ކ. މާލެ
|
20 ސެޕްޓެންބަރ 2017 | ބުދަ 04:42
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
ގޫގުލް
ޓްރަމްޕްގެ ޔޫއެން ސްޕީޗް
ޓްރަމްޕްގެ ޔޫއެން ސްޕީޗާ މެދު ބައެއް ޑިޕްލޮމެޓުން ހިތްހަމަނުޖެހިއްޖެ
 
ނޯތް ކޮރެއާގެ ލީޑަރަކީ "ރޮކެޓް މޭން" އެއްކަމަށް ޓްރަމްޕް ވިދާޅުވި
 
ޓްރަމްޕް ވަނީ އިރާނުގައި އޮންނަނީ ޑިކްޓޭޓާޝިޕެއްކަމަށް ވިދާޅުވެފައި

ޔޫއެން ޖެނެރަލް އެސްމްބްލީގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި ސްޕީޗާމެދު ބައެއް ޑިޕްލޮމެޓުން ހިތްހަމަނުޖެހިއްޖެ އެވެ.

ޓްރަމްޕްގެ ސްޕީޗުގައި ނޯތް ކޮރެއާ، އިރާން އަދި ވެނެޒުއޭލާ އަށް އަމާޒުކުރައްވާ ވާހަކަފުޅުދައްކަވާފައިވާއިރު، އެ ގައުމުތަކުގެ ޑެލިގޭޓުން ޓްރަމްޕްގެ ސްޕީޗަށް ސަމާލުކަން ނުދެއްވައެވެ.

އެގޮތުން ޓްރަމްޕް ސްޕީޗް ދެއްވުމުގެ ކުރިން ނޯތް ކޮރެއާގެ ޔޫއެން އެމްބެސެޑާ ވަނީ އެސެމްބްލީ ދޫކޮށް ވަޑައިގެންފައެވެ. އެގޮތުން ޓްރަމްޕް ސްޕީޗް ދެއްވިއިރު އެސެމްބްލީގައި ނޯތް ކޮރެއާގެ ފަރާތުން މަޑުކުރެއްވީ ޖޫނިއާ ޑިޕްލޮމެޓް އެކެވެ.

ނޯތް ކޮރެއާގެ ޖޫނިއާ ޑެލިގޭޓެއް

ނޯތް ކޮރެއާ ބެހޭގޮތުން ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ހަމައެކަނި އެހެން ގައުމުތަކަށް އިހުތިރާމްނުކުރާ ގައުމަކީ ނޯތް ކޮރެއާ ކަމަށާއި، އެގައުމުގައި ބަނޑުހައި ހޫނުކަމުގައި މަރުވާ މީހުން އަދި ޓޯޗާކޮށްގެން އަދި އެނޫންގޮތްގޮތަށްވެސް އަނިޔާވެރިކަމުގައި މަރުވާ މީހުންގެ ޒިންމާވެސް ނަގަންޖެހޭ ކަމަށެވެ.

މީގެއިތުރުން ޓްރަމްޕް ވަނީ ނޯތް ކޮރެއާގެ ލީޑަރު ކިމް ޖޮންގްއުން އަކީ "ރޮކެޓް މޭން" އެއް ކަމަށްވެސް ވިދާޅުވެފައެވެ. ޓްރަމްޕް ސްޕީޗް ދެއްވިއިރު ނޯތް ކޮރެއާގެ ޖޫނިއާ ޑިޕްލޮމެޓް އެ މަނިކުފާނަށް ނުވެސް ބަލާ ހުރީ އަތުގައި އޮތް ނޯޓް ޕެޑަށް ބަލައިގެންނެވެ.

އިރާންއާ ބެހޭގޮތުން ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ އެ ގައުމަކީ ޑިކްޓޭޓާ ޝިޕެއް އޮތް ތަނެއް ކަމަށާއި، އެ ތަނުގައި ޑިމޮކްރަސީއެއް ނެތް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އިރާނަކީ ވަރަށް މުއްސަނދި ގައުމެއް ކަމަށާއި، އެ ގައުމުގެ ވަރަށް އަގުބޮޑު ތާރީހެއް އޮންނަ ކަމަށެވެ.

އިރާންގެ ޔޫއެން އެމްބަސެޑާ

އެހެންނަމަވެސް ޓްރަމްޕް ވިދާޅުވީ، އެ ގައުމުން ބޭރުކޮށް ސަޕްލައިކުރަނީ ވަރަށް ނުރައްކާތެރި އެއްޗެހި ކަމަށާއި، މިވަގުތުވެސް މުޅި ދުނިޔެ އެމެރިކާއާ ގުޅިގެން އިރާނުން ހިންގާ ޖަރީމާތައް ހުއްޓާލުމަށް މަސައްކަތްކުރަން ޖެހޭ ކަމަށެވެ.

ޓްރަމްޕް ސްޕީޗް ދެއްވިއިރު، އިރާންގެ ޔޫއެން އެމްބަސެޑާ ބުމަ އަރުވާ ރުޅި މޫނެއް ހަދައިގެން ހުރި އެވެ.

ވެނެޒުއޭލާގެ ޔޫއެން އެމްބަސެޑާ

ވެނެޒުއޭލާގައި ހިނގާ ގަތުލްއާމަށް އިޝާރާތްކުރައްވާ ޓްރަމްޕް ވިދާޅުވީ، އެ ގައުމުގައި ހިނގާ ކަންކަމުގެ ސަބަބުން މުޅި ގައުމު ހަލާކުވެގެންދާ ކަމަށެވެ. ޓްރަމްޕް ވަނީ ވެނެޒުއޭލާ ރައީސް މުޑޯރޯއަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ވެނެޒުއޭލާގެ ޔޫއެން އެމްބަސެޑާ ވަނީ ޓްރަމްޕްގެ ވާހަކައަށް ސަމާލުކަން ނުދީފައެވެ.

ޓްރަމްޕް ވަނީ އިޒްރާއިލްގެ ރަނގަޅު ވާހަކަ ދައްކަވާ އެގައުމަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ، އިޒްރާއީލުން ސުލްހައަށް ކުރައްވާ މަސައްކަތަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
100%
0%
0%
ކޮމެންޓް