ކ. މާލެ
|
6 ނޮވެންބަރ 2023 | ހޯމަ 12:50
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ހާރިޖީ ވުޒާރާ
ޣައްޒާއަށް ދެމުންދާ ޙަމަލާތައް
ޣައްޒާއަށް ނިއުކްލިއަރ ބޮމެއް އެޅުމަށް ބާރުދީ ޔަހޫދީ ވަޒީރަކު ދެއްކި ވާހަކަ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
 
ބައިނަލްއަޤުވާމީ އިންސާނީ ހައްޤުތަކާއި ބެހޭ ޤާނޫނުތަކާ އިޒްރޭލުން ދަނީ ޚިލާފުވަމުން
 
ޣައްޒާއާ މެދު ދެން އަމަލުކުރަން އެންމެ ރަނގަޅު ގޮތަކީ ނިއުކްލިއާ ބޮމެއް ވައްޓާލުންކަމަށް ވަޒީރު ބުނި

އިންސާނީ ކާރިސާއެއްގައިވާ ޣައްޒާއަށް ނިއުކްލިއަރ ބޮމެއް އެޅުމަށް ބާރުދީ ޔަހޫދީ ވަޒީރަކު ދެއްކި ވާހަކަ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

ނަތަންޔާހޫގެ ސަރުކާރުގެ ހެރިޓޭޖް މިނިސްޓަރުގެ މަގާމު އަދާކުރާ އަމިޗާއީ އެލިޔާހޫ ވަނީ ޣައްޒާއާ މެދު ދެން އަމަލުކުރަން އެންމެ ރަނގަޅު ގޮތަކީ ނިއުކްލިއާ ބޮމެއް ވައްޓާލުންކަމަށް ބުނެފައެވެ.

އެކަން ކުށްވެރިކޮށް ދިވެހި ސަރުކާރުގެ ފަރާތުން ފޮރިން މިިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އިސްރާއީލު ސަރުކާރުގެ ވަޒީރަކު އެބީދައިން ވާހަކަ ދައްކާފައިވާއިރު، އެކަން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

މިއީ ފަލަސްތީނުގެ ކުށެއް ނެތް އާންމު ރައްޔިތުންނާމެދު އިސްރާއީލު އަސްކަރިއްޔާއިން ހަރުކަށި ކަންތައްތަކެއް ހިންގަމުންދާ ދަނޑިވަޅެއްކަން ފާހަގަކޮށް ފޮރިން މިނިސްޓްރީން ބުނީ، ވަޒީރުގެ އެ ވާހަކައާމެދު މިނިސްޓްރީން ނުހަނު ކަންބޮޑުވާކަމަށެވެ.

އޭގެ އިތުރުން، ބައިނަލްއަޤުވާމީ އިންސާނީ ހައްޤުތަކާއި ބެހޭ ޤާނޫނުތަކާ އިސްރާއީލުން ޚިލާފުވަމުންދާއިރު، އިސްރާއީލުގެ ސަރުކާރުން އެކަންކަން ނުބަލާތީ ނުހަނު ކަންބޮޑުވާކަން ފާހަގަކޮށް، ދިވެހި ސަރުކާރުން ވަނީ އެކަންކަން ބެލުމަށް ބައިނަލްއަޤުވާމީ މުޖުތަމައަށް ވެސް ގޮވާލާފައެވެ.

އަދި ވަގުތުން ހަނގުރާމަ ހުއްޓާލައި، ފަލަސްތީނަށް އިންސާނީ އެހީ ފޯރުކޮށްދެވޭނެ ފަހި ގޮތްތަކެއް މަގުފަހި ކޮށްދިނުމަށް ވެސް ދިވެހި ސަރުކާރުން ގޮވާލާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް