ކ. މާލެ
|
5 ސެޕްޓެންބަރ 2017 | އަންގާރަ 04:51
މިޔަންމާގެ ރަކައިން ސްޓޭޓުގައި ހާލުގައިޖެހިފައިވާ ރޮހިންޔާ ދަރިކޮޅުގެ ބައެއް
މިޔަންމާގެ ރަކައިން ސްޓޭޓުގައި ހާލުގައިޖެހިފައިވާ ރޮހިންޔާ ދަރިކޮޅުގެ ބައެއް
ގޫގުލް
ރޮހިންޖާ މުސްލިމުން
މިޔަންމާ ސަރުކާރުން އދ ގެ އިންސާނީ އެހީއަށް ހުރަސްއަޅައިފި!
 
މިޔަންމާ ސިފައިން ދަނީ ރޮހިންޔާ ދަރިކޮޅަށް ނިސްބަތްވާ އަންހެނުން ރޭޕްކޮށް، އެ ދަރިކޮޅުގެ އެކި އުމުރުގެ އަންހެނުންނާއި ފިރިހެނުން މަރަމުން
 
އެފަރާތްތަކުން ދިޔައީ ރޮހިންޔާ މުސްލިމުންނަށް ކާބޯތަކެއްޗާއި، ފެނާއި، ބޭސް ފޯރުކޮށްދެމުން
 
ރަކައިން ސްޓޭޓްގައި ހަރަކާތްތެރިވަނީ އދގެ ރެފިއުޖީ އޭޖެންސީ އާއި، ޔޫއެންއެފްޕީއޭގެ އިތުރުން ޔުނިސެފް

މިޔަންމާގެ ސިފައިން ޤަތުލުއާންމެއް ހިންގަމުންދާ ރަކައިން ސްޓޭޓްގައި ތިބި ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް އިންސާނީ އެހީ ފޯރުކޮށްދޭ އދ ގެ ހުރިހާ ޖަމާޢަތްތަކަށް މިޔަންމާގެ ސަރުކާރުން ހުރަސްއަޅައިފިއެވެ.

އދ އިން ހާމަކޮށްފައިވާ ގޮތުގައި ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް އެ ޖަމުޢިއްޔާގެ އެކިއެކި ޖަމާޢަތްތަކުން ފޯރުކޮށްދެމުންދިޔަ ކާބޯތަކެއްޗާއި، ފެނާއި، ބޭސް ފޯރުކޮށްދިނުން މިޔަންމަ ސަރުކާރުން ވަނީ ހުއްޓުވާފައެވެ.

އދ އިން ބުނީ ރޮހިންޖާ ދަރިކޮޅުގެ މީހުންނަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ވީހާވެސް އަވަހަށް އަލުން ފެށޭތޯ މިޔަންމާގެ ސަރުކާރާއި މަޝްވަރާ ކުރަމުންދާ ކަމަށެވެ. ރޮހިންޔާ ދަރިކޮޅުގެ މީހުންނަށް އެހީ ފޯރުކޮށްދިނުމަށް މިޔަންމާ ސަރުކާރުން ހުރަސްއެޅި ނަމަވެސް، ރަކައިން ސްޓޭޓްގެ އެހެން ހިސާބުތަކަށް އެހީފޯރުކޮށްދިނުމަށް ސަރުކާރުން ހުރަސް ނާޅާތީ އެ ސަރަޙައްދުތަކަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށް އދ އިން ބުނެއެވެ.

އދ އިން އިތުރަށް ބުނެފައިވަނީ، މިޔަންމާގައި މިވަގުތު ހަރަކާތްތެރިވަމުންދަނީ، އދގެ ރެފިއުޖީ އޭޖެންސީ އާއި، ޔޫއެންއެފްޕީއޭގެ އިތުރުން ޔުނިސެފް ކަމަށާ، އެފަރާތްތަކަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތެއް ނުކުރެވި ތިބޭތާ ހަފްތާއަކަށްވުރެ ގިނަދުވަސް ވެފައިވާ ކަމަށެވެ.

މިޔަންމާ ސަރުކާރުން، ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް އެހީ ލިބުމަށް ހުރަސް އަޅާފައިވާއިރު، މިޔަންމާގެ ސިފައިން ދަނީ ރޮހިންޔާ ދަރިކޮޅުގެ މީހުންނާއި ދެކޮޅަށް ލާއިންސާނީ އެތައް ހަމަލާއެއް ދެމުންނެވެ. އެގޮތުން ރޮހިންޖާ ދަރިކޮޅަށް ނިސްބަތްވާ އަންހެނުން ރޭޕްކޮށް، އެ ދަރިކޮޅުގެ އެކި އުމުރުގެ އަންހެނުންނާއި ފިރިހެނުން މަރައި، އެމީހުން ދިރިއުޅޭ ގެތަކުގައި މިޔަންމާ ސިފައިން ދަނީ ހުޅުޖަހަމުންނެވެ.

މި ޖަރީމާތަކަށް ފިލުމަށް މަސައްކަތްކުރާ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުން، ފިލައިގެން މިޔަންމާއަށް ދިއުން ހުއްޓުވުމަށް މިޔަންމާ-ބަންގްލަދޭޝް ބޯޑަރު ކައިރީގައިވެސް މިޔަންމާ ސިފައިން ހަރަކާތްތެރިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް