ކ. މާލެ
|
16 ޖެނުއަރީ 2017 | ހޯމަ 15:45
ޖޯނީ ޑެޕް
ޖޯނީ ޑެޕް
ގޫގުލް
ޖޯނީ ޑެޕް
ޖޮނީ ޑެޕްގެ ކުރީގެ ބިޒްނަސް މެނޭޖަރުންނާ ދެކޮޅަށް 25 މިލިއަން ޑޮލަރުގެ ދަޢުވާއެއް އުފުލަނީ
 
ވަރީގެ ކަންކަމަށްފަހު ހަތް މިލިއަން ޑޮލަރު އެމްބަރ ހާޑްއަށް ދިނުމަށް ޖޯނީ ޑެޕް ވަނީ އެއްބަސްވެފައި
 
ޖޯނީ ޑެޕްއާއި އެމްބަރ ހާރޑްގެ ވަރީގެ ކަންކަން ވަނީ އެއްކޮށް ނިމިފައި

ހޮލީވުޑްގެ މަޝްހޫރު އެކްޓަރު، ޕްރޮޑިއުސަރު އަދި މިއުޒީޝަން ޖޯނީ ޑެޕްގެ ކައިވެނި ރޫޅި، ވަރީގެ ކަންކަން އެއްކޮށް ނިމުނު ވާހަކައަކީ ގިނަ ބައެއްގެ ދުލު ކުރީގައި މިހާރު އޮތް އެއް ވާހަކައެވެ. ޢުމުރުން 53 އަހަރުގެ ޖޯނީ ޑެޕްއާ ކައިވެނީގެ ގޮތުން ގުޅިގެން އުޅުނު ޢުމުރުން 30 އަހަރުގެ އެމްބަރ ހާރޑްގެ ވަރީގެ ކަންކަން ނިމުމާއެކު ޖޯނީ ޑެޕް ވަނީ އެމްބަރ ހާރޑްއަށް ހަތް މިލިއަން ޑޮލަރު ދޭން އެއްބަސްވެފައެވެ. އޭގެ އިތުރުން އެ ދެމީހުން ގެންގުޅުނު ކުއްތާ އާއި ފިސްތޯލަ ވެސް ލިބެނީ އެމްބަރ ހާރޑް އަށް ކަމަށް ޚަބަރުތައް ބުނެއެވެ.

 

މި ޚަބަރާއެކު އިތުރު ސިހުމެއް ލިބިގެން ދަނީ ޖޯނީ ޑެޕްގެ ކުރީގެ ބިޒްނަސް މެނޭޖަރުންނާ ދެކޮޅަށް އޭނާ އުފުލާފައިވާ ދަޢުވާއަކާ ގުޅިގެންނެވެ. 25 މިލިއަން ޑޮލަރުގެ ދަޢުވާއެއް ޖޯނީ ޑެޕް އުފުލާފައި މިވަނީ، ކުރީގެ ބިޒްނަސް މެނޭޖަރުންގެ ޢަމަލުތަކެއްގެ ސަބަބުން އޭނާއަށް އެތައް މިލިއަން ޑޮލަރެއްގެ ގެއްލުމެއް ލިބުނު ކަމަށް ބުނެއެވެ. އެހެންނަމަވެސް، އެ ދަޢުވާއަށް އިންކާރު ކުރަމުން އޭނާގެ މެނޭޖަރުންނާ ޙަވާލާދީ ޚަބަރުތަކުގައި ބުނެފައިވަނީ އެ ދަޢުވާއަކީ ޖޯނީ ޑެޕްގެ ހަމައެއް ލަމައެއް ނެތް ޚަރަދުތަކާ ގުޅިގެން އޭނާ އުޅެން ޖެހިފައިވާ ޙާލުގެ ސަބަބުން އެމީހުން ފްރޭމް ކުރުމަށް އުފުލާފައިވާ ދަޢުވާއެއް ކަމަށެވެ.

 

"ޕައިރޭޓްސް އޮފް ދަ ކެރީ ބިއަން"ގެ ތަރި ޖޯނީ ޑެޕް ދަޢުވާ އޭނާގެ ކުރީގެ ބިޒްނަސް މެނޭޖަރުންނާ ދެކޮޅަށް އުފުލާފައިވާއިރު، އެމެރިކާގެ ސްޓޭޓް ކޯޓެއްގައި އޭނާ ފައިލް ކުރި ދަޢުވާގައި 52 ޞަފްޙާ އެކުލެވޭ ކަމަށް ޚަބަރު ލިބެއެވެ. އޭނާ ދަޢުވާ އުފުލާފައިވަނީ ދަ މޭންޑަލް ކޯގެ މެނޭޖްމަންޓް ގްރޫޕްގެ ޖޮއެލް މޭންޑަލް އާއި ރޮބަރޓް މޭންޑަލްއާ ދެކޮޅަށެވެ. އޭގެ އިތުރުން ވެސް އެ ދަޢުވާގައި 15 މީހަކާ ދެކޮޅަށް ވަނީ ތުހުމަތުތަކެއް ކޮށްފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް