ކ. މާލެ
|
4 މެއި 2024 | ހޮނިހިރު 18:47
ރައީސް މުޢިއްޒު އަދި ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު ޚަލީލް
ރައީސް މުޢިއްޒު އަދި ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު ޚަލީލް
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޢިއްޒު
ރަނޑު ނުވެ ސަރުކާރުން މީޑިއާތަކާ ކުރިމަތިލާންވީ ނޫންތޯ؟
 
ރަނޑު ވެގެން މި އުޅެނީ މީޑިއާތަކުންތޯ ނުވަތަ ސަރުކާރުންތޯ ވެސް ސާފުވާނެ

މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބްރާހީމް ޚަލީލް، ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން ވިދާޅުވެފައި ވަނީ، މީޑިއާތަކުން ސަރުކާރާއި ރައީސަށް ފާޑުކިޔާނަމަ، "ރަނޑު ނުވެ" އެކަން ކުރުމަށެވެ. މިހާރު މީޑިއާގެ ބްލެކް ލިސްޓެއް ނޯންނާނެ ކަމަށާއި، އަމިއްލަ އަށް ބްލެކް ލިސްޓު ކަމަށް "ދެއްކެން" ވެސް ބައެއް މީޑިއާތަކުން މަސައްކަތް ކުރާ ކަމަށް ވެސް ޚަލީލް ވިދާޅުވި އެވެ.

ޚަލީލްގެ މި ވާހަކަތަކާމެދު އަޅުގަނޑު ވިސްނާލިއިރު، ފާހަގަވި ކަންކަން ބުނެލާނަމެވެ. ރަނޑު ވެގެން މި އުޅެނީ މީޑިއާތަކުންތޯ ނުވަތަ ސަރުކާރުންތޯ ވެސް ސާފުވާނެ އެވެ.

ސަރުކާރާއި ރައީސަށް ފާޑު ކިޔާނަމަ، ކެރިގެން އެކަން ކުރުމަށް ޚަލީލް ވިދާޅުވެއްޖެ އެވެ. އަދި ސަރުކާރުގެ ސިޔާސަތަކީ އެއްވެސް ކަމެއް ސިއްރުނުކޮށް ހާމަކުރުން ކަމަށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވެއެވެ. މައުލޫމާތުތައް ހާމަނުކޮށް، ހިފަހަައްޓައިގެން ތިބުމުގެ ބަދަލުގައި، ރަނޑު ނުވެ އެ މައުލޫމާތުތައް ހާމަކުރެއްވުން ކިހިނެއްތޯ އެވެ؟

ސަރުކާރުން މައުލޫމާތު ހޯދުމަށް ނޫސްވެރިން އާރުޓީއައި ހުށަހެޅުމުން، ރަނޑު ނުވެ އެއަށް ޖަވާބުދިނުން ކިހިނެއްތޯ އެވެ؟ މައުލޫމާތު ހޯދުމަށް އެދުމުން، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި ބާއްވާ އަޑުއެހުންތަކަށް ރަނޑު ނުވެ، ރައީސް އޮފީހުން ޙާޟިރުވުން ކިހިނެއްތޯ އެވެ؟ އެ މައްސަލަތަކުގެ އަޑުއެހުންތަކަށް ރައީސް އޮފީހުން ޙާޟިރު ނުވާތީ، ޣައިރު ޙާޟިރުގައި ކުރާ ޙުކުމްތަކަށް، ރަނޑު ނުވެ ތަބާވުން ކިހިނެއްތޯ އެވެ؟

ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި އޮންނަ ކޮންމެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށް ފަހު، ބާއްވާނެ ކަމަށް ބުނި ނޫސްވެރިންގެ ބައްދަލުވުން ވެސް، ރަނޑު ނުވެ ބޭއްވުން ކިހިނެއްތޯ އެވެ؟ ރައީސް އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ނޫސްވެރިން ކުރާ ސުވާލުތަކަށް، ރަނޑު ނުވެ ސާފު ސީދާ ޖަވާބު ދިނުން ވެސް ކިހިނެއްތޯ އެވެ؟

އަދި ވެސް ބުނަންވީތޯ އެވެ؟ ސަރުކާރާއި ރައީސުޖުލްޖުމްހޫރިއްޔާ ވެސް ރަނޑު ނުވެ ނޫސްވެރިންނާ ކުރިމަތިލައްވަންވީ ނޫންތޯ އެވެ؟ މީޑިއާތަކުގެ ކުރިމަތީގައި މުޅި ސަރުކާރު ރަނޑު ނުވެ، ގަޓުގައި ކުރިމަތިލާންވީ ނޫންތޯ އެވެ؟ ރަނޑު ނުވެ، ސަރުކާރުގެ މީޑިއާ ގުރޫޕްތައް ރަނގަޅަށް ހިންގަންވީ ނޫންތޯ އެވެ؟ އެ ގުރޫޕުތަކުގައި ނޫސްވެރިންނަށް ސުވާލުކޮށް، ވާހަކަ ދެއްކުމުގެ ފުރުސަތު، ރަނޑު ނުވެ ދޭންވީ ނޫންތޯ އެވެ؟

އެންމެ ފަހުން ޗައިނާ އަށް ކުރެއްވި ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރެއްވި ފަހުން، ރައީސް ވެސް އުޅުއްވަނީ ވަރަށް ރަނޑުކޮށް ނޫންތޯ އެވެ؟ ނިކަން ގަޓުގައި ނޫސްވެރިންނާ ކުރިމަތިލައްވައި، ސުވާލުތަކަށް ޖަވާބު ދެއްވުން ކިހިނެއްތޯ އެވެ؟ ރައީސާ މަގެއްގެ މަތިން ބައްދަލުވެ، ނޫސްވެރިޔަކު ސުވާލު ކުރުމުން، ރަނޑު ނުވެ ޖަވާބު ދެއްވުން ކިހިނެއްތޯ އެވެ؟

މީޑިއާތަކަށް ނިސްބަތަކޮށް، މިފަދައިން ޚަލީލް ވާހަކަ ދައްކަވާފައިވާއިރު، ރަނޑު ވެގެން އުޅޭ ބަޔަކު ސާފުކޮށް ފެނެ އެވެ. ސަރުކާރުން މާބޮޑަށް ވެސް ރަނޑީ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
33%
0%
11%
0%
56%
ކޮމެންޓް