ކ. މާލެ
|
28 ސެޕްޓެންބަރ 2018 | ހުކުރު 19:33
އިންޑޮނޭޝިއާއަށް އައި ބިންހެލުމުގައި ހަލާކުވެފައި ހުރި ގެޔެއް
އިންޑޮނޭޝިއާއަށް އައި ބިންހެލުމުގައި ހަލާކުވެފައި ހުރި ގެޔެއް
އޭޕީ
އިންޑޮނޭޝިއާ ބިންހެލުން
ބާރުގަދަ ބިންހެލުމަކާއެކު އިންޑޮނޭޝިއާގެ ބައެއް ސަރަހައްދުތަކަށް ސުނާމީ އަރައިފި
 
ސުލަވޭސީއަށް 7.5 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމާއެކު އެރަށަށް ސުނާމީ ވަނީ އަރާފައި

އިންޑޮނޭޝިއާގެ އިރުމަތީގައި އޮންނަ ޖަޒީރާ ރަށެއް ކަމަށްވާ ސުލަވެސީއަށް އައި ބާރުގަދަ ބިންހެލުމާއެކު ސުނާމީ އަރައިފިއެވެ. 

އެގައުމުގެ ޑިޒާސްޓަރ އޭޖެންސީގެ ތަރުޖަމާނު ސުޓޯޕޯ ޕޫރޯ ނުގްރޯހޯ ވިދާޅުވީ ސުލަވޭސީއަށް 7.5 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމާއެކު އެރަށުގެ ޕްރޮވިންސް ކެޕިޓަލް ކަމަށްވާ ޕާލޫ އަދި ޑޮންގަލާއަށް ވަނީ ސުނާމީ އަރާފައެވެ. މި ސުނާމީއާއެކު ބައެއް ގެތައް ހަލާކުވެ ބައެއް މީހުން ވެސް ގެއްލިފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ. މުއާސަލާތް ކުރުމަށް ބޭނުންކުރާ ސާމާނު ހަލާކުވެފައިވުމާއި ކަރަންޓް ނެތުމުގެ ސަބަބުން މީހުން ހޯދުމަށް ކުރަމުންދާ މަސައްކަތަށް ވެސް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ. 

ޔޫއެސް ޖިއޮލޮޖިކަލް ސާވޭއިން ހާމަކޮށްފައިވާ ގޮތުގައި މި ބިންހެލުން އައިސްފައިވަނީ ކަނޑުގެ ހަ ކިލޯމީޓަރު އަޑިއަށެވެ. މި ބިންހެލުން ވަނީ 10 ސިކުންތަށް ދިގުދެމިގެން ގޮސްފައެވެ. އިންޑޮނޭޝިއާގެ ޖިއޯފިޒިކްސް އޭޖެންސީއިން ހާމަކޮށްފައިވާ ގޮތުގައި ސުނާމީ އަރާފައިވަނީ އެ އެޖެންސީއިން ސުނާމީ އިންޒާރު އަނބުރާ ގެންދިޔަ ފަހުންނެވެ. 

މި ބިންހެލުމަށްފަހު އެ ސަރަހައްދަށް 6.1 މެގްނިޓިއުޑްގެ ބާރު މިނުގައި އެހެން ބިންހެލުމެއް ވެސް އައިިއިރު މި މި ބިންހެލުމުގައި އެކަކު މަރުވެ 10 މީހުންނަށް އަނިޔާވި ކަމަށް ރިޕޯޓްކޮށްފައިވެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
100%
0%
0%
0%
ކޮމެންޓް