ކ. މާލެ
|
1 ނޮވެންބަރ 2023 | ބުދަ 10:55
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ހާރިޖީ ވުޒާރާ
ފަލަސްތީނު-އިސްރާއީލް
ޣައްޒާގެ ޖަބަލިއްޔާ ރެފިއުޖީ ކޭމްޕަށް ހަމަލާދިނުން ރާއްޖެއިން ކުށްވެރިކޮށްފި
 
އެ ޙަމަލާގައި މަދުވެގެން 50 މީހުން ޝަހީދުވި
 
އެ އަދަދު އެއަށް ވުރެ ވެސް އިތުރުވުން އެކަށީގެންވޭ
 
އދ.ގެ އާންމު މަޖިލީހުން މިދިޔަ އޮކްޓޯބަރު މަހުގެ 27 ގައި ފާސްކޮށްފައިވާ ޤަރާރާ އެއްގޮތަށް މަސައްކަތް ކުރުމަށް ސަރުކާރުން ވަނީ ގޮވާލާފައި

ޣައްޒާގެ ގެދޮރު ނެތް، ހާލުގައި ދިރިއުޅެމުން އަންނަ ގިނަ ރައްޔިތުންތަކެއް ދިރިއުޅުމުން އަންނަ ޖަބަލިއްޔާ ރެފިއުޖީ ކޭމްޕަށް ނިރުބަވެރި އިސްރާއީލުން ދިން ނިރުބަވެރި ހަމަލާ ރާއްޖޭގެ ސަރުކާރުން ކުށްވެރިކޮށްފި އެވެ.

އެކަން ކުށްވެރިކޮށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ޖަބަލިއްޔާ ރެފިއުޖީ ކޭމްޕަށް އިސްރާއީލުން ދިން ހަމަލާގެ ސަބަބަން ކުށެއް ނެތް އެތައް އަދަދެއްގެ ފަލަސްތީނުގެ ރައްޔިތުން ޝަހީދުވެ އެތަކެއް ރައްޔިތުންނެއް ވަނީ ޒަޚަމްވެފައިވާ ކަމަށާއި އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަ ކުދިން ވެސް ހިމެނޭ ކަމަށެވެ.

އެހެން ކަމުން އެ ހަމަލާ ހަރުކަށި އިބާރާތުން ސަރުކާރުން ވަނީ ކުށްވެރިކޮށްފަ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނީ އާންމު ރައްޔިތުންނާ ދެކޮޅަށް ނިރުބަވެރި ދައުލަތް، އިސްރާއީލުން ދެމުންދާ ހަމަލާތަކާއި ކުރަމުންދާ ލާއިންސާނީ އަމަލުތަކަކީ ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކުގެ ޤާނޫނުތަކާ ޚިލާފު އަމަލުތަކެއްކަމަށް ދިވެހި ސަރުކާރުން ދެކޭ ކަމަށެވެ.

އަދި ފަލަސްތީނުގެ ކުށެއްނެތް އާންމު ރައްޔިތުންނާ ދެކޮޅަށް ދެމުންދާ ހަމަލާތަށް ހުއްޓުވުމަށާއި އދ.ގެ އާންމު މަޖިލީހުން މިދިޔަ އޮކްޓޯބަރު މަހުގެ 27 ގައި ފާސްކޮށްފައިވާ ޤަރާރާ އެއްގޮތަށް ކުރެވެން ހުރި އެންމެހާ މަސައްކަތެއް ކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމައުއަށް ސަރުކާރުން ވަނީ ގޮވާލާފަ އެވެ.

މީގެ އިތުރުން ފަލަސްޠީނުގެ ރައްޔިތުންނަށް އެއްވެސް ހުރަހެއްނެތި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރުމަށް ވެސް ދިވެހި ސަރުކާރުން ވަނީ ގޮވާލާފަ އެވެ.

އެ ހަމަލާގެ މައުލޫމާތު ދެމުން އަލް-ޖަޒީރާގައި ރިޕޯޓުކޮށްފައިވާ ގޮތުން، މަދުވެގެން 50 މީހުން ވަނީ މި ދުނިޔެ ދޫކޮށް ގޮސްފައި އެވެ. އެކަމަކު އެ އަދަދު އެއަށް ވުރެ ވެސް އިތުރުވުން އެކަށީގެންވާ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް