ކ. މާލެ
|
12 ސެޕްޓެންބަރ 2018 | ބުދަ 18:50
ލީބިޔާގައި އޮތް މަތިންދާބޯޓެއް ހަލާކުވެފައި
ލީބިޔާގައި އޮތް މަތިންދާބޯޓެއް ހަލާކުވެފައި
ގެޓީ އިމޭޖަސް
ލީބިޔާގެ އެއާޕޯޓް
ލީބިޔާގެ ޓްރިޕޮލީގައި އޮންނަ ހަމައެކަނި އެއަރޕޯޓަށް ހަމަލާ ދީފި
 
ހަމަލާ އެއާޕޯޓަށް އަމާޒުވެފައި ވަނީ އެތަން ބަންދު ކުރުމަށްފަހު އަލުން ހުޅުވިތަނާ ހަފްތާއެއް ނުވަނީސް
 
ހަމަލާގައި އެއްވެސް ތަނަކަށް ނުވަތަ މީހަކަށް ގެއްލުން ލިބުނު ކަމުގެ ރިޕޯޓެއް ނުލިބޭ

ލީބިޔާގެ ވެރިރަށް ޓްރިޕޮލީގެ ހަމައެކަނި އެއާޕޯޓް މިޓިގާއަށް ރޮކެޓް ހަމަލާދީފިއެވެ.

އަންގާރަދުވަހުގެ ރޭ ދިން އެ ހަމަލާގައި އެއްވެސް ތަނަކަށް ނުވަތަ މީހަކަށް ގެއްލުން ލިބުނު ކަމުގެ ރިޕޯޓެއް ނެތެވެ. ބުދަ ދުވަހު މީޑިއާއަށް އެކަން އެއާޕޯޓުގެ މުވައްޒަފަކު ވަނީ ޔަގީން ކޮށްދީފައެވެ. ހަމަލާ ދިނުމާއެކު ޖައްސަން އައި މަތިންދާބޯޓުތައް ވަނީ އެ ގައުމުގެ އެހެން ސަރަހައްދެއްގެ އެއާޕޯޓަކަށް ރިޑައިރެކްޓް ކޮށްފައެވެ. އެ ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން ނަގާފައެއް ނުވެއެވެ.

ނަމަވެސް އެ ހަމަލާ އެއާޕޯޓަށް އަމާޒުވެފައި ވަނީ އެތަން ބަންދު ކުރުމަށްފަހު އަލުން ހުޅުވިތާ ހަފްތާއެއް ނުވަނީސްއެވެ. އެއާޕޯޓް ހުޅުވާފައި ވަނީ ހުކުރުދުވަހުއެވެ. އަދި އެ ހަމަލާ ދީފައިވަނީ ވެރިރަށުގެ އުތުރުގައި ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ހަތިޔާރުއެޅި ޖަމާއަތްތަކާ މެދު ސުލްހައިގެ އެއްބަސްވުމެއް އދ. އާއެކު ވެފައިވަނިކޮށެވެ.

ހަތިޔާރު އެޅި ޖަމާއަތްތަކާއި ކުރަމުންދާ ހަނގުރާމާގައި މިދިޔަ މަހުގެ 27އިން ފެށިގެން މިއަދާހަމައަށް 50 މީހުން މަރުވެ 138 މީހުން ޒަޚަމްވެފައިވާ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ. އަދި އެތައް ހާސް އާއިލާއެއް ވަނީ އަމިއްލަ ވަތަން ދޫކޮށް ސަލާމަތުގެ އައްސޭރިއެއް ހޯދުމަށް ނިކުމެފައެވެ.

މިދިޔަ މަހު ހަނގުރާމަވެރި ޖަމާއަތްތަކާއެކު ހިނގި ކުރިމަތިލުމުގައި މަދުވެގެން ތިން ރޮކެޓް ހަމަލާ އެއާޕޯޓަށް ވަނީ ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
25%
0%
25%
0%
25%
25%
ކޮމެންޓް