ކ. މާލެ
|
31 ޖުލައި 2023 | ހޯމަ 08:28
ޔުނައިޓެޑާއި ޑޯޓްމަންޑު ކުޅުނު މެޗުގެ ތެރެއިން
ޔުނައިޓެޑާއި ޑޯޓްމަންޑު ކުޅުނު މެޗުގެ ތެރެއިން
ޓްވިޓަރ
މެންޗެސްޓަރ ޔުނައިޓެޑު
ފަހަތުން އަރައި ޑޯޓްމަންޑުން ޔުނައިޓެޑު ބަލިކޮށްފި
 
ޑޯޓްމަންޑުން ޔުނައިޓެޑުގެ މައްޗަށް ކުރި ހޯދީ 3-2 އިން

ކުރިއަށް އޮތް އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު ރަޙުމަތްތެރިކަމުގެ މެޗުގައި ބޮރޫޝިއާ ޑޯޓްމަންޑުން މެންޗެސްޓަރ ޔުނައިޓެޑު ބަލިކޮށްފި އެވެ.

ޑޯޓްމަންޑުން ޔުނައިޓެޑުގެ މައްޗަށް ކުރި ހޯދީ 3-2 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ޔުނައިޓެޑުންނެވެ. މެޗުގެ 24 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ޑިއޭގޯ ޑަލޮޓް އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ޑޯޓްމަންޑުން ވަނީ ދެ މިނެޓުގެ ތެރޭގައި ދެ ލަނޑު ޖަހައިގެން މެޗުގައި ލީޑު ނަަގައިފަ އެވެ. އެ ދެ ލަނޑު ވެސް އެ ޓީމަށް ޖަހައިދިނީ ޑޮންޔެލް މާލެން އެވެ. އެއީ 43 ވަނަ މިނެޓާއު، 44 ވަނަ މިނެޓުގައި އޭނާ ޖެހި ލަނޑުތަކެވެ. ދެ ވަނަ ހާފަށް ނިކުމެ ޔުނައިޓެޑުން ވަނީ ދެ ވަނަ ލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. ދެ ވަނަ ހާފު ފަށައިގެން އަށް ވަނަ މިނެޓުގައި އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ އެންތަނީ އެވެ. މެޗުން ޑޯޓްމަންޑު މޮޅުކޮށްދިން ލަނޑު 71 ވަނަ މިނެޓުގައި ޖެހީ ޔޫސޮފާ މުކޯކޯ އެވެ.

ސީޒަން ފެށުމުގެ ކުރިން ޔުނައިޓެޑުން އިތުރު ދެ މެޗު ކުޅޭނެ އެވެ. އެއީ ލެންސްއާ ދެކޮޅަށް ކުޅޭ މެޗާއި، އެތުލެޓިކް ކުލަބާ ދެކޮޅަށް ކުޅޭ މެޗެވެ. ޑޯޓްމަންޑުން ކުޅޭނީ ޗެލްސީ އަދި އަޔެކްސްއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް