ކ. މާލެ
|
1 މާރޗް 2024 | ހުކުރު 07:47
ތުރުކީގެ ޚާރިޖީ ވުޒާރާ
ތުރުކީގެ ޚާރިޖީ ވުޒާރާ
އަނަދޮލޫ
ތުރުކީގެ ފާޑުކިޔުން އިސްރާއީލަށް
އިންސާނީ އެހީގެ އިންތިޒާރުގައި ތިބި އާންމުންނަށް ދިން ހަމަލާތަކުން ދޭހަވަނީ ޣައްޒާގެ މުޅި އާބާދީ ދޮވެލުމުގެ ވިސްނުން ގެންގުޅޭކަން: ތުރުކީ
 
ރިޕޯޓްތައް ބުނާގޮތުގައި ބުރާސްފަތި ދުވަހު އިސްރާއީލު ސިފައިން ދިން ހަމަލާގައި ޣައްޒާގެ 112 މީހުން ވަނީ ޝަހީދުވެފައި

އިސްރާއީލުން ޣައްޒާގައި އިންސާނީ އެހީގެ އިންތިޒާރުގައި ތިބި އާންމުންނަށް އަމާޒުކޮށް ދިން ހަމަލާތަކުން ދޭހަވަނީ ފަލަސްތީނުގެ މުޅި އާބާދީ ދޮވެލުމުގެ ވިސްނުން އިސްރާއީލުން ގެންގުޅޭކަން ކަމަށް ތުރުކީން ބުނެފިއެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުގައި ބުރާސްފަތި ދުވަހު އިސްރާއީލު ސިފައިން ދިން ހަމަލާގައި ޣައްޒާގެ 112 މީހުން ވަނީ ޝަހީދުވެފައެވެ.

އެ ނުރައްކާތެރި ހަމަލާއާ ގުޅިގެން ތުރުކީގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޣައްޒާގައި ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ބަނޑުހައިހޫނުކަން ބޭނުންކުރަމުން އަންނަ އިސްރާއީލުން މިހާރު ފުރާނަ ސަލާމަތްކުރުމުގެ އެހީއަށް އެދޭ ކުށެއް ނެތް އާންމުންނަށް ހަމަލާތައް އަމާޒުކުރަމުންދާކަމީ މުޅި ފަލަސްތީނުގެ އާބާދީ ދޮވެލުމަށް އިސްރާއީލުން ވިސްނަމުންދާކަމުގެ ހެތްކެއް ކަމަށެވެ.

ޣައްޒާ ސިޓީގެ ދެކުނުގައި އޮންނަ އަލްނަބުލްސީ ރައުންޑްއަބައުޓް ސަރަހައްދުގައި ދިން މި ހަމަލާގައި ފަލަސްތީނު 100 އަށްވުރެ ގިނަމީހުން ޝަހީދުކޮށްލުމާ އެކު އިސްރާއީލުންވަނީ އިންސާނިއްޔަތާ ހިލާފު އިތުރު ޖަރީމާތަކެއް ހިންގާފައިވާ ކަމަށް ތުރިކީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމުން ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުވުމަށް، އިސްރާއީލު ސަރުކާރަށް ނުފޫޒު ފޯރުވާ ހުރިހާ ފަރާތްތަކަށް ގޮވާލާކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.

އިސްރާއީލުން ޣައްޒާގައި ހިންގާ އަސްކަރީ އޮޕަރޭޝަން މިހާރުން މިހާރަށް ހުއްޓާލަން ޖެހޭ، އެކަމަކު އިޒްރޭލުގެ ސަރުކާރަށް މިނިންމުން ނިންމުމުގެ އާންމު ވިސްނުމެއް ނެތް
ތުރުކީގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާން

ޣައްޒާ ސިޓީގެ ދެކުނުން "އަލް ނަބުލްސީ ރައުންޑްއަބައުޓް" ސަރަހައްދުގައި އިންސާނީ އެހީގެ އިންތިޒާރުގައި ތިބި ފަލަސްތީނުގެ ޢާއްމުންތަކަކަށް ބުރާސްފަތި ދުވަހުގެ ފަތިހު އިސްރާއީލު ސިފައިން ބަޑިޖަހައި 112 މީހުން ޝަހީދުކޮށްލައި 760 މީހުން ޒަޚަމްކޮށްލައިފައިވާ ކަމަށް ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ވެސް ވަނީ ބުނެފައެވެ.

އ އޮކްޓޯބަރު 7، 2023 ގައި ހަމާސް ޖަމާއަތުން ދިން ހަމަލާގައި ގާތްގަނޑަކަށް 1،200 އެއްހާ މީހުން މަރުވި ކަމަށް ތެލް އަވީވް އިން ބުނި ފަހުން އިސްރާއީލުން ވަނީ ޣައްޒާއަށް ނުރައްކާތެރި އަސްކަރީ ހަމަލާތަކެއް ދޭން ފަށައިފައެވެ.

އިސްރާއީލްގެ ހަމަލާތަކުގައި މިހާތަނަށް ފަލަސްޠީނުގެ 30،035 މީހުން ޝަހީދުވެ، 70،457 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

އިސްރާއީލުން ވަނީ ޣައްޒާގެ އާބާދީ، ހާއްސަކޮށް ޣައްޒާގެ އުތުރުގެ ރައްޔިތުން ބަނޑަށް ޖައްސައި، ޣައްޒާއަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިކޮށްފައެވެ.

އިސްރާއީލު ހަނގުރާމައިގެ ސަބަބުން ޣައްޒާގެ އާބާދީގެ 85 އިންސައްތަ މީހުން ކާބޯތަކެއްޗާއި ސާފު ފެނާއި ބޭހުގެ ދަތިކަން ބޮޑުވެ ގެދޮރު ދޫކޮށް ގޮސްފައިވާއިރު، އެންކްލޭވްގެ އުމްރާނީ ވަސީލަތްތަކުގެ 60 އިންސައްތަ ވަނީ ހަލާކުވެ ނުވަތަ ބޭނުން ނުކުރެވޭވަރުވެފައި ކަމަށް އދ.އިން ބުނެއެވެ.

ބައިނަލްއަގްވާމީ ކޯޓް އޮފް ޖަސްޓިސްގައި އިސްރާއީލުގެ މައްޗަށް ވަނީ ޖަރީމާހިންގުމުގެ ތުހުމަތުކޮށްފައެވެ. މިދިޔަ ޖެނުއަރީ މަހު އެކޯޓުން ނެރުނު ވަގުތީ ހުކުމެއްގައި ވަނީ ޣައްޒާގައި ދިރިއުޅޭ އާންމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޖިނާއީ އަމަލުތައް ހުއްޓާލައި ފިޔަވަޅުތައް އެޅުމަށް ތެލްއަވީވްއަށް އަންގާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް