ކ. މާލެ
|
16 ނޮވެންބަރ 2023 | ބުރާސްފަތި 12:59
އަރިއަތޮޅު އުތުރުބުރި، ފެރިދޫ، ހާލި، ޢަލީ ނަޝާތު
އަރިއަތޮޅު އުތުރުބުރި، ފެރިދޫ، ހާލި، ޢަލީ ނަޝާތު
ރައީސް އޮފީސް
އީސީގެ މެންބަރުކަން
ރައީސުލްޖުމްހޫރިއްޔާ، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ނަޝާތު ޢައްޔަންކުރައްވައިފި
 
މެންބަރުކަމަށް ޢައްޔަން ކުރެއްވިކަމުގެ ލިޔުން، ޢަލީ ނަޝާޠުއާއި ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރެއްވި
 
ހުވާ ލައިދެއްވާފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޑޮކްޓަރ އަޒްމިރަލްދާ ޒާހިރު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް އަރިއަތޮޅު އުތުރުބުރި، ފެރިދޫ، ހާލި، ޢަލީ ނަޝާތު ޢައްޔަން ކުރައްވައިފިއެވެ.

ޤާނޫނުއަސާސީގެ 167 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން އުފައްދަވާފައިވާ އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް، ޤާނޫނު އަސާސީގެ 168 ވަނަ މާއްދާގެ (ށ) އާއި، ޤާނޫނު ނަންބަރު 2008/8 (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން، ޢަލީ ނަޝާޠު، ޢައްޔަން ކުރެއްވީ ބުރާސްފަތި ދުވަހުއެވެ.

މެންބަރުކަމަށް ޢައްޔަން ކުރެއްވިކަމުގެ ލިޔުން، ޢަލީ ނަޝާޠުއާއި ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ލިޔުން ޙަވާލު ކުރެއްވުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވައި، ޢަލީ ނަޝާޠު، ކުރެއްވިއެވެ.

ޢަލީ ނަޝާޠުއަށް ހުވާ ލައިދެއްވާފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑޮކްޓަރ އަޒްމިރަލްދާ ޒާހިރުއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ އިތުރު ދައުރެއް ދިނުމަށް އަލީ ނަޝާތަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފައިވަނީ އަލީ ނަޝާތު އެ ކޮމިޝަންގެ މެންބަރުކަމަށް އިތުރު ދައުރަކަށް ޢައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ނަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ދިރާސާކުރުމަށްފަހު މަޖިލީހުގައި ބުދަ ދުވަހު ނެގުނު ވޯޓުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް