ކ. މާލެ
|
19 ޖުލައި 2017 | ބުދަ 22:26
އަސާމީ އެކްޓަރު އަދި ލަވަކިޔުންތެރިޔާ ބިދީޝާ ބޭޒްބަރޫއާ
އަސާމީ އެކްޓަރު އަދި ލަވަކިޔުންތެރިޔާ ބިދީޝާ ބޭޒްބަރޫއާ
ގޫގުލް
މީހަކު ދަންޖެހިގެން މަރުވުން
ބިދީޝާ ދަންޖެހިގެން މަރުވެއްޖެ
 
އުމުރުން 30 އަހަރުގެ ބިދީޝާ މަރުވެފައި އޮއްވާ ފެނިފައިވަނީ އަންގާރަ ދުވަހު

ޖައްގާ ޖާސޫސް އިން ފެނިގެން ދިޔަ އަސާމީ އެކްޓަރު އަދި ލަވަކިޔުންތެރިޔާ ބިދީޝާ ބޭޒްބަރޫއާ ދަންޖެހިގެން މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

އުމުރުން 30 އަހަރުގެ ބިދީޝާ މަރުވެފައި އޮއްވާ ފެނިފައިވަނީ އަންގާރަ ދުވަހު އޭނާ ދިރިއުޅޭ އެޕާޓްމެންޓުގެ ސީލިންގުގައި ހަރުކޮށްފައި ހުރި ފަންކާއެއްގައި ދަންޖެހިފައި ހުއްޓައެވެ.

ފުލުހުންނާއި ހަވާލާދީ ހަބަރުތަކުގައިވާ ގޮތުން ބިދީޝާ މަރުވެއްޖެކަން އެނގިފައިވަނީ ބިދީޝާގެ ބައްޕަ ބިދީޝާއަށް ގުޅުމުން ފޯނަށް ޖަވާބުނުދިނުމުން ބިދީޝާގެ ބައްޕަ ކަންބޮޑުވެގެން ފުލުހުންނަށް ގޮސް އެ މައްސަލަ ރިޕޯޓްކުރުމާއި ގުޅިގެން ފުލުހުން ގޮސް އޭނާ ދިރިއުޅޭ އެޕާޓްމަންޓު ބެލުމުންނެވެ.   

ފުލުހުންގެ ޓީމް އެ ގެއަށް ގޮސް ބެލިއިރު ގޭގެ މައި ދޮރު އެތެރެއިން ތަޅުލައިފައި ހުރުމުގެ ސަބަބުން ފުލުހުންގެ ޓީމަށް ޖެހުނީ އެ ދޮރު ވައްޓާލުމަށްފަހު އެތެރެއަށް ވަންނާށެވެ.

ބިދީޝާގެ ބައްޕަ ފުލުހުން ކައިރީ ބުނެފައިވަނީ ބިދީޝާ ލޯބީގެ ގޮތުން ގުޅިގެން މީހަކާއި ކައިވެނިކޮށްފައިވީ ނަމަވެސް އެ ދެމަފިރިން ދޭތެރޭގައި ވަރަށް ގިނައިން މައްސަލަ ޖެހި އަރާރުންވާކަމަށެވެ.

ބައެއް ނޫސްތަކުގައިވާގޮތުގައި، ބިދީޝާ މަރުވުމުގެ ކުރިން ބައެއް އާއިލާ މެންބަރުން ކައިރީގައި އާއި އަދި ބައެއް ރައްޓެހިން ކައިރީގައި، އޭނާގެ ފިރިމީހާ އެހެން އަންހެނަކާއި ގުޅުމެއް އޮންނަކަމަށް ބުނެފައިވެއެވެ.

ފުލުހުންދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ. އަދި އޭނަގެ ފޯނާއި، ފޭސްބުކާއި އެހެނިހެން ނެޓްވޯކިންގް ސައިޓުގައި ދެކެވުނު ވާހަކަތައް އިންވެސްޓިގޭޝަން ޓީމުންދަނީ ބަލަމުންނެވެ.

ފުލުހުން ބުނީ އިވެސްޓިގޭޝަންއަށް ބިދީޝާގެ ފިރިމީހާގެ ބަޔާން ނަގަންޖެހިއްޖެ ހާލަތެއްގައި އެކަންވެސް ކުރާނެކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
40%
0%
60%
0%
0%
0%
ކޮމެންޓް