕިއަންސް ލީގު ހޯދުމަށްފަހު ކަމަށާއި، ޗެމްޕިއަންސް ލީގާ ނުލައި ބެލެންޑިއޯ އެވޯޑު ނުލިބޭނެ ކަމަށެވެ.

ފްރާންސްގެ މޮނާކޯ އިން ކެރިޔަރު ފެށި އެމްބަޕޭ ވަނީ އެ ޓީމަށް ކުޅުނު 60 މެޗުގައި 27 ލަނޑު ކާމިޔާބުކޮށްފަ އެވެ. އޭނާ ވަނީ އެޓީމާއެކު ފްރާންސް ލީގު ވެސް ކާމިޔާބުކޮށްފަ އެވެ.

މޮނާކޯގައި ތިން ސީޒަން ހޭދަކުރުމަށް ފަހު، ލޯން އެއްބަސްވުމެއްގެ ދަށުން އެމްބަޕޭ ޕީއެސްޖީ އަށް ބަދަލުވީ 2017 ވަނަ އަހަރެވެ. އޭނާ ވަނީ އެޓީމަށް މިހާތަނަށް ކުޅުނު 87 މެޗުގައި 60 ލަނޑު ކާމިޔާބުކޮށްފަ އެވެ.

އުމުރުން 20 އަހަރުގެ އެމްބަޕޭ ވަނީ މިދިޔަ އަހަރު ދާއިމީ އެއްބަސްވުމެއްގެ ދަށުން ޕީއެސްޖީއަށް ބަދަލުވެފައެވެ. އޭނާ ވަނީ އެ ކްލަބާއެކު ފްރެންޗް ލީގު އަދި ފްރެންޗް ކަޕް ކާމިޔާބުކޮށްފަ އެވެ.

ފްރާންސް ޓީމަށް 33 މެޗުގައި 13 ލަނޑު ކާމިޔާބުކޮށްފައިވާ އެމްބަޕޭ ވަނީ ފްރާންސްގެ 19 އަހަރުން ދަށުގެ ޓީމާއެކު ޔޫރޯވެސް ކާމިޔާބުކޮށްފަ އެވެ. އަދި އޭނާ ވަނީ މިދިޔަ އަހަރު ވޯލްޑް ކަޕް ފްރާންސްއަށް ކާމިޔާބުކޮށްދިނުމަށް ވެސް މުހިންމު ދައުރެއް އަދާކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ލީވާން އަލީ
0%
0%
0%
0%
0%
0%
ކޮމެންޓް