ކ. މާލެ
|
25 އޯގަސްޓް 2017 | ހުކުރު 23:57
ގެފުޅުގެ އައު އުރަކޮޅު މައްކާގެ އަމީރު ގެފުޅު ބެލެހެއްޓުމުގެ ކަންތަކާ ހަވާލުވެ ހުންނަ އިސް ފަރާތާ ހަވާލު ކުރެއްވި ރަސްމިއްޔާރުގެ ތެރެއިން
ގެފުޅުގެ އައު އުރަކޮޅު މައްކާގެ އަމީރު ގެފުޅު ބެލެހެއްޓުމުގެ ކަންތަކާ ހަވާލުވެ ހުންނަ އިސް ފަރާތާ ހަވާލު ކުރެއްވި ރަސްމިއްޔާރުގެ ތެރެއިން
އެސްޕީއޭ
ހައްޖު 1438
ގެފުޅުގެ އައު އުރަކޮޅު ގެފުޅު ބަލަހައްޓާ އިސްފަރާތްތަކާ ހަވާލު ކޮށްފި
 
އުރަކޮޅު ތައްޔާރު ކުރުމަށް 650 ކިލޯ ގްރާމްގެ ގުދުރަތީ ފަށުވި ބޭނުން ކުރޭ

ގެފުޅުގެ އައު އުރަކޮޅު ކައުބާ ބަލަހައްޓާ އިސް އޮފިޝަލުންނާ ހަވާލު ކޮށްފިއެވެ. ކިސްވާގެ ނަމުން ނަން ދެވިފައިވާ ގެފުޅުގެ އުރަކޮޅު ހަވާލު ކޮށްދެއްވީ މައްކާގެ އަމީރެވެ.

މި ރަސްމިއްޔާތު އޮތީ މިދިޔަ ބުދަ ދުވަހުއެވެ.

އައު އުރަކޮޅު ގެފުޅުގައި އަޅުވާނީ އަރަފާތު ދުވަހުއެވެ.

ގެފުޅުގެ އުރަކޮޅަކީ އެކަމަށް ޚާއްސަ ފެކްޓަރީ އެއްގައި ތައްޔާރު ކުރެވޭ ވަރަށް ބޮޑަށް ޒީނަތްތެރިކޮށް ރީތި ލިޔުންތައް ހިމެނޭ އަދި އިސްލާމީ ފަންނުވެރިކަން ވަރަށް ފުރިހަމަ އަށް ދައްކުވައިދޭ ގޮތައް ތައްޔާރު ކުރެވިފައި އޮންނަ އުރަކޮޅެކެވެ.

އުރަކޮޅުގެ ދިގު މިނުގައި ހުންނަނީ 14 މީޓަރެވެ. އެއީ ކައުބާގެ އުސްމިނަށް ފެތޭ ގޮތައް ހުންނަ މިނެވެ. އުރަކޮޅުގެ ފުޅާ މިނުގައި ހުންނަނީ 47 މީޓަރެވެ. 47 މީޓަރުގެ ފުޅާ މިނަކީ ކައުބާގެ ހަތަރު ފަރާތް ވަށާ ޖެހޭ ފުޅާ މިނެވެ.

އުރަކޮޅުގެ މަތީބައިގައި ރަނުން ގިރިޓީ ކޮށްފައިވާ ރިހި ރޮދިން ލިޔެ ފަވާފައި އިންނަ ލިޔުމެއް އިނދެއެވެ. އެއީ 95 ސެންޓިމީޓަރު ފުޅާ ބައެކެވެ. މި ލޔުން ކޮޅުގައިވަނީ ކީރިތި ގުރުއާންގެ ބައެއް އާޔަތް ތަކެވެ. މި ލިތުންކޮޅު ހުންނަ ބައިގެ ބަރުދަނުގައި 120 ކިލޯ ހުރެއެވެ. ގެފުޅުގެ އުރަކޮޅު ތައްޔާރު ކުރުމަށް 650 ކިލޯ ގްރާމްގެ ގުދުރަތީ ފަށުވި ބޭނުން ކުރެއެވެ. އުރަކޮޅު ތައްޔާރު ކުރަނީ 5 ގަނޑު ފޮއްޗަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
0%
100%
0%
0%
0%
0%
ކޮމެންޓް