ކ. މާލެ
|
15 ނޮވެންބަރ 2023 | ބުދަ 04:14
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ހާރިޖީ ވުޒާރާ
އިސްރާއީލް - ފަލަސްތީން ހަނގުރާމަ
ޣައްޒާ އަލުން އާރާސްތު ކުރުމަށް އެކުލަވާލި ކޮމިޓީގެ މަރުކަޒަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި
 
މިފަދަ ހަމަލާ އަކީ ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުތަކާއި ކަނޑައެޅިގެން ޚިލާފު ހަމަލާތަކެއް

ޣައްޒާ އަލުން އާރާސްތުކުރުމަށް އެކުލަވައިލާފައިވާ ޤަތަރު ކޮމިޓީ ފޮރ ދަ ރިކޮންސްޓްރަކްޝަން އޮފް ޣައްޒާގެ މައި މަރުކަޒަށް އިސްރާއީލުން ދިން ބޮމުގެ ހަމަލާ ދިވެހިރާއްޖެއިން ކުށްވެރިކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ޢުމްރާނީ ވަޞީލަތްތަކަށް އަމާޒުކޮށް ދޭ މިފަދަ ހަމަލާތަކަކީ ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުތަކާއި ކަނޑައެޅިގެން ޚިލާފު ހަމަލާތަކެއް ކަމަށާއި، މިއީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ އަމަލުތަކެއް ނޫން ކަމަށެވެ.

އިސްރާއީލުގެ ޔަހޫދީ ސިފައިން ހިނގަމުންދާ އަސްކަރީ އަނިޔާވެރިކަމާއި ހަނގުރާމައިގެ ޖަރީމާތަކުގެ ސަބަބުން މިހާރުވެސް ކުށެއްނެތް އެތައް އާންމުންގެ ފުރާނަ ގެއްލި، ހޮސްޕިޓަލްތަކާއި، ސްކޫލުތަކާއި އެހީދޭ ތަންތަނާއި މީހުން ދިރިއުޅޭ އިމާރާތްތަކާއި، މިސްކިތްތައް ފަދަ މުހިންމު އިމާރާތްތައް ސުންނާފަތިވެފައިވާ ކަމަށް ބަޔާންގައި ވަނީ ބުނެފައެވެ.

ފަލަސްޠީންގެ ޢައްޒާގެ އާންމުންނާއި ގެތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކަކީ އިންސާނީ ޤާނޫނުތަކާ ޚިލާފު ކަމެއް ކަމަށާއި އެއީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް މި ބަޔާނުގައި ރާއްޖެއިން ވަނީ ތަކުރާރު ކޮށްފައެވެ.

ޣައްޒާއަށް ދޭ ލާއިންސާނީ ހަމަލާތައް ހުއްޓުވަން ބައިނަލްއަޤްވާމީ މުޖުތަމަޢުން ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ދިވެހި ސަރުކާރުން ވަނީ ގޮވާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް