ކ. މާލެ
|
22 ޖެނުއަރީ 2018 | ހޯމަ 13:37
ކުއްޖަކު ތާނަ ލިޔަނީ
ކުއްޖަކު ތާނަ ލިޔަނީ
މުހައްމަދު ޝަރުހާން
ތާނަ ލިޔުމުގައި ބޭރު ބަސް
ތާނަލިޔުމުގައި ބޭރުބަސްބަހުގެ ލަފުޒު ލިޔުމުގެ ބައެއް ހަމަ
 
ކުރީއްސުރެ ދިވެހި ވެފައި ހުރި އަރަބި އަކުރުތަކުގައި މިހާރު ކޮންމެހެން ތިކި ޖަހާނެ ކަމެއް ނެތް

(މިއީ ޢަބްދުﷲ ޞާދިޤު ލިޔުއްވައި ލިޔުންތެރިންގެ ގުޅުމުގައި 2012 ވަނަ އަހަރު ޝާއިޢުކުރައްވާފައިވާ ލިޔުމެކެވެ.)

 

1. ތާނަ ލިޔުމުގައި ބޭރު ބަސްބަހުގެ ލަފުޒުތައް ލިޔާއިރު އެ ލަފުޒުތައް "އެއް" "އާ" "އެކު" ފަދަ އަކުރުތަކާއި ގުޅުވަމުން ގެންދަން ވާނީ ދިވެހިބަހުގެ ލަފުޒުތައް ވެސް އެ އަކުރުތަކާއި ގުޅުމުގައި ގެންގުޅޭ އުސޫލާ އެއްގޮތަށެވެ. މިސާލު: މޭޒު، މޭޒެއް، މޭޒާ، މޭޒަކު، ލިޔާހެން ފުލައިޓް ފުލައިޓެއް ފުލައިޓާ ފުލައިޓަކު މިގޮތަށެވެ.

2. ކުރީއްސުރެ ދިވެހި ވެފައި ހުރި އަރަބި އަކުރުތަކުގައި މިހާރު ކޮންމެހެން ތިކި ޖަހާނެ ކަމެއް ނެތެވެ.މިސާލަކަށް؛ ސާބިތު، ގަލަން، ގަވާއިދު

3. މިހައިތަނަށް ދިވެހި ނުވެ ހުރި ލަފުޒުތައް ލިޔާންވާނީ ތިކި ޖެހި ތާނައިގެ އުސޫލުން ތިކިޖަހައިގެންނެވެ. މިސާލު: ޚާއްޞަ ރަމަޟާން

4. އަރަބި ބަހުގެ ވާވުސުކުންވެގެންވާ ބަހެއް ލިޔާނަމަ ލިޔާން ވާނީ އައު ބައު ފިލިޖެހޭ ލަފުޒެއްގެ ގޮތުގައެވެ. މިސާލު: دور - ދައުރު، دولة - ދައުލަތް، قوم - ޤައުމު.

5. އަރަބި ބަހުގެ ސުކުން ވެގެން ވާ ޢައިނާއެކު ލިޔެވޭ ލަފުޒުތައް ވެސް ލިޔާން ވާނީ އައުބައު ފިލިޖެހޭ ލަފުޒެއްގެ ގޮތުގައެވެ. މިސާލު: تعليم   - ތަޢުލީމު ، دعوت - ދަޢުވަތު ،جعفر- ޖަޢުފަރު

6. އަރަބި ބަހުގެ ހަމްޒާގައި ( ކުރުއަލިފުގައި) ސުކުންވެގެން ލިޔެވޭ ލަފުޒުތައް ވެސް ލިޔާންވާނީ ހަމަ ކުރީން ބަޔާން ކުރި ގޮތަށެވެ.މިސާލު؛مأذون      މައުޒޫން       رأي         ރައުޔުمأموم          މައުމޫމް
ސަމާލުކަމަށް މިބާވަތުގެ ލަފުޒުގައި ސުކުން ކޮށްގެން ލިޔުމުން ދިވެހިން ކިޔާނީ ތައްލީމް ދައްވަތު މިހެންނެވެ. މާނަޔަކީ ވައްތީނި، ދައްލާލު ފަދަ ބަސްތައްވެސް ކިޔާގޮތަށެވެ. ގަސްތުކުރާ އަޑު ނެރެވޭނީ އެލަފުޒުތަކުގައި އުބުފިލި ޖެހުމުންނެވެ. (ތަޢުލީމު، ދަޢުވަތު)

7. އިނގިރޭސި ބަހުގެ ލަފުޒުތަކުގެތެރެއިން ދިވެހިބަހުގެ ތާ ސުކުނަށް ނިމޭ ގޮތަށް ހުންނަ ލަފުޒުތައް ލިޔާން ވާނީ ތާގައި އުބުފިލި ޖަހައިގެންނެވެ. އެއީ ތާގެ އަޑު ފާޅު ކުރުމަށް ޓަކައެވެ. މި ވާހަކަ ކުރިންވެސް ބަޔާންކުރެވިފައި ވާނެއެވެ. މިސާލު: އެލިޒަބަތް – އެލިޒަބަތު، އާތް ދުވަސް -– އާތު ދުވަސް، ހެލްތް ހެލްތު. ސުނިލްދަތް –- ސުނިލްދަތު،  (ދިވެހި ބަހާއި އަދަބަށް ޚިދުމަތް ކުރާ ޤައުމީ މަޖްލިސް 1980)

މިފަދަ ލަފުޒުތަކުގައި "ތ" ސުކުން ކުރީމާ ދިވެހިން އެލިޒަބަތް ކިޔާނީ ބޮނޑިބަތް ވެސް ކިޔާހެންނެވެ. އާތް ދުވަސް ކިޔާނީ އާތްވުން ވެސް ކިޔާ ގޮތަށެވެ. ސުނިލްދަތް ކިޔާނީ މެދުދަތްވެސް ހަމަ ކިޔާ ގޮތަށެވެ. އެލަފުޒުތަކުގައިވާ ތ ގެ އަޑު ފާޅު ކުރަން ބޭނުންނަމަ އެތަންތާނގައި ފިލި ނުޖަހައި އެ ގޮތަކަށް ނުކިޔޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
50%
0%
25%
0%
25%
ކޮމެންޓް