ކ. މާލެ
|
17 ނޮވެންބަރ 2023 | ހުކުރު 13:27
ރައީސް ޞާލިޙު އަދި ޑރ. މުހައްމަދު މުއިއްޒު
ރައީސް ޞާލިޙު އަދި ޑރ. މުހައްމަދު މުއިއްޒު
ރައީސް އޮފީސް
ޑރ. މުއިއްޒު ހުވާކުރައްވާ ޖަލްސާ
ޑރ. މުއިއްޒު ހުވާކުރައްވާ ޖަލްސާއަށް ރައީސް ޞާލިޙު ވަޑައިގަންނަވާނެ
 
މި ޖަލްސާގައި 46 ޤައުމެއްގެ 120 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެވަޑައިގަންނަވާ
 
މި ޖަލްސާ އޮތީ މިއަދު ހަވީރު 4:45 ގައި ޖުމްހޫރީ މައިދާނުގައި
 
ރައީސް ޞާލިހު މި ޖަލްސާގެ ދައުވަތު ޤަބޫލުކުރެއްވި ނަމަވެސް، ކުރީގެ ރައީސް ޔާމީން މި ޖަލްސާގައި ބައިވެރިވެވަޑައިނުގަންނަވާ

ހުކުރު ދުވަހުގެ ހަވީރު ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރައްވާ ޖަލްސާއަށް، ރައީސް އިބްރާޙީމް މުހައްމަދު ޞާލިޙު ވަޑައިގަންނަވާނެކަމުގެ މައުލޫމާތު ލިބިއްޖެ އެވެ.

"ރާއްޖެ އެމްވީ" އަށް އެނގިފައިވާގޮތުން، ރާއްޖޭގެ އަށްވަނަ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ޑރ. މުހައްމަދު މުއިއްޒު ހުވާކުރައްވާ ޖަލްސާގެ ދައުވަތު، ރައީސް ޞާލިޙު ވަނީ ގަބޫލުފުޅު ކުރައްވާފަ އެވެ. އެކަން ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު ވެސް ވަނީ ރާއްޖެއެމްވީއަށް ކަށަވަރުކޮށްދެއްވާފަ އެވެ.

ރައީސް ޞާލިހު މި ޖަލްސާގެ ދައުވަތު ޤަބޫލުކުރެއްވި ނަމަވެސް، އިންތިޚާބީ ރައީސްގެ ކެމްޕޭނުގެ ޕޯސްޓަރުތަކުގައި އެންމެ ގިނައިން ފޮޓޯ ހުންނެވި ކުރީގެ ރައީސް ޔާމީން މި ޖަލްސާގައި ބައިވެރިވެވަޑައިނުގަންނަވަ އެވެ.

ޑރ. މުއިއްޒާއި އިންތިޚާބީ ނާއިބުރައީސް ޙުސައިން މުޙައްމަދު ލަޠީފް މަޤާމުގެ ޤާނޫނީ ހުވައި ކުރައްވާނީ މިކަމަށްޓަކައި މިއަދު ހަވީރު 4:45 ގައި ޖުމްހޫރީ މައިދާނުގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާއެއްގަ އެވެ. މި ޖަލްސާގައި 46 ޤައުމެއްގެ 120 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެވަޑައިގަންނަވަ އެވެ.

ކޮމެންޓް
ގުޅުންހުރި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
ރާއްޖޭގެ ކުރިމަގަށް ކުރީގެ ރައީސް ސާލިހާއި ކުރީގެ ރައީސް ނަޝީދު އެކުގައި މަސައްކަތް ކުރައްވަންޖެހޭ: މެންބަރު އާޒިމް
ހުރިހާ ރައްޔިތުން ވެސް ނުކުމެ އަވަހަށް ވޯޓުލުމަށް ރައީސް އިލްތިމާސްކުރައްވައިފި
ރައީސް މުއިއްޒު ގެންދަވަނީ އަވަހާރަފުޅު ނުލައްޕަވާ ހުންނަވައިގެން ވެސް ރައްޔިތުންނަށް އިތުރުފުޅު ހައްދަވަމުން - ރައީސް ޞާލިޙު
ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި
ކުދިއާބާދީ ރަށްތަކުގައި ޚިދުމަތްތައް ފުޅާކޮށް، ތަރައްގީ ކުރުމުގެ ވިސްނުމެއް މިސަރުކާރުގެ ނެތް: ރައީސް ސާލިހު
އިންތިޚާބާ ގުޅިގެން ވަޒީފާތައް އިންތިހާއަށް ދޭނެ، އެއީ ދާއިމީ ވަޒީފާއަކަށް ނުވާނެ: ރައީސް ސާލިހު
މި ސަރުކާރުގެ ސިޔާސަތަކީ ގަދަބާރުން، ބިރުދައްކައިގެން ވޯޓު ހޯދުން - ރައީސް ސާލިހު