ކ. މާލެ
|
17 އޮކްޓޯބަރ 2023 | އަންގާރަ 16:46
ރިޔާސީ ކެންޑިޑޭޓް އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި ޕީއެންސީގެ ޗެއަރޕާސަން އަބްދުއްރަހީމް އަދި ކުރީގެ ރައީސް ޔާމީން
ރިޔާސީ ކެންޑިޑޭޓް އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި ޕީއެންސީގެ ޗެއަރޕާސަން އަބްދުއްރަހީމް އަދި ކުރީގެ ރައީސް ޔާމީން
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
ޔާމީނުގެ ބަހެއް ނުވިކެއެވެ. ގަދަ ބަސް ބުނަނީ އަދުރޭއާއި މުއިއްޒެވެ.
 
ހުރިހާ ބާރެއް މުއިއްޒުއަށް ލިބޭގޮތަށް ބުނާ ގޮތް ހަދާ މީހުން މަގާމްތަކަށް
 
ޔާމީން މިނިވަންކުރާނެ ކަމަށް ދައްކަނީ ހުސް ބަހަނާ

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ޕްރައިމަރީގެ ޓިކެޓް ހޯއްދެވި ގޮތުން ވެސް އެއީ އެހެން އަލިގަދަ ތަރިއެއްގެ އަލިކަން ފަނޑުވާން ފަށާނެ ދުވަސްކަމަށް ބަޔަކު ބުނަމުންދިޔައެވެ. ވަކިން ހާއްސަކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއިދުކުރާ އެމަނިކުފާނަށް މަރުދޭ ސަޕޯޓަރުން ބުނަމުންދިޔައީ އެހެންނެވެ. ނަމަވެސް އޮތް ހަމައެކަނި ޗޮއިސްއަކީ އެއީކަމުން އެގޮތަށް ތިބެ މުއިއްޒު ވެރިކަމަށް ގެނެސްފިއެވެ.

ވެރިކަމުގެ ހުވާ ކުރަން ބާކީ އޮތީ ދެން 1 މަސް ދުވަހެވެ. އިންތިހާބު ނިމުމާއެކު ލިބިވަޑައިގެންނެވި މޮޅާއެކު ޔާމީން ވެސް ގެޔަށް ބަދަލުކުރެވިއްޖެއެވެ. ނަމަވެސް މިއީ އަދި މުއިއްޒުއާއި އަދި ވެރިކަމުގެ ކޮއިލުގައި ގަދަބާރު ދައްކަން ތިބި މީހުންނަށް މާބޮޑު އުފަލަކަށް ނުވިއެވެ. ކޮންމެއަކަސް މިއަދު އަޑު އިވެމުންދަނީ ޔާމީންގެ ތަރި އޮއްސިއްޖޭ ބުނާ އަޑެވެ.

އޮއްސުނީކީ ނޫނޭވެ. ގަދަކަމުން ބޭލުވީއެވެ. ބާލާފައި ޖަލުން ގެނެސްވެސް ލާފައި އެ އިންނެވީ 4 ފާރުގެ ތެރެއަށެވެ. ކޮންމެއަކަސް މުއިއްޒަށް ޓިކެތް ލިބުނީ ޔާމީނަށް ކުރިމަތިނުލެވޭތީއެވެ. ގަދަކަމުން ގަދަބާރުން ހޯދި އެއްޗަކަށް މުއިއްޒު އެ ހޯދީ ހަމަ ސަބަބެއް އޮވެގެންނެވެ. އަބްދުއްރަހީމްގެ ޕާޓިއަށް ބޮޑު ބާރެއް ހޯދަން ޖެހި މަޅީގައި ޕީޕީއެމްގެ މެންބަރުން ޖެހި އެންމެ ފަހުން ކަރަށް މަޅި މެހިއްޖެއެވެ. އަބްދުއްރަހީމާއި މުއިއްޒު ދެމި ކޮޅަކަށް މިއަދު ޕީޕީއެމްގެ ސަޕޯޓަރުން ދާނެއެވެ.

ޔާމީންގެ ގޭ ބަންދުގައި ބަހައްޓާނެއެވެ. މަޖިލީހުގެ މެޖޯރިޓީ ނެތިގެން ގާނޫނަށް ބަދަލު ނުގެނެވިގެންނެވެ. އަދި ޖުޑީޝަރީ މިނިވަން ނޫންކަމަށް ބުނެއެވެ. ރީތި ގޮތުގައި ގާނޫނުގެ ތެރެއިން އެކަން ކުރަން ވެގެންކަމަށް ބުނެއެވެ. ނަމަވެސް މިއީ ހުސް ދައްކާ ޔޯލަ ވާހަކަތަކެވެ. މުއިއްޒުއާއި އަދުރޭއަށް ވެރިކަމުގެ ފުރިހަމަ އާރާއި ބާރު ނުލިބެނީސް އެއްކަލަ 4 ފާރުން ބޭރަކަށް ޔާމީނަށް ނުނުކެމެވޭނެއެވެ.

