ކ. މާލެ
|
25 އޭޕްރިލް 2024 | ބުރާސްފަތި 05:08
މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް
މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް
ރޮއިޓާސް
މެންޗެސްޓަރ ޔުނައިޓެޑު
ފައިނަލަށް ދިޔަސް ހިތްހަމަ ޖެހުމެއް ނެތް، ބޭނުން ވަނީ މޮޅުވާން: ޓެން ހާގް
 
ފައިނަލަށް ދިޔުމަކުން ވަކި އުފަލެއް ނުވަތަ ހިތްހަމަ ޖެހުމެއް ނެތްކަން ފާހަގަކޮަށް އޭނާ ބުނީ، ބޭނުން ވަނީ ފައިނަލުން މޮޅުވެ އެ ތަށި އުފުލާލަން ކަމަށް

އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލަށް ދިޔަސް އެއްވެސް ހިތްހަމަ ޖެހުމެއް ނެތް ކަމަށާއި، ބޭނުން ވަނީ ފައިނަލުން މޮޅުވުން ކަމަށް އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.

އޭނާ މިހެން ބުނީ އިނގިރޭސި ޕްރިމިއާ ލީގުގައި ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށް ޔުނައިޓެޑުން ކުޅުނު މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. އަންނަ މަހުގެ 25 ވަނަ ދުވަހު އޮންނަ އެފްއޭ ކަޕްގެ ފައިނަލްގައި ޔުނައިޓެޑުން ނިކުންނާނީ ވާދަވެރި މެންޗެސްޓަރ ސިޓީއާ ދެކޮޅަށެވެ.

ޓެން ހާގް ބުނީ، އެފްއޭ ކަޕްގެ ފައިނަލަށް ޔުނައިޓެޑު ދިޔައީ ވަރަށް މަސައްކަތް ކޮށްގެން ކަމަށެވެ. އެހެން ނަމަވެސް، ފައިނަލަށް ދިޔުމަކުން ވަކި އުފަލެއް ނުވަތަ ހިތްހަމަ ޖެހުމެއް ނެތްކަން ފާހަގަކޮަށް އޭނާ ބުނީ، ބޭނުން ވަނީ ފައިނަލުން މޮޅުވެ އެ ތަށި އުފުލާލަން ކަމަށެވެ. އެންމެ ބޭނުންވާ ހިތްހަމަ ޖެހުމެއް ލިބޭނީ އެއަށްފަހު ކަމަށް ވެސް އޭނާ ބުންޏެވެ.

މީގެ އިތުރުން ޓެން ހާގް ބުނި ގޮތުގައި ޔުނައިޓެޑުގެ މެންޓަލިޓީ އަކީ ވެސް މޮޅުވުމެވެ. މިހާ ހިސާބަށް އައިއިރު ޔުނައިޓެޑަކީ ކާމިޔާބު ކުލަބަކަށްވެފައި އޮތީ، އެ ސަބަބަށްޓަކައި ކަަމަށް ވެސް އޭނާ ބުންޏެވެ. އެހެންކަމުން ހުރިހާ ކުޅުންތެރިން އަދި އޭނާ އާއެކު މަސައްކަތް ކުރާ އެންމެންވެސް ތިބީ ހަމައެކަނި މޮޅުވުމުގެ ވިސްނުން ސިކުނޑީގައި ބައިންދައިގެން ކަމަށް ވެސް ޓެން ހާގް ވަނީ ބުނެފަ އެވެ.

ޓެން ހާގް ޤަބޫލު ކުރާ ގޮތުގައި މި ފާއިތުވެގެންދާ 10 އަހަރުގެ ތެރޭގައި އޭނާ އަކީ ކާމިޔާބު ކޯޗަކަށް ވެފައި ވަނީ ވެސް، އެ ސަބަބާހުރެ އެވެ. ޚާއްސަކޮށް މޮޅުވުމަށް އިސްކަން ދީގެން، އޭނާ އަށް ލިބިފައި އޮންނަ ސްކޮޑަކުން އެންމެ ރަނގަޅު ނެރެން މަސައްކަތް ކުރާތީ ކަމަށް ވެސް ޓެން ހާގް ބުންޏެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ސިޓީ އާއި ޔުނައިޓެޑު ބައްދަލު ކުރާ ފައިނަލް މެޗު އޮންނާނީ އަންނަ މެއި މަހުގެ 25 ވަނަ ދުވަހުގެ ރޭ، ރާއްޖެ ގަޑިން 19:00 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް