ކ. މާލެ
|
15 އޯގަސްޓް 2017 | އަންގާރަ 13:52
"ޓިއުބްލައިޓް" ގެ ޕޯސްޓަރެއް
"ޓިއުބްލައިޓް" ގެ ޕޯސްޓަރެއް
އިންޑިއަން އެކްސްޕްރެސް
"ޓިއުބްލައިޓްް"
"ޓިއުބްލައިޓް" ގެ ޑިސްޓްރިބިއުޓަރުންނަށް ސަލްމާން އެންމެ ފަހުން ފައިސާ ދީފި
 
ޑިސްޓްރިބިއުޓަރުންނަށް ދީފައި ވަނީ 35 ކުރޯޑް ރުޕީސް
 
ފެއިލިއާއެއްކަމަށް ގަބޫލު ކުރިކަމުގައި ވިއަސް ސަލްމާންގެ އެކްޓިން ކަމުދޭ

 

ޖޫން މަހުގެ 23 ވަނަ ދުވަހު ސިނަމާތަކަށް އައިސްފައިވާ "ޓިއުބްލައިޓް" ނާކާމިޔާބުވުމުން  ޑިސްޓްރިބިއުޓަރުންނަށް ސަލްމާން ޚާން ފައިސާ ދީފިއެވެ.

އިންޑިއާގެ ނޫސްތަކުގައި ކުރިން ބުނެފައިވަނީ ސަލްމާން ޑިސްޓްރިބިއުޓަރުންނަށް ދޭން ނިންމާފައިވަނީ 5.5 ބިލިއަން ރުޕީސް ކަމަށެވެ. އެހެން ނަމަވެސް ސަލްމާން ދީފައިވަނީ 35 ކުރޯޑް ރުޕީސްއެވެ. ސަލްމާން އެގޮތަށް ނިންމާފައިވަނީ "ޓިއުބްލައިޓް" އަށް މާބޮޑު ތާއީދެއް ނެތި އެފިލްމުގެ އާމްދަނީ ދުވަހަކަށްވުރެ ދުވަހެއް ދަށަށް ދާތީ ޑިސްޓްރިބިއުޓަރުން އެ ފައިސާ އަނބުރާ ދޭން ގޮވާލައި ސަލްމާންވެސް އެއަށް އެއްބަސްވުމަށް ގަހުގައެވެ.

 "ޓިއުބްލައިޓް" ގެ އެންމެ ބޮޑު ނާކާމިޔާބީއަކީ އެހާ ރަނގަޅު ޓްރެއިލާއެއް ނުނެރެވުންކަމަށް އެނަލިސްޓުން ވަނީ ބުނެފައެވެ. މީގެ އިތުރުން ފިލްމުން އާންމުންނަށް ދޭން ބޭނުންވި މެސެޖް ނުދެވުނުކަމަށްވެސް ބުނެފައިވެއެވެ.

"ޓިއުބްލައިޓް" އެޅުވުމުގެ ކުރިން ސަލްމާން ޚާން ބުނެފައިވަނީ ފިލްމުން ވަރަށް ރަނގަޅު މެސެޖެއް އާންމުންނަށް ލިބޭނެކަމަށެވެ. އެހެން ނަމަވެސް އެ މެސެޖެއް ނުލިބޭކަމަށް އެނަލިސްޓުން ވަނީ ބުނެފައެވެ."ޓިއުބްލައިޓް" އަކީ ފެއިލިއާއެއް ކަމަށް އެ ފިލްމުގެ ޑައިރެކްޓަރ ކަބީރު ޚާން ވެސް ވަނީ ގަބޫލުކޮށްފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް