ކ. މާލެ
|
28 ސެޕްޓެންބަރ 2017 | ބުރާސްފަތި 12:27
ކްލޯއީ ކާޑޭޝިއަން އާއި ޓްރިސްޓަން ތޮމްޕްސަން
ކްލޯއީ ކާޑޭޝިއަން އާއި ޓްރިސްޓަން ތޮމްޕްސަން
ގޫގުލް
ީޕިންގ އަޕް ވިތު ދަ ކާޑޭޝިއަން
ކާޑޭޝިއަން އާއިލާ ބޮޑުވަނީ: އަންނަ އަހަރު ކިމް، ކްލޯއީ އަދި ކައިލީއަށް ކުދިން ލިބެނީ؟
 
ކްލޯއީގެ ޚަބަރު ކަށަވަރު ކުރި ޝޯވގެ ޕްރޮޑިއުސަރަކާ މެދު ކިމް ހުރީ ވަރަށް ހިތްހަމަ ނުޖެހިފައި
 
ކްލޯއީ ބަލިވެ އިން ކަމުގެ އަޑުވެސް ވަނީ ފެތުރިފައި، ގިނަ ބައެއް ވަނީ ކަށަވަރު ކޮށްދީފަ

އޭނާގެ ކޮއްކޮ ބަލިވެ އިން ކަމުގެ ރިޕޯޓްތައް ފެތުރުނުތާ ދުވަސް ކޮޅެއް ފަހުން ކޮލޯއީ ކާޑޭޝިއަން ބަލިވެ އިން ކަމުގެ ވާހަކަ މިވަނީ ފެތުރިފަ އެވެ.

އުމުރުން 33 އަހަރުގެ ކްލޯއީ އާއި އޭނާގެ ލޯބިވެރިޔާ ޓްރިސްޓަން ތޮމްޕްސަން، 26، އަށް ކުއްޖެއް ލިބެން އުޅޭކަން ފުރަތަމަ ރިޕޯޓް ކޮށްފައި ވަނީ އަންގާރަ ދުވަހެވެ.

ކްލޯއީ ބަލިވެ އިންތާ ތިން މަސްވެއްޖެ ކަމަށާއި އޭނާ ހުރީ "ވަރަށް އުފަލުން"ކަމަށް އާއިލާގެ ގާތް މީހުންނަށް ހަވާލާދީ ރިޕޯޓްތަކުގައި ވެއެވެ. އަދި ޖޫން 25 ގައި ކްލޯއީ އިންސްޓަގްރާމް ކުރި ފޮޓޯއެއްގައި ބަލިވެ އިންކަން އިއުލާން ކޮށްފައިވާ ކަމަށް މިހާރު ފޭނުން ގަބޫލު ކުރެއެވެ. 

އެ އާއިލާއިން މިކަމާ ގުޅިގެން އެއްވެސް އެއްޗެއް ބުނެފައި ނުވާ އިރު، އެމެރިކާގެ ނޫސްތަކުން ބުނާ ގޮތުގައި ކްލޯއީ ބަލިވެ އިންކަން ކަށަވަރު ކޮށްދީފައި ވަނީ އެ މީހުންގެ ޝޯވ "ކީޕިންގ އަޕް ވިތު ދަ ކާޑޭޝިއަންސް"ގެ ޕްރޮޑިއުސަރެއް ކަމަށްވާ ޖެފް ޖެންކިންސް އެވެ.

މިކަމާ ގުޅިގެން ކްލޯއީގެ ދައްތަ ކިމް ކާޑޭޝިއަން، 36، ވަނީ ރަތަށް އަރާފަ އެވެ.

ޓްވިޓަރ މެދުވެރިކޮށް ކިމް ބުނީ، "އަހަރަމެންނާ އެކު މަސައްކަތް ކުރާ ބައެކޭ ކިޔާފައި އަހަރަމެންނޭ ކިޔައިގެން ނޭނގޭ ވާހަކަ ކަށަވަރު ކުރަނީ" ކަމަށާއި، އެ ފަރާތަކާ އާއިލާގެ މީހެއް ވާހަކަ ނުދައްކާތާ އެތަކެއް ދުވަހެއް ވެއްޖެ ކަމަށެވެ.

ކިމްއާއި ކްލޯއީގެ 20 އަހަރުގެ ކޮއްކޮ، ކައިލީ ޖެނަރ ބަލިވެއިން ވާހަކައަކީ ވެސް މުނިފޫހި ފިލުވުމުގެ ދުނިޔޭގައި ހޫނު ވެގެން އުޅޭ ވާހަކަ އެކެވެ. ނަމަވެސް މި ކަން ވެސް ކަށަވަރު ކޮށްފައެއް ނުވެއެވެ.

މި ކަމާ ގުޅިގެން "ކީޕިންގ އަޕް ވިތު ދަ ކާޑޭޝިއަންސް"ގެ އެގްޒެކެޓިވް ޕްރޮޑިއުސަރެއްގެ ރޯލް ކުޅޭ ރަޔަން ސީކްރެސްޓް ކިމް އާއި ކައިލީގެ މަންމަ، ކްރިސް ޖެނަރއާ ސުވާލު ކުރުމުން ކްރިސް ބުނީ، ކައިލީ މިވަގުތު އެއްވެސް އެއްޗެއް ކަށަވަރެއް ނުކުރާނެ،" ކަމަށެވެ.

މީގެ އިތުރުން، އަންނަ އަހަރުގެ ޖެނުއަރީގައި ކިމް އާއި ފިރިމީހާ ކާންޔޭއަށް ވެސް ކުއްޖެއް ލިބޭނެ ކަމަށް ރިޕޯޓް ކޮށްފައި ވެއެވެ. ދެ ކުދިންގެ މަންމަ، ކިމްއަށް އިތުރު ކުއްޖެއް ހޯދުން ވެގެން ވާނީ ރިސްކެއް ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ. އެހެންކަމުން ސަރޮގެޓްއެއް މެދުވެރިކޮށް ކިމް ކުއްޖެއް ހޯދަ އުޅޭ ވާހަކަ ފެތުރުނީ އަހަރުގެ ކުރީ ކޮޅުގަ އެވެ.

"ކީޕިންގ އަޕް ވިތު ދަ ކާޑޭޝިއަންސް"އިން ދައްކާ ގޮތުގައި ކިމް ވަނީ އޭނާގެ ސަރޮގެޓްއަށް ވުމަށް ކްލޯއީ ކައިރި "ސަމާސަ މަޒާޖަކަށް" އެދިފަ އެވެ. ނަމަވެސް، ބައެއް މީޑިއާ ތަކުން ރިޕޯޓް ކުރާ ގޮތުގައި ކައިލީއަކީ ކިމްގެ ސަރޮގެޓްއެވެ.

މިކަމާ ގުޅޭ ގޮތުން ވެސް އެ އާއިލާއިން ބަހެއް ބުނެފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް