ކ. މާލެ
|
25 ނޮވެންބަރ 2023 | ހޮނިހިރު 11:34
ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު
ރައީސް އޮފީސް
މުއިއްޒުގެ ސައޫދީ ދަތުރުފުޅު
ރައީސް މުއިއްޒުގެ ސައޫދީ ދަތުރުފުޅާ ގުޅުވައިގެން ދައްކަނީ ހަގީގަތާ ޚިލާފު، ދޮގު ވާހަކަތަކެއް: ސަރުކާރު
 
އެއީ ބަޔަކު އުފައްދައިގެން ފަތުރަމުންދާ ހަގީގަތާ ޚިލާފު، ދޮގު ވާހަކަތަކެއްކަމަށް ޚަލީލް ވިދާޅުވި
 
ރާއްޖެއަކީ އަބަދުވެސް ފުރިހަމައަށް މެހެމާންދާރީ އަދާކުރުމަށް މަސައްކަތްކުރާ ގައުމެއްކަމަށް ވިދާޅުވި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސައޫދީ އަރަބިއްޔާއަށް ކުރައްވާ ދަތުރުފުޅަކާ ގުޅުވައިގެން ފަތުރަމުންދަނީ ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކެއްކަމަށް ސަރުކާރުން ބުނެފިއެވެ.

ރައީސް ޑރ. މުއިއްޒު ސައޫދީއަށް ވަޑައިގަންނަވަން ނިންމަވާފައިވާ ކަމަށާއި، އެ ދަތުރުފުޅު ފަސްކުރެއްވީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ސައޫދީން ވަޑައިގެންނެވި ވަފްދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަށް ސަމާލުކަން ނުދެއްވުމުގެ ސަބަބުން، ސައޫދީން ބޭނުންވެގެންކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އެހެންނަމަވެސް އެކަން ސަރުކާރުން ވަނީ ދޮގުކޮށްފައެވެ. އެގޮތުން މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓް އޮފީސް ފޮރ ސްޓްރެޓީޖިކް ކޮމިޔުނިކޭޝަން، އިބްރާހީމް ޚަލީލް ރާއްޖެއެމްވީއާ ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، ސައޫދީއަށް ރައީސް ދަތުރުފުޅެއް ކުރައްވަން އުޅުއްވާ ވާހަކައަކީ ރައީސް އޮފީހުން ނުވަތަ ސަރުކާރުންވެސް ދައްކާފައިވާ ވާހަކައެއް ނޫންކަމަށެވެ.

އަދި ސައޫދީގެ ވަފްދާ ގުޅުވައި ދައްކަމުންދާ ވާހަކަތަކަކީ ބަޔަކު އުފައްދައިގެން ފަތުރަމުންދާ ހަގީގަތާ ޚިލާފު، ދޮގު ވާހަކަތަކެއްކަމަށް އޭނާ ވިދާޅުވިއެވެ. ރާއްޖެއަކީ އަބަދުވެސް ބޭރުން ވަޑައިގަންނަވާ މެހެމާނުންނަށް ފުރިހަމައަށް މެހެމާންދާރީ އަދާކުރުމަށް މަސައްކަތްކުރާ ގައުމެއްކަން ޚަލީލް ފާހަގަކުރެއްވިއެވެ.

އޭގެއިތުރުން، އެފަދަ ކަމެއް ހިނގާފައިވާނަމަ ރާއްޖެއާއެކު ކުރިއަށް އޮތް ތަނުގައި ކުރުމަށް ނިންމާފައިވާ މުއާމަލާތްތަކުގެ ވާހަކަ އެ ގައުމުންވެސް ނުދައްކާނެކަމަށް ޚަލީލް ވިދާޅުވިއެވެ. ސަބަބަކީ އެ ވާހަކަތައް ސައޫދީން ރިޕޯޓުކޮށްފައި ވަނީވެސް ދާދިފަހުން ކަމަށްވާތީއެވެ. އެ ކަންކަމުންވެސް ދައްކުވައިދެނީ ސައޫދީން ރާއްޖެއާމެދު ހިތްހަމަނުޖެހުމެއް ނެތްކަން ކަމުގައި ޚަލީލް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
100%
0%
0%
0%
ކޮމެންޓް
ގުޅުންހުރި