ކ. މާލެ
|
14 ސެޕްޓެންބަރ 2017 | ބުރާސްފަތި 15:39
އުތުުރު ކޮރެއާ އިން ދަނީ އަސްކަރީ ބާރު ދައްކާލުމުގެ ގިނަ ހަރަކާތްތަކެއް ބާއްވަމުން
އުތުުރު ކޮރެއާ އިން ދަނީ އަސްކަރީ ބާރު ދައްކާލުމުގެ ގިނަ ހަރަކާތްތަކެއް ބާއްވަމުން
ރޮއިޓަރސް
އުތުރު ކޮރެއާ
ޖަޕާނު ކަނޑު ފައްތާލުމަށްޓަކައި ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނަން: އުތުުރު ކޮރެއާ
 
އުތުުރު ކޮރެއާ އިން ދާދިފަހުން ވަނީ އެމެރިކާގެ ސަރަހައްދެއް ކަމަށްވާ ގުއާމް އަށް ހަމަލާދޭނެ ކަމަށްވެސް އިންޒާރުކޮށްފައި

ޖަޕާނު "ކަނޑު ފައްތާލުމަށްޓަކައި" ނިއުކްލިއާ ހަތިޔާރު ބޭނުން ކޮށްފާނެ ކަމުގެ އިންޒާރު އުތުރު ކޮރެއާ އިން ދީފިއެވެ.

އުތުރު ކޮރެއާގެ ދައުލަތުން ހިންގާ ކޮރެއަން ނިއުސް އެޖެންސީން ބުރާސްފަތި ދުވަހު ބުނީ "އުތުރު ކޮރެއާގެ ގާތުގައި ޖަޕާނު ދެން އޮންނަން ނުޖެހޭ ކަަމަށާއި"  ނިއުކްލިއާ ބޮމެއް ބޭނުން ކޮށްގެން ޖަޕާނު ފައްތާލަން ޖެހޭނެ ކަމަށެވެ. 

އުތުރު ކޮރެއާގެ ބަސްމަގު ހުރި ގޮތާބެހޭގޮތުން ޖަޕާނުން ބުނީ  އުުތުރު ކޮރެއާގެ ބަސްމަގު ހުރީ ކަނޑައެޅިގެން ހަމަނުޖެހުމަށް ހިތްވަރު ލިބޭގޮތަށް ކަމަށެވެ. ޖަޕާނުގެ ވެރިރަށް ޓޯކިއޯގައި ވާހަކަފުޅު ދައްކަވަމުން އެގައުމުގެ ޗީފް ކެބިނެޓް ސެކްރެޓަރީ ޔޮޝިހިޑޭ ސަގާ ވިދާޅުވީ އުތުރު ކޮރެއާ މިހާރު "ހިނގާ މަގުން ހިނގާ ކަމަށްވާނަމަ އެގައުމު ބައިނަލްއަގްވާމީ ދުނިޔޭގައި" އެކަނިވެރި ވެގެންދާނެ ކަމަށެވެ. ޔޮޝިހިޑޭ ސަގާ އިތުރަށް ވިދާޅުވީ  އދގެ ސެކިޔުރިޓީ ކައުންސިލުން އުތުރު ކޮރެއާ އާ ދެކޮޅަށް ފާސްކޮށްފައިވާ ގަރާރުތައް ބައިނަލްއަގްވާމީ ދުނިޔެއިން ފުރިހަމައަށް ތަންފީޒު ކުރަން ޖެހޭ ކަމަށާއި އެކަން އެގޮޮތަށް ކުުރުމުން އުތުުރު ކޮރެއާ އަށް ޕްރެޝަރު އައިސް އެގައުމުގެ އުސޫލު ބަދަލު ކުރާނެ ކަމަށެވެ.

އެމެރިކާ އާއި ދެކުނު ކޮރެއާ އިން އަހަރަކު އެއްފަހަރު ބާއްވާ އަސްކަރީ ޑްރިލްތަކާ ގުޅިގެން ދާދިފަހުން އުުުތުރު ކޮރެއާ އިން ހިތްހަމަނުޖެހުމުގެ ސަބަބުން ވަނީ ޖަޕާނުގެ އުތުރުން ބެލިސްޓިކް މިސައިލެއް ވެސް ފޮނުވާލާފައެވެ. 

އުތުރު ކޮރެއާ އިން ކުރަމުންދާ މިސައިލް ޓެސްޓްތަކާއި އަދި ނިއުކްލިއާ ޕްރޮގްރާމާއި ގުޅިގެން ބައިނަލްއަގްވާމީ މުޖުތަމައުގެ ފާޑުކިޔުމާއި ނަފްރަތު އެގައުމަށް ވަނީ އަމާޒުވެފައެވެ. އަދި ބައިނަލްއަގްވާމީ މުޖުތަމައު އިން ވަނީ އެގައުމަށް ފިޔަވަޅު ވެސް އަޅާފައެވެ. އެހެން ނަމަވެސް އުތުރު ކޮރެއާގެ އަމަލުތަކެއް އިސްލާހެއް ނުވެއެވެ. 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
100%
0%
0%
0%
0%
ކޮމެންޓް