މި ފަސް އަހަރު ނިންމާފަ ދެން އަންނަ ފަސް އަހަރަކަށް ޑރ. މުއިއްޒު ގޮވައިގެން "އަޅުގަނޑުމެން" ކެމްޕެއިނަށް ދާނީ ވީ ވައުދުތައް ފުއްދާފައި ކަމަށާއި، އޭރުން ރައްޔިތުން އަޅުގަނޑުމެންނާ ސުވާލުކުރާކަށް ނުޖެހޭނެ ކަމަށް އަބްދުއްރަހީމް ވިދާޅުވެފައިވެއެވެ.

އެމަނިކުފާނަކީ ރައްޔިތުން އިންތިހާބުކޮށްފައިވާ ރައްޔިތުންގެ ހާދިމެއްކަމަށް ވިދާޅުވެ، ބޭރު ގައުމަކުން، ނުވަތަ ކެބިނެޓުން ނުވަތަ އެހެން ވެސް ފަރާތަކުން އެމަނިކުފާނުގެ މައްޗަށް ބާރެއް ނުހިންގޭނެ ކަމުގެ ޔަގީންކަން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެއެވެ.

މަގާމަށް ލާނީ އެމަނިކުފާނު ވިދާޅުވީމަ ވިދާޅުވާ ގޮތަކަށް ހައްދަވާނެ ބޭފުޅުންކަމަށް މުއިއްޒު ވިދާޅުވާ ވިދާޅުވުމަކީ ވެސް ކުޑަ ކަމެއް ނޫނެނެވެ. މިއީ ނިކަން ބާރުގަދަ ސްޓޭޓްމެންޓްކަތެވެ.

ޔާމީން މިނިވަންކުރަން ފުރުސަތު ދިނުމާއި މުޒާހަރާ ނުކުރުމަށް ގޮވާލި ގޮވާލުމަކީވެސް ކުޑަކަމެއް ނޫނެވެ. ހައްތަހާވެސް ވިސްނާލަންޖެހޭ ކަހަލަ ވާހަކަތެކެވެ.

އަދި ނުވިތާކަށް ޕީއެންސީގެ ޗެއަރޕާސަން ވިދާޅުވި ވިދާޅުވުން ވެސް އެއީ ޔާމީން މިނިވަން ނުވާނެކަމާއި ބާރުތައް ކެނޑިގެންދާނެކަމެކެވެ. ވިދާޅުވީ ވެރިކަމަށް ހޮވީ މުއިއްޒު ކަމަށެވެ.

ހަމަގައިމުންވެސް ވެރިކަމުގެ ހުވާ ނުކުރަނީސް މިއޮތީ މާދަން ވާނެ އެއްޗެއް އެނގި ފެންނާށެވެ. ހަގީގަތަކީ ޔާމީން މިނިވަންވުމަށްވުރެ އެގޮތުގައި ގޭ ބަންދުގައި ހުރުމުގެ ފުރުސަތު ބޮޑުކަމެވެ. ވެރިކަމަކީ ފާޑެއްގެ އެއްޗެކެވެ. މިތުރަށް ހަތުރަށް ހަދާ ކައިރީގައި އުޅޭ މީހާ ބުރަކަށްޓަށް ވަޅިޖަހާ ކަހަލަ ދެވި ހިފާ ކަމެކެވެ. މިހާރު މި ފެންނަނީ އެ މަންޒަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
8%
40%
0%
24%
0%
28%
ކޮމެންޓް
ގުޅުންހުރި
ދޮގާއި ތެދު ހިމެނޭހެން މަޢުލޫމާތު އޮހެމުންދާ މި ޒަމާނުގައި، ލިބޭ ކޮންމެ ޚަބަރަކާމެދު ފުންކޮށް ވިސްނަވާ: ރައީސް
ރައީސުލްޖުމްހޫރިއްޔާ، ޔޫއޭއީގެ ރައީސަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފި
މެންބަރުންގެ މުސާރަ ވެސް ކުޑަ ކުރަންވީ، ދައުރު ފުރިހަމަކުރުމުން ދޭ އެލަވަންސް ވެސް ކަނޑާލަންވީ!
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އިގްތިސާދުގައި ބުންވަރު ޖެހެމުންދާ މިންވަރަކުން މުސާރަ ބޮޑުކޮށްދެމުން ދިޔުމަކީ އޮތް ހަމައެކަނި ހައްލެއް ނޫން: ރައީސް މުއިއްޒު
އުމުރުން 75 އަހަރުވުމާ ހަމަޔަށް ސަރުކާރުގައި ޚިދުމަތްކުރެވޭ ގޮތަށް ހަމަޖައްސާނަން: ރައީސް މުއިއްޒު
ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފި
އެކި ސަބަބުތަކަށްޓަކައި ސިވިލް ސަރވިސްގެ ވަޒީފާ ދޫކޮށްލައިފައިވާ މީހުން އަލުން ވަޒީފާ އަދާކުރުމުގެ ފުރުސަތު ދެނީ