ކ. މާލެ
|
21 އޯގަސްޓް 2017 | ހޯމަ 10:47
ބާއިޤް މާރިއާ އަކީ މި އަހަރު ހައްޖަށް ދިޔަ އެންމެ ދޮށީ މީހާ - އިންޑޮނީޝިއާ އިން ހައްޖަށް ދިއުމަށް އެތައް އަހަރަކު ކިޔޫގައި ތިބެން ޖެހޭ
ބާއިޤް މާރިއާ އަކީ މި އަހަރު ހައްޖަށް ދިޔަ އެންމެ ދޮށީ މީހާ - އިންޑޮނީޝިއާ އިން ހައްޖަށް ދިއުމަށް އެތައް އަހަރަކު ކިޔޫގައި ތިބެން ޖެހޭ
ހުސެން ފިޔާޒް
ހައްޖު 1438
މި ފަހަރުގެ ހައްޖުގެ އަޅުކަން އަދާކުރާ އެންމެ ދުވަސްވީ މީހާގެ އުމުރަކީ 104 އަހަރު!
 
އިންޑޮނީޝިއާގެ 20 ހައްޖުވެރިޔަކު ވަނީ ނިޔާވެފައި

މިއަހަރު ހައްޖުގެ އަޅުކަން އަދާކުރާ އެންމެ އުމުރުން ދުވަސްވީ މީހާ މައްކާއަށް ހިނގެއްޖެ އެވެ.

އުމުރުން 104 އަހަރުގެ އިންޑޮނީޝިއާގެ ރައްޔިތެއްކަމުގައިވާ ބާއިޤް މާރިއާގެ ސިއްހަތު ރަނގަޅުކަމަށާއި ހައްޖުގެ އަޅުކަން އޭނާއަށް ފުރިހަމަ އަށް އަދާކުރެވޭނެ ކަމަށް ޖިއްދާގައި ހުންނަވާ އިންޑޮނީޝިއާގެ ކޮންސަލް ޖެނެރަލް މުހައްމަދު ހެރީ ވިދާޅުވި އެވެ.

ދުނިޔޭގައި މުސްލިމުންގެ އާބާދީ އެންމެ ބޮޑު އިންޑޮނީޝިއާއިން ކޮންމެ އަހަރަކު ވެސް ހައްޖަށްދާ މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންގެ އަދަދު ގިނަ އެވެ.

މި އަހަރު މިހާތަނަށް އިންޑޮނީޝިއާގެ 20 ހައްޖުވެރިޔަކު ވަނީ ނިޔާވެފަ އެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަމަށް އިންޑޮނީޝިއާއިން 221،000 މީހުން އަށް ދާއިރު، އެ ގައުމުން ހައްޖަށް ދިއުމަށްޓަކައި ގިނަ އަހަރުތަކެއް ވަންދެން ކިޔޫގައި ހޭދަ ކުރަންޖެހެ އެވެ.

ދުއިސްތަ މިލިއަނަށް ވުރެ ގިނައިން މުސްލިމުން ދިރިއުޅޭ އިންޑޮނީޝިއާގައި ހައްޖަށް ދިއުމަށް މިހާރު ވެސް އެއް މިލިއަން މީހުން ރަޖިސްޓްރީ ކޮށްފައިވެ އެވެ. އާންމުކޮށް ހައެއްކަ އަހަރު ވެއިޓް ލިސްޓްކޮށްގެން މަޑުކުރަންޖެހެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
0%
0%
0%
0%
0%
0%
ކޮމެންޓް