ކ. މާލެ
|
21 އޭޕްރިލް 2024 | އާދީއްތަ 05:24
ސިޓީގެ ގްރީލިޝް (ކ) އަށް ޗެލްސގެ ސެއިސާޑޯ ހަމަލާދެނީ
ސިޓީގެ ގްރީލިޝް (ކ) އަށް ޗެލްސގެ ސެއިސާޑޯ ހަމަލާދެނީ
ޑެއިލީ މެއިލް
އިނގިރޭސި އެފްއޭކަޕް
ޗެލްސީ ބަލިކޮށް ސިޓީ ފައިނަލަށް
 
ބަލިވީ ވަންނަން ނުޖެހޭ ވަގުތެއްގައި ގޯލެއް ވަނުމުން: ޕޮޗެޓީނޯ

ބެނާޑޯ ސިލްވާ ޖަހައިދިން ހަމައެކަނި ލަނޑުން ޗެލްސީ ބަލިކޮށް، އިނގިރޭސި އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް މެންޗެސްޓާ ސިޓީ ދަތުރުކޮށްފި އެވެ.

ޗެމްޕިއަންސް ލީގުގައި މިދިޔަ ހަފުތާގައި ރެއާލް މެޑްރިޑް އަތުން ބަލިވި މެޗުގައި ޕެނަލްޓީ ނަގާލި މިޑްފީލްޑަރު މި މެޗުގައި ގޯލު ޖެހީ 84 ވަނަ މިނިޓްގަ އެވެ.

މިހެންވެ ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ މެޗަށް ފަހު ބުނީ މެޗުން ބަލިވީ ގޯލެއް ވަންނަން ނުޖެހޭ ވަގުތެއްގައި ގޯލެއް ވަނުމުން ކަމަށެވެ.

"އެންމެ ގޯލު ވަންނަން ނުޖެހޭ ގަޑީގައި ގޯލެއް ވަނުމުން އަހަރުމެން އަތުން މެޗު ގެއްލިގެން މިދިޔައީ. މި މެޗުގައިވީ ގޮތް ބުނެދޭން ވަރަށް ފަސޭހަ. އޭގެ ކުރިން އަހަރުމެންނަށް ގޯލު ޖަހަން ވަރަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ. އެ ފުރުސަތުތައް ބޭނުން ނުކުރެވުނީ. އެކަމަކު މިއީ ބިނާވަމުން އަންނަ ޒުވާން ޓީމެއް. އަހަރެންގެ މާބޮޑު ޝަކުވާއެއްނެތް،"
ޕޮޗެޓީނޯ ބުންޏެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ޗެމްޕިއަންސް ލީގުގެ ކެޓިތާ ތިން ދުވަސް ފަހުން އޭނާގެ ޓީމުން ދެއްކީ ވަރަށް މޮޅު ކުޅުމެއް ކަމަށެވެ. ގާޑިއޯލާ އަދި ބުނީ އެ މުބާރާތުން ކެޓުމަކީ އޭނާ އާއި ކުޅުންތެރިންގެ މޫނުމަތީގައި އެތިފަހަރަކުން ޖެހުން ފަދަ ކަމެއް ކަމަށާއި އެތަދު އެހެން ބަޔަކަށް އިހުސާސްނުވާނެ ކަމަށެވެ.

"އަހަރުމެން ޓީމުގެ ފަރާތުން މާގިނަ ކަންތައްތަކަށް އަހަރެން އުއްމީދު ނުކުރަން މި މެޗުގައި. ސަބަބަކީ ޗެމްޕިއަންސް ލީގުން ކެޓުމުން އެންމެންވެސް މޯޅިވެފައިތިބުން. އެކަމަކު ޓީމެއްގެ ފަރާތުން ފެންނަންޖެހޭ ހުރިހާ ރަނގަޅު ކަމެއް އަހަރެންނަށް މިރޭގެ މި މެޗުގައި ކުޅުންތެރިން ދައްކައިދީފި. އަހަރެން ހުންނާނީ އަބަދުވެސް އެމީހުން ދިފާއު ކުރުމުގައި،"
ގާޑިއޯލާ ބުންޏެވެ.

ސިޓީއަށް ގޯލު ޖަހައިދިން ސިލްވާ ބުނީ ގޯސްކޮށް ކުރެވޭ ކަންކަން ރަނގަޅު ކޮށްލަން ކޮންމެ ތިން ދުވަހަކުން ފުރުސަތު ލިބޭ ކަމަށާއި ކުރީ މެޗުގައި ކުރެވުނު ކަންކަން މި މެޗުގައި ރަނގަޅުކޮށް ޓީމުގެ މޫޑް ރަނގަޅުވުމުން އުފާކުރާ ކަމަށެވެ.

ފައިނަލުގައި ސިޓީއާ ދެކޮޅަށް ކުޅޭނީ ކޮންވެންޓްރީ ނުވަތަ މެންޗެސްޓާ ޔުނައިޓެޑެވެ. މި ދެ ޓީމުގެ ސެމީ ފައިނަލް މެޗު އޮންނާނީ އާދީއްތަ ދުވަހުގެ ރޭގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް