ކ. މާލެ
|
12 ސެޕްޓެންބަރ 2017 | އަންގާރަ 14:12
"ނޯޓީ 40" ގެ ޕޯސްޓަރެއް
"ނޯޓީ 40" ގެ ޕޯސްޓަރެއް
ފޭސްބުކް
"ނޯޓީ 40"
"ނޯޓީ 40" ގެ ވަދާއީ 3 ޝޯ އޮލިމްޕަހުގައި
 
ފިލްމުގެ ވަދާއީ ޝޯތައް ދައްކާނީ މިމަހުގެ 23 އިން 26 އަށް

"ނޯޓީ 40" ގެ ކާމިޔާބު ޝޯތައް ދެއްކުމަށްފަހު އެ ފިލްމުގެ ވަދާއީ 3 ޝޯ ދެއްކުމަށް ހަމަޖެހިއްޖެއެވެ.

"ނޯޓީ 40" ގެ ޕްރޮޑިއުސަރ ޝަފީގު ބުނީ މާލޭގައި ދެއްކުމަށް ހަމަޖެހިފައިވާ އެ ފިލްމުގެ ވަދާއީ ޝޯތައް އޮންނާނީ މިމަހުގެ 23 އިން 26 އަށް ކަމަށެވެ.

ރަށްރަށުގައިވެސް މި ފިލްމު މިހާރުވެސް އަޅުވަމުންދާކަމަށް ޝަފީގު ބުންޏެވެ. އޭގެތެރޭގައި ރ، ބ، ނ އަތޮޅުގެ އިތުރުން ފުވައްމުލަކުގައި އަޅުވަމުންދާކަމަށް ޝަފީގު ބުންޏެވެ.

އޮގަސްޓް 2 ގައި ސިނަމާތަކަށް އައި "ނޯޓީ40" ގައި ހަރަކާތްތެރިވާ ތަރިންގެ ތެރޭގައި ޔޫއްޕެ، ނިއުމާ، ސީޒަން، އަހުމަދު ސައީދު އަދި މުހައްމަދު މަނިކު ގެ އެކްޓިންގ ފެނިގެން ދާނެއެވެ. މުހައްމަދު މަނިކަކީ "ނޯޓީ 40" ގެ އެސިސްޓެންޓް ޑައިރެކްޓަރެވެ.

މީގެ އިތުރުން މަރިޔަމް އައްޒަ، ފާތިމަތު އާޒިފާ (އަޒޫ) އިބްރާހިމް ޖިހާދު (ޖިމީ) އަލީ އާޒިމް (ދޮން އައްޔަ) ހިމެނެއެވެ. އަދި މީގެ އިތުރުން ނުޒުހަތު ޝުއައިބް، ސޯޝަލްމީޑިއާގައި މަޝްހޫރުކަން ހޯދަމުން އަންނަ ލިއާމް ޖޯން ހިމެނެއެވެ. އަދި މީގެ އިތުރުން ސަން މީޑިއާގައި މަސައްކަތް ކުރާ އަހުމަދު ޝަރީފް އަދި ގުލިސްތާނު ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
100%
0%
0%
ކޮމެންޓް