ކ. މާލެ
|
17 އޭޕްރިލް 2024 | ބުދަ 18:45
މާލެ ފޮގްކުރަނީ - ފައިލް ފޮޓޯ
މާލެ ފޮގްކުރަނީ - ފައިލް ފޮޓޯ
ރާއްޖެ އެމްވީ
ޑެންގީހުމާއި، ބޭރަށް ހިންގުން އިތުރުވުން
މިދިޔަ މަހު ޑެންގީހުމާއި، ބޭރަށް ހިންގުން ޖެހިގެން ރިޕޯޓުކުރި އަދަދު އިތުރު
 
ބޭރަށް ހިންގުން ފަދަ ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަކީ މުހިއްމުކަމެއް
 
މާރިޗް މަހު ބޭރަށް ހިންގުމުގެ 5428 ކޭސް ރިޕޯޓުކޮށްފައިވޭ
 
މާރިޗު މަހު ގެންގީހުމުގެ 119 ކޭސް ފެނިފައިވޭ

މިދިޔަ މަހު ޑެންގީހުމާއި، ބޭރަށް ހިންގުން ޖެހިގެން ރިޕޯޓުކުރި އަދަދު އިތުރުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ މިއަހަރުގެ ފެބުރުވަރީ މަހާ އަޅާބަލާއިރު މިއަހަރު މާރިޗު މަހު ޑެންގީހުން ޖެހިގެން ރިޕޯރޓް ކުރެވުނު އަދަދު ކޮންމެވެސް ވަރަކަށް އިތުރުވެފައިވާ ކަމަށެވެ. ފެބްރުއަރީ މަހު 116 ކޭސް، މާރިޗު މަހު 119 ކޭސް ފެނިފައިވެއެވެ.

ބޭރަށް ހިންގުމާއި ގުޅޭގޮތުން އެޗްޕީއޭއިން ބުނީ ފެބްރުއަރީ މަހު 5149 ކޭސް، މާރިޗް މަހު 5428 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެޗްޕީއޭއިން ބުނީ ބޭރަށް ހިންގުން ފަދަ ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަކީ މުހިއްމުކަމެއް ކަމަށެވެ. އަދި ޑެންގީހުން ފަދަ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް މަދުކުރުމަށާއި، ބަލިތަކުން ރައްކާތެރިވުމަށް ސަމާލުކަންދޭންޖެހޭ ކަމަށެވެ.

މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ރަނގަޅަށް ނިވައިވާ ގޮތަށް ހެދުން އެޅުމާއި މަދިރި ލޯޝަން، ސްޕްރޭ ފަދަ ތަކެތި ބޭނުންކުރުމަށް އެދިފައިވެއެވެ. އަދި ހުސް ފުޅ/ިދަޅު ފަދަ ފެން ހަރުލާ ތަކެތި ގޯތިތެރެއާއި މަގުމައްޗަށް އުކާނުލުމާއި، ފެން ހަރުލާ ގޮތަށް ހުންނަ ތަކެއްޗާއި ތަންތަން ސާފުކުރުމަށް ވެސް އެޗްޕީއޭއިން ވަނީ އެދިފައެވެ.

ބަލިޖެހިއްޖެނަމަ ޑޮކްޓަރަށް ދެއްކުމަށްފަހު، ގިނައިން އަރާމުކުރުމާއި، މީހުން އެއްވެ އުޅޭތަންތަނަށް ނުދިއުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް