ކ. މާލެ
|
17 އޭޕްރިލް 2024 | ބުދަ 18:42
އައިޖީއެމްއެޗް
އައިޖީއެމްއެޗް
ސަން އޮންލައިން
ރޯގާގެ ގޮތުގައި ފެތުރެމުންދާ ބަލިތަކުގެ ހާލަތު
މިއަހަރުގެ މިހާތަނަށް އިންފްލުއެންޒާއަށް 125 މީހުން ޕޮޒިޓިވްވެއްޖެ
 
ފެބްރުއަރީ މަހު އަރިދަފުސްރޯގާގެ 29184 ކޭސް، މާރިޗު މަހު 33637 ކޭސް ރިޕޯޓުކޮށްފައިވޭ
 
ކޮވިޑް އަދި އިންފްލުއެންޒާ ފަދަ ރޯގާތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަކީ މުހިންމުކަމެއް

މިއަހަރުގެ މިހާތަނަށް އިންފްލުއެންޒާއަށް 125 މީހުން ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ މިއަހަރުގެ ފެބުރުވަރީ މަހާ އަޅާބަލާއިރު މިއަހަރު މާރިޗު މަހު އިންފްލުއެންޒާގެ އާލާމާތްތައް ހުރެގެން ޓެސްޓް ކުރެވުނު އަދަދު ދަށްވެފައިވާ ކަމަށެވެ. މިއަހަރުގެ މިހާތަނަށް ޓެސްޓް ކުރެވުނު 850 ސާމްޕަލްގެ ތެރެއިން 125 ސާމްޕަލް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އަރިދަފުސްރޯގާއާ ގުޅޭގޮތުން އެޗްޕީއޭއިން ބުނީ މިއަހަރުގެ ފެބުރުވަރީ މަހާ އަޅާބަލާއިރު މިއަހަރު މާރިޗު މަހު އަރިދަފުސް ރޯގާޖެހިގެން ރިޕޯރޓް ކުރެވުނު އަދަދު ވެސް އިތުރުވެފައިވާ ކަމަށެވެ. ފެބްރުއަރީ މަހު 29184 ކޭސް، މާރިޗު މަހު 33637 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ ކޮވިޑް އަދި އިންފްލުއެންޒާ ފަދަ ރޯގާތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަކީ މުހިއްމުކަމެއް ކަމަށެވެ.

އެގޮތުން އަރިދަފުސް ރޯގާޖެހިއްޖެނަމަ ކެއްސާ ކިބިހި އަޅާއިރު އަގަމަތީގައާއި ނޭފަތުގައި ޓިޝޫއެއް ފަދަ އެއްޗެއް އެޅުމާއި، އަދި ބޭނުންކޮށްފައިވާ ޓިޝޫފަދަ ތަކެތި ހާމައަށް އެއްލާނުލުމާއި، ޢާއްމު ސާފުތާހިރުކަމަށް ޚާއްސަކޮށް ސައިބޯނިލައިގެން އަތްދޮވުންފަދަ ކަންކަމަށް ސަމާލުކަންދިނުމާއި، ރޯގާޖެހިފައިވާނަމަ ކުޑަކުދިންނާ ދުރުހެލިވެ އުޅުމަށް އެދިފައިވެއެވެ.

މީގެ އިތުރުން ނުރައްކާ ވުމުގެ ފުރުސަތު ބޮޑު މީހުން އިންފުލުއެންޒާއިން ރައްކާތެރިވުމަށް ވެކްސިންޖެހުން މުހިންމު ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި މި ފަރާތްތައް ރޯގާ ޖެހި ހުން އަންނަނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް