ކ. މާލެ
|
6 ޑިސެންބަރ 2021 | ހޯމަ 06:26
ކޮވިޑް19 އަށް ސާމްޕަލް ނެގުން
ކޮވިޑް19 އަށް ސާމްޕަލް ނެގުން
ރާއްޖެއެމްވީ
ކޮވިޑް-19
ކޮވިޑުގެ އަދަދުތައް އާދީއްތަ ދުވަހުވެސް 100ން މަތީގައި
 
މި މަހުގެ ތެރޭގައި އެކަނިވެސް މިހާތަނަށް 3 މީހަކު ވަނީ ނިޔާވެފައި
 
ރާއްޖެއިން މިހާތަނަށް 92،211 މީހަކު ވަނީ ޕޮޒިޓިވްވެފައި

ކޮވިޑް-19ށް އިތުރު 116 މީހަކު ޕޮޒިޓިވްވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން، ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00ން އާދީއްތަ ދުވަހުގެ އިރުއޮއްސި 6:00ށް މާލެ ސަރަހައްދުން ނެގި 1135 ސާމްޕަލާއެކު ޖުމްލަ 4179 ސާމްޕަލް ވަނީ ޓެސްޓްކޮށްފައެވެ.

4179 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 116 މީހުންނެވެ. މާލެ ސަރަހައްދުން ޕޮޒިޓިވްވި 25 މީހުންނާއި، ރަށްރަށުން ޕޮޒިޓިވްވީ 81 މީހުންނާއި ރިސޯޓްތަކުން ޕޮޒިޓިވްވި 6 މީހުންނާއި ސަފާރީތަކުން ވެސް 4 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

މިއާއެކު ރާއްޖެއިން މިހާތަނަށް 92،211 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި މީގެ ތެރެއިން 90،205 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މި 24 ގަޑިއިރު ތެރޭގައި 102 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

އެކްޓިވް ކޭހުގެ ގޮތުގައި 1739 ކޭސް ރިޕޯޓްކޮށްފައިވާ އިރު، މީގެ ތެރެއިން 19 މީހަކަށް ފަރުވާ ދެމުން އަންނަނީ ފެސިލިޓީތަކުގައެވެ. 254 މީހަކު ވަނީ މި ބަލީގައި މިހާތަނަށް ނިޔާވެފައެވެ. މި މަހުގެ ތެރޭގައި އެކަނި ވެސް މިހާތަނަށް 3 މީހަކު ވަނީ ނިޔާވެފައެވެ. އެޗްޕީއޭއިން ބުނީ މާލެ ސަރަހައްދުގައި ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ހުރީ 2 އިންސައްތައިގައި ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް