ކ. މާލެ
|
19 ޑިސެންބަރ 2023 | އަންގާރަ 16:18
ދިވެހިރާއްޖެ ފަލަސްތީނާއެކު
ދިވެހިރާއްޖެ ފަލަސްތީނާއެކު
ރާއްޖެއެމްވީ
އިސްރާއީލުގެ ފަތުރުވެރިން ރާއްޖެއަށް އައުން
ނިރުބަވެރި އިސްރާއީލުގެ ފަތުރުވެރިން ރާއްޖެއަށް ދަތުރު ނުކުރުމަށް އެ ދައުލަތުން އަންގައިފި
 
ޔަހޫދީ ދައުލަތުން މި އިންޒާރު ދިނުމުގެ ސަބަބަކީ، ރާއްޖޭގެ އޮފިޝަލުން އާންމުކޮށް އިސްރާއީލާ ދެކޮޅަށް ދައްކާ ވާހަކަތަކުގެ ސަބަބުން

ނިރުބަވެރި ޔަހޫދީ އިސްރާއީލުގެ ފަތުރުވެރިން ރާއްޖެއަށް ދަތުރުނުކުރުމަށާއި، ރާއްޖޭގައި ތިބި އެ ޔަހޫދީ ދައުލަތުގެ ފަތުރުވެރިން ރާއްޖެ ދޫކޮށްދިޔުމަށް، އެ ދައުލަތުގެ ދާޚިލީ ވުޒާރާއިން އަންގައިފިއެވެ.

ރާއްޖެއަށް ދަތުރުނުކުރުމަށް އަންގައި އެ ދައުލަތުގެ ދާޚިލީ ވުޒާރާއިން ނެރުނު ޓްރެވަލް އެޑްވައިޒަރީއަކާ ހަވާލާދީ "ދަ ޓައިމްސް އޮފް އިސްރާއީލް"އިން ބުނީ، އެ ނިރުބަވެރި ދައުލަތުން ޣައްޒާގެ ކުށެއް ނެތް ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ނަސްލު ނައްލާތުލުމުގެ ގަތުލުއާންމުގެ ސަބަބުން، އެ ދައުލަތާ ދެކޮޅު ފިކުރު ރާއްޖޭގައި އިތުރުވެފައި ވާކަމަށެވެ.

އެގޮތުން މި އިންޒާރު އެ ދައުލަތުން ދީފައިވާ އެންމެ މައިގަނޑު ސަބަބަކީ، އެ ދައުލަތާ ދެކޮޅަށް ރާއްޖޭގެ އޮފިޝަލުން އާންމުކޮށް ދައްކާ ވާހަކަތަކުގެ ސަބަބުން ކަމަށް ވާއިރު، މިހާރު ރާއްޖޭގައި ތިބި އެ ގައުމުގެ ރައްޔިތުން ރާއްޖެ ދޫކޮށް ދިޔުމަށްވެސް އެ ބަޔާނުގައި އެ ދައުލަތުން ލަފާދީފައިވެއެވެ.

މީގެ އިތުރުން، ރާއްޖޭގައި ތިބި އެގައުމުގެ ރައްޔިތުންނަށް ރާއްޖޭގެ ދާޚިލީ ވުޒާރާގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމުގައި ވެސް ދަތިތަކާ ކުރިމަތިވާނެކަމަށް އެ ބަޔާނުގައިވެއެވެ.

ނިރުބަވެރި ޔަހޫދީ ދައުލަތުން މި އިންޒާރު ދިނުމުގެ ސަބަބަކީ، ރާއްޖޭގެ އޮފިޝަލުން އާންމުކޮށް ދައްކާ ވާހަކަތަކުގެ ސަބަބުން ކަމަށް ބުނިނަމަވެސް، އެއީ ވަކި ކޮން ބައެއްގެ ވާހަކައެއް ކަމެއް ނުބުނެއެވެ. އެހެން ނަމަވެސް ރާއްޖޭގެ މަތީ ފަޑީގެ ބޭފުޅުންނާއި ސަރުކާރުގެ އިސް ފަރާތްތަކުން، އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް ވާހަކަދައްކާފައި ވެއެވެ.

މީގެ އިތުރުން، އެ މައްސަލަތަކާއެކު، ރާއްޖެއިން އިސްރާއީލުގެ ޕާސްޕޯޓު މަނާ ނުކުރުމުގެ އިތުރުުން، އިސްރާއީލުގެ ރައްޔިތުންގެ ރާއްޖެއަށް ވަނުން މަނާކުރުން ލަސްކުރަމުންދާތީ އެކަމުގެ ފާޑުކިޔުންވެސް ވަނީ ސަރުކާރަށް އަމާޒުވެފައެވެ.

އޮކްޓޯބަރު 7 ވަނަ ދުވަހު އިސްރާއީލުން ޣައްޒާގެ ކުށެއް ނެތް ރައްޔިތުންގެ މައްޗަށް ފެށި ލާއިންސާނީ ގަތުލުއާންމުގެ ކުރިންވެސް، އަބަދުވެސް ދިވެހީން ތިބެނީ ފަލަސްތީނުގެ ރައްޔިތުންނާ އެކުގައެވެ. އެހެންކަމުން އިސްރާއީލުގެ ނިރުބަވެރިން ރާއްޖެއަށް ދަތުރު ނުކުރުމަށް ދިވެހިން އެދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް