ޕެނަލްޓީ ޖަހައިގެން ކޮންވެންޓަރީ ސިޓީ 4-2އިން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑް އިނގިރޭސި އެފްއޭކަޕުގެ ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.
މި މެޗުގައި ޕެނަލްޓީ ޖަހަން ޖެހުނީ ޔުނައިޓެޑުން ތިން ލަނޑު ޖަހާފައި އޮއްވައި ފަހު 20 މިނެޓުގައި ތިން ލަނޑު ޖަހައިގެން ކޮންވެންޓަރީން ނަޖީތާ ހަމަހަކުރުމުންނެވެ.
މެކް ޓޮމިނޭ 23 ވަނަ މިނެޓުގައި ހޯދި ލީޑް ފުޅާކޮށްދިނީ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ހެރީ މެގުއާ އެވެ. އަދި ތިން ވަނަ ލަނޑު ޖެހީ 58 ވަނަ މިނެޓުގައި ބުރޫނޯ ފެނާންޑޭޒެވެ. ކޮންވެންޓަރީގެ ފުރަތަމަ ލަނޑު ޖެހީ 71 ވަނަ މިނެޓުގައި ސިމްސް އެވެ. ދެ ވަނަ ލަނޑު އޯހާރޭ 79 ވަނަ މިނެޓުގައި ޖެހި ފަހުން ނަތީޖާ ހަމަހަމަވީ އިތުރު ވަގުތުގެ ފަހު މިނެޓުގައި ރައިޓް ޖެހި ލަނޑުންނެވެ.
މިހެންވެ ކޯޗު އެރިކް ޓެން ހާގް ބުނީ ޔުނައިޓެޑުން މެޗުގެ ފަހު ބައިގައި ދެއްކި ކުޅުން ބަލައި ނުގަނެވޭނެ ކަމަށެވެ.
މިއީ ވެގެންވާނެ ގޮތެއްނޫން. މާބޮޑަށް ފަސޭހަކޮށްލީ. އަހަރުމެން ތިން ލަނޑު ޖަހާފައި އިދިކޮޅު ޓީމު ކުޅެން ދޫކޮށްލީ. އެހިސާބުން އެމީހުން ހަމަހަމަކުރީ. މިއީ ފަރުވާތެރިވާންޖެހޭ ކަންކަންޓެން ހާގް
ނަމަވެސް އޭނާ ބުނީ ޔުނައިޓެޑުން 75 ވަނަ މިނެޓާ ހަމައަށް ދެއްކި ކުޅުން ވަރަށް މޮޅު ކަމަށެވެ. އަދި އެއީ މި ސީޒަނުގެ ވެސް އެންމެ ރަނގަޅު އެއް ޕާފޯމަންސް ކަމަށެވެ.
މިއީ އެފްއޭކަޕްގެ ތާރީހުގައި އެއް ޓީމެއް ޖެހިޖެހިގެން ފައިނަލަށް ދަތުރުކުރި ތިން ވަނަ ފަހަރެވެ. ސިޓީ ފައިނަލުގައި ނުކުންނާނީ މިދިޔަ އަހަރުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ.