ކ. މާލެ
|
18 ސެޕްޓެންބަރ 2017 | ހޯމަ 23:31
ރޮހިންޖާ މުސްލިމުން ތަކެއް: އިންޑިޔާއިން ޖާގައެއް ނެތް
ރޮހިންޖާ މުސްލިމުން ތަކެއް: އިންޑިޔާއިން ޖާގައެއް ނެތް
އަލްޖަޒީރާ
ރޮހިންޖާ މުސްލިމުން
ރޮހިންޖާ ރެފިއުޖީންނަކީ ޤައުމީ ސަލާމަތައް ހުރި ނުރައްކަލެއްކަމަށް ބުނެ އިންޑިއާގެ ސުޕްރީމް ކޯޓަށް ހުށަހަޅައިފި
 
ދަ ޔޫނިއަން ގަވަރމެންޓުން ބުނީ ރޮހިންޖާ މުސްލިމް ރެފިއުޖީން އެޤައުމުން ފޮނުވާލަން ޖެހޭނެ ކަމަށް

ޤަވާއިދާ ޚިލާފަށް އިންޑިޔާއަށް ހިޖުރަ ކުރަމުންދާ ރޮހިންޖާ މުސްލިމުންގެ ސަބަބުން ޤައުމީ ސަލާމަތައް ނުރައްކާވާނެ ކަމަށް ބުނެ އިންޑިއާގެ ދަ ޔޫނިއަން ގަވަރމެންޓުން އެޤައުމުގެ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

 

އެ ހުށަހެޅުމުގައި ބުނެފައިވަނީ ރޮހިންޖާ މުސްލިމުންގެ ތެރެއިން ހިޖުރަ ކުރާ ފަރާތްތަކުގެ ތެރޭގައި ޕާކިސްތާނާއި އައިސިސްއާއި ގުޅުންހުރި ލީޑަރުން ހިމެނޭ ކަމަށާއި އެކަމަކީ އިންޑިޔާގެ ސަލާމަތައް ހުރި ބޮޑު ނުރައްކަލެއް ކަމަށެވެ.

 

އެހުށަހެޅުމުގައި ވަރަށް ސާފުކޮށް ބުނެފައިވަނީ ޤަވާއިދާ ޚިލާފަށް އެޤައުމަށް ހިޖުރަކުރާ ރޮހިންޖާ މުސްލިމުންނަށް އެޤައުމުގައި ތިބެވިގެން ނުވާނެ ކަމަށެވެ. އަދި އެމީހުން އެޤައުމުން ފޮނުވާލުމަކީ ސަރުކާރުގެ ޕޮލިސީގެ ދަށުން ނިންމާ ނިންމުމެއް ކަމުގައި ސުޕްރީމް ކޯޓުން ކަނޑައަޅައިދިނުމަށް ވަނީ ގޮވާލާފައެވެ.

 

އިންޑިއާއިން ލަފާ ކުރާ ގޮތުގައި މިހާރުވެސް އެކިގޮތްގޮތުނ ގާތްގަނޑަކަށް 40000 އެއްހާ ރޮހިންޖާ މުސްލިމުން އިންޑިއާއަށް ވަނީ އެތެރެވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް