ކ. މާލެ
|
5 ސެޕްޓެންބަރ 2017 | އަންގާރަ 15:36
ކެމްސޮކާގެ މައްަޗަށް ތުހުމަތު ކޮށްފައިވަނީ އެމެރިކާއާ ގުޅިގެން ވެރިކަން ބަދަލުކުރަން އުޅުން
ކެމްސޮކާގެ މައްަޗަށް ތުހުމަތު ކޮށްފައިވަނީ އެމެރިކާއާ ގުޅިގެން ވެރިކަން ބަދަލުކުރަން އުޅުން
އަބުދުﷲ މުހައްމަދު
ކެމް ސޯކަ ހައްޔަރުކުރުން
ގައުމަށް ޣައްދާރުވިކަމުގެ ތުހުމަތުކޮށް ކެމްބޯޑިއާގެ އިދިކޮޅު ލީޑަރު ހައްޔަރުކޮށްފި
 
ކެމްސޮކާގެ މައްަޗަށް ތުހުމަތުކޮށްފައިވަނީ އެމެރިކާއާ ގުޅިގެން ވެރިކަން ބަދަލުކުރަން އުޅުން
 
ކެމް ސޯކާ ހައްޔަރުކޮށްފައިވަނީ އާދީއްތަ ދުވަހުގެ ރޭ ދަންވަރު
 
އޭނާގެެ މައްޗަށް މި ދައުވާ ސާބިތުވެއްޖެ ނަަމަ ގިނަވެގެން 30 އަހަރުގެ ޖަލު ހުކުމެއް އިއްވިދާނެ

ކެމްބޯޑިއާގެ އިދިކޮޅު ލީޑަރުގެ މައްޗަށް ގައުމަށް ޣައްދާރު ވުމުގެ ދައުވާ އުފުލައިފި ކަމަށް ޕްނޯމް ޕެންގެ މުނިސިޕަލް ކޯޓުން ނެރުނު ބަޔާނެއްގައި ބުނެފިއެވެ.

ކެމް ސޯކާގެ މައްޗަށް ދައުވާ ކޮށްފައި ވަނީ" ބޭރުގެ ބަޔަކާ ގުޅިފައިވާ"ކަމަށް ބުނެ ކެމްބޯޑިއާގެ ގާނޫނުލް އުގޫބާތުގެ 443 ވަނަ މާއްދާގެ ދަށުން ކަމަށް އަންގާރަ ދުވަހު ކޯޓުން ބުނެފައިވެއެެވެ.

އޭނާގެެ މައްޗަށް މި ދައުވާ ސާބިތުވެއްޖެ ނަަމަ ގިނަވެގެން 30 އަހަރުގެ ޖަލު ހުކުމެއް އިއްވިދާނެއެވެ.

ކެމްބޯޑިއާގެ ނޭޝަނަލް ރެސްކިއު ޕާޓީގެ ވެރިޔާ ކެމް ސޯކާ ފުލުހުން ހައްޔަރުކޮށްފައި ވަނީ ބޭރުގެ ބަޔަކާ ގުޅިގެން ހަމަނުޖެހުން ތަކެއް އުފައްދައި އެ ގައުމުގެ ރަސްކަމަށް ލޮޅުން އަރާފަދަ މަސައްކަތްތަކެއް ކުރަނިކޮށް ރެޑް ހޭންޑްކޮށް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

"ސިއްރު ޕްލޭން އޮތީ 1993ން ފެށިގެން 2013 އަށް ތަންފީޒުކޮށްފައި" ކޯޓުގެ ބަޔާނުގައި ބުނެފައިވެއެވެ.

ކެމް ސޯކާ ހައްޔަރު ކޮށްފައިވަނީ އާދީއްތަ ދުވަހުގެ ރޭ ދަންވަރުއެވެ.

އޮބްޒާވަރުން ބުނާގޮތުގައި ކެމް ސޯކާ ހައްޔަރު ކޮށްފައި މިވަނީ ސަރަހައްދުގެ އެންމެ ދުވަސްވީ ލީޑަރުގެ ގޮތުގައި ހުންނެވި އެ ގައުމުގެ ލީޑަރު ހަން ސެން އަންނަ އަހަރު ބާއްވާ  ގާނޫނުހަދާ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާއިރު އިތުރަށް ވަރުގަދަ ކުރުމަށެވެ.

ހަންސެންގެ ސަރުކާރުން ކެމްސޮކާގެ މައްަޗަށް ތުހުމަތު ކޮށްފައިވަނީ އެމެރިކާއާ ގުޅިގެން ވެރިކަން ބަދަލުކުރަން އުޅުނު ކަަމަށެވެ.

ސަރުކާރަށް ތާއީދު ކުރާ ވެބްސައިޓެއް ކަމަށްވާ ފްރެޝް ނިއުސްގައި ކުރިން ބުނެފައި ވަނީ އެމެރިކާގެ އެހީތެރިކަމާއެކު ހަން ސެންގެ ސަރުކާރު ވައްޓާލަން ކެމް ސޯކާ މަޝްވަރާކުރާ ވީޑިއޯ އެއް އެ ނޫހަށް ލިބިފައިވާކަމަށެވެ.

ޔޫރަޕިއަން ޔޫނިއަންއިން ވަނީ ކެމް ސޯކާ އަކީ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ކަމަށްވާއިރު އޭނާ ވަގުތުން ދޫކޮށްލުމަށް ގޮވާލާފައެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުުން ވަނީ އޭނާގެ ބަންދަކީ ސިޔާސީ ބަންދެއް ކަމަށްބުނެ " އިންތިހާއަށް ކަންބޮޑުވުން" ފާޅުކޮށްފައެވެ.

އދ ގެ ހިއުމަން ރައިޓްސް ކޮމިޝަނަރ ޕްރިންސް ޒައިދް ރާދް އަލް ހުސެއިން ހޯމަދުވަހު ވަނީ ކެމް ސޯކާ ހައްޔަރު ކުރުމާ އޭނާާއާ ދެކޮޅަށް ބޭނުންކުރާ ހެކީގެ ސަބަބުން ކަންބޮޑުވާ ކަން ހާމަ ކުރައްވައިފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް