ކ. މާލެ
|
28 ފެބްރުއަރީ 2017 | އަންގާރަ 03:30
ސްެރީ ލަންކަން އެއާލައިން
ސްެރީ ލަންކަން އެއާލައިން
ފޭސްބުކް
ގަން އިންޓަރނޭޝަނަލް އެއަރޕޯޓު
ވޯކް ވިސާ މީހުންނަށް ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރޭ ގޮތް ހަމަޖައްސައިފި
 
ދެކުނުގެ ތިން އަތޮޅުގައި ވޯކް ވިސާގައި ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތްކުރޭ

ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން ބިދޭސީ ވޯކް ވިސާ ހޯލްޑަރުންނަށް ގަމާއި ކޮލަންބޯއާއި ދެމެދު ދަތުރުކުރެވޭ ގޮތް ހަމަޖައްސައިފި އެވެ.

 

ގަމާއި ކޮލަންބޯއާއި ދެމެދު ދަތުރުތައް ފެށި އިރު މާ ބޮޑު ތަރުހީބެއް ނުލިބު އެއް ސަބަބެއް ކަމަށް ގިނަ ބަޔަކު ބުނަމުންދިޔައީ ވޯކް ވިސާ ހޯލްޑަރުންނަށް ގަމުން ސީދާ ކޮލަންބޯއަށް ފުރޭގޮތް ނުވާތީ ކަމަށެވެ.

 

އެހެން ނަމަވެސް އަލަށް މިގެނައި ބަދަލާއެކު ރިޒަވޭޝަން އިތުރުވެފައިވާ ކަމަށް އޭސް ޓްރެވެލްސްއިން ބުންޏެވެ.

 

ވޯކް ވިސާގައި މަސައްކަތް ކުރާ ބިދޭސީންނަށް މާރޗް 1 އިން ފެށިގެން ގަމުން ފުރޭ ގޮތް ހަމަޖެހިގެން ދިޔުމުން ގަމާއި ލަންކާ އާއި ދެމެދު ދަތުރުތަކަށް ރިޒަވޭޝަންތައް އިތުރުވެ ޑިމާންޑް ބޮޑުވާނެ ކަމަށް އުއްމީދުކުރާ ކަމަށް އޭސް ޓްރެވެލްސްއިން ބުންޏެވެ.

 

ދެކުނުގެ ތިން އަތޮޅުގައި ވޯކް ވިސާގައި ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތްކުރެއެވެ.

 

ގަމުން ކޮލަމްބޯއަށް ސީދާ ދަތުރު ފެށިއިރު ބިދޭސީ ވިސާ ހޯލްޑަރުންނަށް ދަތުރެއް ނުކުރެވެއެވެ.

 

ގަމާއި ލަންކާ އާއި ދެމެދު ދަތުރުކުރާ ހަމައެކަނި އެއާލައިން ސްރީލަންކަންއިން މިއަހަރުގެ ފުރަތަމަ ޓާމްގެ ފުރަތަމަ ސްކޫލް ބަންދާއި ދިމާކޮށް ހާއްސަ ފެއާއެއް ފަށާފައިވާއިރު މި ފެއާގެ ދަށުން 305 ޑޮލަރަށް ގަން/ ކޮލަމްބޯ ރިޓާން ޓިކެޓް ލިބެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް