ކ. މާލެ
|
14 ސެޕްޓެންބަރ 2018 | ހުކުރު 19:34
ތުރުކީގެ ރައީސް ތައްޔިބް އޮރްދޮޣާން ވާހަކަފުޅު ދައްކަވަނީ
ތުރުކީގެ ރައީސް ތައްޔިބް އޮރްދޮޣާން ވާހަކަފުޅު ދައްކަވަނީ
ރޮއިޓަރސް
އުރުދުން
އޮރްދޮޣާން ރަޝިއާގެ ރައީސް ޕޫޓިންއާ ހޯމަ ދުވަހު ބައްދަލު ކުރައްވަނީ
 
ރައީސުން ބައްދަލު ކުރައްވަން ހަމަޖެހިފައި ވަނީ ހޯމަ ދުވަހު ރަޝިއާގެ ސޯޗި ރިސޯޓުގައި

ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އޮރްދޮޣާން ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕޫޓިންއާ ބައްދަލު ކުރެއްވުމަށް ނިންމަވައިފިއެވެ.

ދެ ރައީސުން ބައްދަލު ކުރައްވަން ހަމަޖެހިފައި ވަނީ ހޯމަ ދުވަހު ރަޝިއާގެ ސޯޗީގައެވެ. އެ ބައްދަލަވުން ބާއްވަން ހަމަޖެހިފައިވާ މިވަގުތަކީ ބައިނަލްއަގްވާމީ ދުނިޔެއިން ސީރިއާގައި ކުރަމުންދާ ހަނގުރާމައާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައިވާ ދަނޑިވަޅެކެވެ.

ހަމައެކާއެކު މި ވަގުތަކީ ރަޝިއާއިން ވާގިވެރިވާ ސީރިއާގެ ސަރުކާރުން އިތްލީބް ސަރަހައްދު ވަޝާލަމުންދާ ވަގުތެއްވެސްމެއެވެ. އިތްލީބަކީ ސީރިއާގެ އިދިކޮޅު ހަނގުރާމަވެރިންގެ ފައިވިއްދާގެން ތިބި އެންމެ ފަހު މަންޒިލެވެ. 

އެއާއެކު އދ. އިންނާއި ދުނިޔޭގެ އިންސާނިއްޔަތާއި ބެހޭ ޖަމާއަތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ފަރާތްތަކުން ބުނީ އެ ސަރަހައްދުގައި ސަރުކާރުގެ ސިފައިން ހަމަލާ ދީފިނަމަ ދުނިޔެއް ދުށް އެންމެ އަނިޔާވެރި އެއް ގަތުލުއާންމު ފެނިގެން ދާނެ ކަމަށެވެ. ތުރުކީން ވެސް ވަނީ މިކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެ ގައުމުން ވަނީ ދެ ފަރާތުގެ ހަނގުރާމަ ހުއްޓާލުމަށްފަހު އަމާންކަން ދިނުމަށް ގޮވާލާފައެވެ.

އެކަން ހުއްޓުވުމަށްޓަކާއި މިދިޔަ ހަފްތާގައި ތުރުކީން ވަނީ ރަޝިއާއާއި އީރާނާ ބައްދަލުކޮށްފައެވެ. ނަމަވެސް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ. އެ ދެ ގައުމަކީ ސީރިއާ އެންމެ ބޮޑަށް ދިފާއުކޮށްދޭ، ސީރިއާގެ ފަހަތުގައިވާ ދެ ގައުމެވެ.

ތުރުކީން ބުނީ އެ ގައުމުން ހުރީ ހައްދުފަހަނަ އަޅާފައިވާ ހަނގުރާމަވެރި ކޮންމެ ޖަމާއަތަކާ ވެސް ހަނގުރާމަކުރަން ތައްޔާރަށް ކަމަށާއި ނަމަވެސް އާންމުންނާއި ކުޑަކުދިން އަދި އަންހެނުން ހަނގުރާމަ ވެރި ޖަމާއަތް ހުއްޓުވުމުގެ ނަމުގައި އެއްވެސް ހަމައެއް ނެތި މެރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
0%
0%
0%
100%
0%
0%
ކޮމެންޓް