ކ. މާލެ
|
1 އޭޕްރިލް 2024 | ހޯމަ 20:53
ކުރީގެ ރައީސް އަބްދުﷲ ޔާމީނު
ކުރީގެ ރައީސް އަބްދުﷲ ޔާމީނު
ޕީޕީއެމް
ޔާމީންގެ ފާޑުވިދާޅުވުން ސަރުކާރަށް
ޔާމީން ވިދާޅުވަނީ ޑޮލަރުގެ އަގު ދަށްވީ މިސަރުކާރުން މަޝްރޫޢުތައް ހުއްޓާލުމުންކަމަށް
 
މިއީ އޭގެ ޒާތުގައި މިސަރުކާރުން އެޅި ފިޔަވަޅެއްގެ ސަބަބުން ނުވަތަ ރާއްޖެއަށް ޑޮލަރު ވަންނަ މިންވަރު އިތުރުވެގެން ހިނގާ ކަމެއް ނޫންކަމަށް ޔާމީން ވިދާޅުވި
 
ސަރުކާރުގެ ހުރިހާ ބޮޑެތި ކެޕިޓަލް މަޝްރޫޢުތައް މިވަގުތު ހުއްޓާލާފައި އޮތުމުން ޑޮލަރަށް އޮތް ޑިމާންޑް ކުޑަވެ ޑޮލަރު ލިބުން ފަސޭހަވެގެންދިޔައީކަމަށް ޔާމީން ވިދާޅުވި

ދިވެހި ރުފިޔާއާ އަޅާބަލާއިރު ޑޮޮލަރުގެ އަގު ދަށްވެފައި ވަނީ ސަރުކާރުން އެޅި ފިޔަވަޅުތަކެއްގެ ސަބަބުން ނޫން ކަމަށާއި އެކަން އޮގޮތަށްވީ މިސަރުކާރުން މަޝްރޫއުތައް ހުއްޓާލާފައި އޮތުމުން ޑޮލަރަށް އޮތް ޑިމާންޑު ކުޑަވެފައިވުމުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ މިސަރުކާރުން މަޝްރޫޢެއް ފަށައިފިނަމަ އެމަޝްރޫޢެއް ހުއްޓާލާކަމަށެވެ. ސަރުކާރުގެ ހުރިހާ ބޮޑެތި ކެޕިޓަލް މަޝްރޫޢުތައް މިވަގުތު ހުއްޓާލާފައި އޮތުމުން ޑޮލަރަށް އޮތް ޑިމާންޑު ކުޑަވެ ޑޮލަރު ލިބުން ފަސޭހަވެގެންދިޔައީކަމަށް ޔާމީން ވިދާޅުވިއެވެ.

އެއީ އޭގެ ޒާތުގައި މިސަރުކާރުން އެޅި ފިޔަވަޅެއްގެ ސަބަބުން ނުވަތަ ރާއްޖެއަށް ޑޮލަރު ވަންނަ މިންވަރު އިތުރުވެގެން ހިނގާ ކަމެއް ނޫންކަމަށް ޔާމީން ވިދާޅުވިއެވެ.

އެއީ އެމްއެމްއޭއަކަށް އެހެން ޕްރެޝަރެއް ނާދޭ. އެހެން ބޭންކުތަކަށް ކޮމާޝަލް ބޭންކުތަކަށް ޕްރެޝަރެއް ނާދޭ ސަރުކާރުގެ ބޮޑެތި މަޝްރޫޢުތައް ހިންގާކަށް މީހުންނެއް ފައިސާ ހޯދާކަށް ނާދޭ. އެހެންވީމަ އެ ޑޮލަރު އަޅުގަނޑުމެންނަށް ލިބޭތީ ތަކެތީގެ އަގުތައް މާބޮޑަށް ނުއުފުލި ރަމަޟާން މަހު މިހިފެހެއްޓެނީ. އެއީ އެހެން ހުރިހާ މަޝްރޫޢުތައް ހިފަހައްޓާފައި އޮތީމަ. އެއީ އޭގެ ޒާތުގައި އިގްތިޞާދީ ގޮތުން ޑޮލަރު ރާއްޖެއަށް ވަންނަވަރު ގިނަވެގެން ރަނގަޅުވެގެން ދިޔައީކީ ނޫން. މިއީ ވަގުތީ ގޮތުން އަރޓިފިޝަލީ ކްރިއޭޓެޑް ކަމެއް ވެގެން މިއުޅެނީ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ޔާމީން މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވާއިރު ކަޅު ބާޒާރުގައި ޑޮލަރުގެ ރޭޓް 18 ރުފިޔާއަށް ވުރެ މައްޗަށް ދިއުމަށް ފަހު، ޑޮލަރުގެ ރޭޓް ތިރިވުމުން ސަރުކާރުގެ ބައެއް ވެރިން ވަނީ އެކަން އެހެންވީ ސަރުކާރުން އެޅި ހަރުދަނާ އިގްތިސާދީީ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ވިދާޅުވެފައެވެ.

އެގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ސަރުކާރުން މިދިޔަ ނޮވެމްބަރު މަހު ވެރިކަމާ ހަވާލުވި އިރު ގައުމު އޮތް އިގްތިސާދީ އުދަނގޫ ހާލަތުން އަރަގަނެވި، ޑޮލަރު މިހާރު ހިފެހެއްޓިފައިވާ ކަމަށެވެ. އަދި އެކަން އެހެންވީ ރައީސް މުއިއްޒުގެ އިރުޝާދުގެ ދަށުން އެޅި ހަރުދަނާ ފިޔަވަޅުތަކާއި ކުރެވުނު ބުރަ މަސައްކަތުންކަމަށް ޕޯސްޓްގައި މިނިސްޓަރު ސައީދު ވިދާޅުވެފައިވެއެވެ.

ކޮމެންޓް